ކ. ކާށިދޫ ފަޅާއި ފ. ނިލަންދޫ ފަޅުގެ ދެ ސަރަހައްދެއްގެ، އިތުރުން، އިތުރު 13 ރަށެއްގައި ރިސޯޓް ހަދަން ބީލަމަށް ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ފަތުރުވެރިކަން ތަރައްގީ ކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން ރިޒޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލާފައިވާ ކަަމަށެވެ.

އެހެންކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ހަ ވަނަ ދުވަހުގެ 10:00 ގައި އަދި މާރިޗް ފަސް ވަނަ ދުވަހުގެ 10:00 ގައި ވަރޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، އެ މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށަހެޅުމަށް ވަނީ އެދިފައެވެ.

އެގޮތުން ހއ، ހދ، ރ، ކ މި އަތޮޅުގެ ރަށްތަކަށް ބީލަން ހުށަހެޅުން އޮތީ މާރިޗް 28 ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ. އަދި މ، ފ، ތ އަށް ބީލަން ހުށަހެޅުން އޮތީ މާރިޗް 29 ވަނަ ދުވަހުގެ ހެނދުނު 10:00 އަށެެ. އަދި ގއ، ގދ. އަށް ބީލަން ހުށަހެޅުން އޮތީ މާރިޗް 30 ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.

މި ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ލީޒް އެކިއުޒިޝަން ކޯސްޓެއް ދައްކަން ޖެހެނީ ކާށިދޫ ފަޅާއި، ނިލަންދޫ ފަޅު ތަރައްގީ ކުރުމުގެ މަޝްރޫއަށެވެ. އެގޮތުން މިއިން ކޮންމެ މަޝްރޫއަކަށް ލީޒް އެކިއުޒިޝަން ކޯސްޓުގެ ގޮތުގައި މަދުވެގެން 2.3 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ.

މީގެ ތެރެއިން ގިނަ ރަށްތަކުގައި ހުރީ 100 އާއި 200 އެނދުގެ ފެސިލިޓީތައް ހެދުމަށްކަން ފާހަގަކޮށްލަން ޖެހެއެވެ.

މި ރަށްތަކުގެ ތެރޭގައި މީގެ ކުރިންވެސް ފަތުރުވެރިކަމަށް ހުޅުވާލި ރަށްތައް ހިމެނޭކަން ފާހަގަކޮށްލަން ޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    އިބޫ ހުރިތަނަށް އަނބުރައިގަނެގެން ވެއްޓޭ ވަރަށް ކަރުބުޑުން އިބޫ ވަނީ ހަޅޭއްލަވަމުން "ފޮމިއުލާ ފޮމިއުލާ ފޮމިއުލާ" އޭ ގޮވާފަ. ބަލަގަ ތިޔަ ފޮމިއުލާ ދިވެހި ރައްޔިތުން ދަނެއޭ! ކުރިންވެސް އިބޫގެ ކައިރީގައި ލަނގިރި ޖަހާ، ބަބުރު ލަވައަށް ނަށާދޭ ރޮޒައިނާ ގެ ފިރިމީހާއަށް ރިސޯޓް ދިނީ އެހެން ހުރިހާ ބިޑެއް އިބޫ ކެންސަލް ކޮށްފަ! (ނޯޓް: ބަބުރު ލަވައަށް ނަށައޭ މިބުނީ ސަނާ ކިޔާ ވާހަކަ). އިބޫ އަކީ ނުބައި މީހެއް. ހެޔޮނުވާނެ މީނާއަށް ވޯޓްލާން!

  2. ބަރޯ

    މި އިބޫ އަކީ ފ.އަތޮޅު އަރަބި ޕްރޮޖެްކްޓް ފެއިލްކޮއްލިއެކަކު. މިއަދު ވެރިކަމުގަހުރެ 5އަހަރު ނިލަންދޫއަށް އަޅާނުލާ، ނިލަންދޫގައިހުރި މެގަ ޕޮރުޖެކްތަށް އެފުއް މިފުށައްޖަހައިފި. ނިލަންދޫގައި އަޅަންޕޮލޭންކޮށް ނިންމާފައި އޮތް އެއަރޕޯރޓް އަތޮޅުގެ އެންމެ ބިންކުޑަޕާޓީއަށް ތާއީދު ބޮޑު އާބާދީކުޑަރަށައް ބަދަލުކޮށް، ، ނިލަންދޫ ފަޅުހިއްކައިގެން ރިސޯޓްހަދަން ނިންމީވެސް ދެން އެއަރޕޯޓް އެތަނުގައި އަދި ކުރިން އައި ބިޔަޕޮރުޖެކްޓް އެތަނަށް އަޔަނުދޭންވެގެން. ނިލަންދޫ ބިޔަބޮޑުފަޅު އެހެންބަޔަކަށް ފައިދާހޯދަދޭންވެގެން. މާތްﷲ މިބައިމީހުންގެ މި މަކަރުވެރި ރޭވުން ފެއިލްކޮއްލަފާންދެއެވެ. ަ

  3. އާދަނު

    ސާބަހޭ! އިންތިޚާބަށް ކަޑަޖެހުން ބާރަށް ކުރިޔަށް!

  4. އާދަނު

    " ރައްޔިތުންގެ ވޯޓު ހޯދާނޭ ފޮމިޔުލަރ އަޅުގަނޑަށް އެނގޭ " އިބްރާހީމް މުޙައްމަދު ޞާލިޙް ޕޯޑިޔަމެއްގައި ބުނެފައި ވެއެވެ. "ދިވެހިންނަކީ އިއްޔެ ކުރިކަންކަން މއަދު ހަނދާނެނެތޭ ބައެއް" ޢިމްރާނު ބުނެފައި ވެއެވެ. މީކަންނޭގެ އެބުނާ ކަންކަމަކީ!