އުތުރުގެ އަތޮޅުތައް ހާއްސަކޮށް ހއ. ހދ. ށ. އަަތޮޅުގެ ރަށްތަކަށް ނުރައްކާވާ މިންވަރަށް ވައި ވަރަށް ތަގައްޔަރުވެއްޖެ އެވެ.

ރާއްޖޭގެ އެތެރެ ހަށީގެ ޑޮކްޓަރު ޑރ. މުހައްމަދު އަލީ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވަނީ ވައި ތަގައްޔަރުވެފައިވާތީ ރައްކާތެރިވެ ތިބުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

ޑރ. މުހައްމަދުގެ ޓުވީޓުގައި ވަނީ ކުޅުދުއްފުށި ސިޓީގެ ވައި ހުރި މިންވަރު ދައްކުވައިދޭ ފޮޓޯއެއް ވެސް ހިމަނުއްވާފަ އެވެ.

ވައިގެ ކޮލިޓީ ހާމަކޮށްދޭ އެ އެ ފޮޓޮއިން ފެންނަ ގޮތުގައި ކުޅުދުއްފުށި ސިޓީގެ ވައިގެ މިންގަނޑު ހުރީ ރަތް ކުލައިންނެވެ.

ރަތް ކުުލައިން ދޭހަކޮށްދެނީ ވައި ތަގައްޔަރުވެ އޭގެ ސަބަބުން ސިއްހަތަށް ނުރައްކާވެފައިވާ ކަމެވެ. އަދި ވައި ފުއްޕާމެއާ ހިތަށް ވެސް ގެއްލުންވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ނަމަވެސް އުތުރު ފިޔަވައި ދެން ހުރި އަތޮޅުތަކުގެ ވައިގެ ކޮލިޓީ ރަނގަޅު ކަމަށް ފެނެ އެވެ.

ވައި ތަގައްޔަރުވެފައި ވާތީ އުތުރު އަތޮޅުތަކުގައި ގެއިން ބޭރުގައި ކަސްރަތު ނުކުރުމަށް ޑރ.މުހައްމަދު އަލީ ވަނި އިލްތިމާސް ކުރައްވައިފަ އެވެ.

އަދި އެފްއެފްޕީ-2 ގެ މާސްކު އަޅައި ކުޑަ ދޮރުތައް ލައްޕައި އަަދި ކޮޓަރީގައި އެއާ ޕިއުރިފައިއެއް ބޭނުންކުރުމަށް ވެސް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

"އެންވަޔަރަމަންޓް މިނިސްޓްރީން ދޭން އިރުޝާދުތަކަށް ވެސް ތަބާވުން މުހިންމު" ޑރ. މުހައްމަދު އަލީގެ ޓުވީޓުގައި ވެއެވެ.

އެންވަޔަރަަމަންޓް މިނިސްޓްރީން މިދިޔަ ހަފްތާގައި ބުނީ އިންޑިއާ ކަނޑުގެ އުތުރުން ދައުރުވެގެން އަންނަ ނުސާފު ވައި، ރާއްޖެއާ ހަމައަށް ފޯރައި، ރާއްޖޭގެ ވައި ތަޣައްޔަރުކުރުވާ ކަން ދިރާސާތަކުން ދައްކާ ކަމަށެވެ.

އަދި މި ދުވަސްވަރު ރާއްޖެއަށް ކުރިމަތިވެފައިވާ ވައި ނުސާފުވުމަކީ ހުޅަނގުން އިރަށް ވައި ބަދަލުވުމާއި ގުޅިގެން އިރުދެކުނު އޭޝިއާ ސަރަހައްދުން އަންނަ ހިރަފުހާއި ދުމުގެ ސަބަބުން ދިމާވެފައިވާ ވައި ނުސާފުވުމެއް ކަަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހާމަ

    ތަނަށް ނުތަކާވަރަށް އުޅަދު ތަށް ގިނަވެ މީހުން އަރާ ތޮށްޖެހުމުން މާލެވެސް ވަނީ ވަޔާއި އަޑުވެސް ތަޣައްރު ވެފާ. އަދިވެސް ޕްލޭން ކުރެވެނީ އެތަނަށް މީހުން ގިނަކުރެވޭތޯ.

  2. ހަރާމް

    ބަލަ އަދިވެސް ހިމާލިޔާ ފަރުބަދައިން ވާ ކަމެކޭ ބަންގާޅު ހުރަސްކޮށޭ އަންނަނީ ނުކިޔާ ތިކަމުގެ އަސްލު ކުށްވެރިން ބައިނަލް އަގްވާމީ ކޯޓުތަކުގަ ޒިންމާ ކުރުވަބަލަ!

    10
  3. ގުރާ

    ވައި އެކަންޏެއްނޫން، މުޅިގައުމުވެސް ތިޔަ އިންޑިއާގެ އާފާތުން ތަޢައްޔަރުވެފަ.

    18
  4. ކައުންސެލަރު

    އިންޑިޔާއިން އަންނަ ކުނޑިއަށްވިރެ އިންޑިޔާއިން އަންނަ ސިފައިންގެ ނުރާއްކާ ރާއްޖެއަށްބޮޑު

    10
    1
  5. ސީނުބެ

    ޢިންޑިއާގެ ދުއްތުރާ މިއޮތް ފެންނަނީ