ރާއްޖޭގައި އެންމެ ފުރަތަމަ ބިނާ ކުރި މިސްކިތްތަކުގެ ތެރެއިން އެއް މިސްކިތް ކަމަށްވާ ފ.ނިލަންދޫ އާސާރީ މިސްކިތުގައި ހުރި ޒަމާންވީ މަހާނަ ގާތަކަށް ގެއްލުން ދިން މައްސަލަ ބަލަން ފަށައިފި އެވެ.

އިއްޔެ މީސްމީޑިޔާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަ ގޮތުގައި އެ މިސްކިތުގެ ގޯތި ތެރޭގައި ހުރި މަހާނަ ގާތަކަށް ބޮޑެތި ގެއްލުންތަކެއް ދީ ހަލާކު ކޮށްފައިވާ ތަނެވެ.

ނިލަންދޫ ކައުންސިލުން "ވަގުތު" އަށް މައުލޫމާތުދިން ގޮތުގައި އެރަށު އާސާރީ މިސްކިތުގައި ހުރި މަހާނަ ގާތަކެއް ބިންދައިގެން ގޮސް ވެއްޓިފައިވާކަމުގެ ރިޕޯޓް އިއްޔެ މެންދުރު ވަނީ ލިބިފައެވެ. އެހެންނަމަވެސް އެއީ ބަޔަކު ދީފައި ހުރި ގެއްލުމެއް ކަމެއް ނުވަތަ އެހެންގޮތަކުން ލިބިފައި ހުރި ގެއްލުންތަކެއް ކަމަށް ސީދާ ބުނަން ނޭނގޭ ކަމަށް ކައުންސިލުން މައުލޫމާތު ދިނެވެ.

ނިލަންދޫ އާސާރީ މިސްކިތުގައި ހުރި މާހާނަ ގާތަކަށް ބޮޑެތި ގެއްލުންތަކެއް

އެމިސްކިތުގައި މަސައްކަތްކުރާ މީހަކާއި ހަވާލާދީ ކައުންސިލް އިން ބުނި ގޮތުގައި އޭނާ ހެދުނު އެތަން ސާފު ކުރަން ދިޔައިރު އެމަހާނަ ގާތަށް ހުރީ ރަނގަޅަށް ކަމަށާއި އެހެންނަމަވެސް މެންދުރު ނަމާދަށް ދިޔައިރު 11 މަހާނަ ގާ ވެއްޓިފައިވާ ކަމަށެވެ.

ނެޝެނަލް ސެންޓާ ފޯ ކަލްޗަރަލް ހެރިޓޭޖްއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ މައްސަލަ ތަހުގީގުކުރުމަށް އެދި ފުލުހުންނަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.

"މައުލޫމާތު ލިބިފައިވާ ގޮތުގައި [ނިލަންދޫ] ކައުންސިލުގެ ފަރާތުން ވެސް ވަނީ މި މައްސަލަ ޕޮލިހަށް ހުށަހަޅާފައި" ނެޝެނަލް ސެންޓާ ފޯ ކަލްޗަރަލް ހެރިޓޭޖްއިން މިއަދު ކުރި ޓުވީޓުގައި އިތުރަށް ބުނެފައި ވެެއެވެ.

އެ މައްސަލަ ހުށަހެޅިކަން ފުލުހުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ނިލަންދޫގައި ހުރި މިސްކިތަކީ މީގެ 800 އަހަރު ކުރިން ހިރިގަލުން ބިނާކުރެވުނު މިސްކިތެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަމިއްޔާ

    ތިވާނީ ވެއްޓުނީކަމަށް.
    އިބުރަތެއް ހާސިލްވާނެ ބަޔަކަށް ވެބަލަ؟

    އާސާރީ ތަކެއްޗޭ ކިޔާފަ އާސާރީ ބުދުދީންވެސް ހިމާޔަތްކުރަންވީނު؟

  2. ސާ

    ތިމަހާނަގާތަށް އުފުރާލީ މިއުޅޭ މޮރޮކޯ މުސްލިމް ފުޓްބޯޅަޓީމް މޮޅުވީމަ އެކަމާ އުފަލުން ބޮއެގެން މޮޔަވެގެން ހެހެ

    1
    1