އިލެކްޝަން ކޮމިޝަން (އީސީ)ން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އުވާލުމަށް ނިންމައިފިއެވެ.

އީސީން މިއަދު ބުނީ، އެ ޕާޓީ އުވާލުމުގައި ގާނޫނީގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަމާއި ގުޅޭގޮތުން ކޮމިޝަންގެ ލީގަލް ފާމުގެ ލަފައަކަށް އެދިފައިވާ ކަމަށެވެ. އަދި ލީގަލް ފާމުން ތައްޔާރުކޮށްފައިވާ ގާނޫނީ ލަފަޔާއި ލީގަލް އެންޑް ޕޮލިޓީކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ތައްޔާރުކޮށްފައިވާ ގާނޫނީ ލަފާ ދީފައިވާ ކަމަށް ބުނެފައި ވެއެވެ.

އީސީން ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގައި ޕާޓީ ވުޖޫދުގައި އޮތުމަށް ގާނޫނު ލާޒިކްމް ކުރާ އަދަދަށް މެންބަރުން ހަމަނުވުމަކީ، އީސީން ޕާޓީ އުވާލުމަށް ނިންމަން ޖެހޭ ހާލަތެއް މެދުވެރިވުން ކަމަށް ކަނޑައަޅައި ޑީއާރްޕީ އުވާލުމަށް، އީސީގެ އާއްމު ޖަލްސާގައި ނިންމާފައިވާ ކަަމަށެވެ.

އީސީގެ އެ ނިންމުން ޑީއާރްޕީއަށް ސިޓީއަކުން އެންގުމަށް ނިންމާފައިވާއިރު، އެ ޕާޓީއާ ބައްދަލު ކުރަންވެސް ނިންމާފައި ވެއެވެ. އަދި އެ ޕާޓީގެ ދަރަންޏާއި މެދު އަމަލު ކުރާނެ ގޮތަކާއި، ދަރަންޏަށް ޒިންމާވާނެ ފަރާތެއް ކަނޑައަޅައި އެކަން އީސީއާ ހިއްސާ ކުރުމަށް އެ ޕާޓީއަށް އެންގުމަށްވެސް އެ ޖަލްސާގައި ނިންމި ކަމަށް އީސީން ބުނެފައި ވެއެވެ.

އަދި އެ މައުލޫމާތު އެ ޕާޓީން އީސީއާ ހިއްސާ ކުރުމުން، ޑީއާރްޕީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށް، އެ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެކަން އާއްމުކޮށް އިއުލާނު ކުރާނެ ކަމަށް އީސީން ބުންޏެވެ.

ޑީއާރްޕީގައި ތިބި ގިނަ އަދަދެއްގެ މެންބަރުން އެހެން ޕާޓީތަކަށް ބަދަލުވުމާއި ގުޅިގެން އެޕާޓީއަށް ބޭނުންވާ އަދަދަށް މެންބަރުން ހަމަނުވާ ކަމަށް ނިންމާ އީސީން ވަނީ ޕާޓީ އުވާލާނެ ކަމުގެ ނޯޓިސް ފޮނުވިއެވެ. އޭގެ ފަހުން އެ ޕާޓީއަށް މީހުން ހަމަ ކުރުމުގެ މަސައްކަތް ފެށިއެވެ.

ޑީއާރްޕީއަކީ ރާއްޖޭގައި އޮތް އެންމެ ދުވަސް ވީ އެއް ޕާޓީއެވެ.ޑީއާރްޕީގެ ވަގުތީ ލީޑަރެއްގެ ގޮތުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރެފްރީ

    ނާ ހަމަތެދެއް ؟ ކޮބާ ޖާބިރު ؟

    14
    1
  2. އަބްދޫ

    ގަރުބަޗޯވް ރައީސްކަމުގަ ހުއްޓާ ސޮވިއެޓް ޔުނިއަން އުވިގެން ދިޔަގޮތަށް އަދިވެސް އޭނަ ހުރީ ރައީސްކަމުގަ. ޑީއާރުޕީގެ ލީޑަރުކަމުގަ ހުއްޓާ ޕާޓީ އުވާލައިފިނަމަ ޖާބިރުގެ މުޅި އުމުރު ދުވަހަށް ހުންނާނީ ޑީއާރުޕީ ގެ ލީޑަރު ކަމުގަ ކިހާބޮޑު ސަރަފެއް.

    20
  3. Anonymous

    إنا لله وإنا إليه راجعون
    ތިޕާޓީ އުފެއްދި މީހާގެ ނުވަތަ ތިޕާޓީގެ ވެރިޔާގެ ނިމުން ގާތްވީތާއެވެ!

    14
    4
  4. ސްރީމަތީ މޯޑީ

    އަނހަ ޖާ ! ކިހިނެތް ތިހެދީ ؟

  5. ޖާބޭ

    އުފެދުމުގައިވެސް ބާތިލު ޕާޓީއެއް

    6
    2
  6. ނަމަސްތޭ

    ޖާބިރި މިފަހަރު ރައީސްކަމަށް ހޮވން އުޅެނިކޮށް ކިހިނެއް ތިހެދީ