އޭޑީކޭ ހޮސްޕިޓަލުން ޑޮކްޓަރަށް ދައްކަން ނަގާ އަގު %100 ބޮޑުކޮށްފިއެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާ އިން ފެށިގެން އޭޑީކޭ ހޮސްޕިޓަލްގެ ސްޕަ ސްޕެޝަލިސްޓަކަށް ދައްކަން -/700 ރުފިޔާ ދައްކަން ޖެހޭނެއެވެ. އަދި ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދައްކަން -/400 ރުފިޔާ ދައްކަން ޖެހޭނެއެވެ. މީގެ ކުރިން ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދައްކަން ހޭދަކުރަން ޖެހެނީ -/200 ރުފިޔާ އެވެ.
ޖެނެރަލް ޑޮކްޓަރުންނަށް ދައްކަން ކުރިން -/150 ރުފިޔާ ހޭދަކުރަން ޖެހުނު ނަމަވެސް ދެން -/200 ރުފިޔާ ހޭދަކުރަން ޖެހޭނެއެވެ. ދަންވަރު ޑޮކްޓަރަށް ދައްކާނަމަ ކުރިން %150 ރުފިޔާ ހޭދަކުރަން ޖެހުނު ނަމަވެސް ދެން -/250 ރުފިޔާ ހޭދަކުރަން ޖެހޭނެއެވެ.
އޭޑީކޭ ހޮސްޕިޓަލުން ހިދުމަތްތަކުގެ އަގުތައް އާދަޔާއި ހިލާފަށް ބޮޑުކުރާއިރު އެކުންފުނިން ގެންދަނީ ރިސޯޓެއް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވެސް ވަމުންނެވެ.
އޭޑީކޭ ހޮސްޕިޓަލުން ރޭ ބުނި ގޮތުގައި އެހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތަކުގެ އަގު ބޮޑުކުރީ އިންފްލޭޝަން ރޭޓް މަތިވެ، މުދަލާއި ހިދުމަތުގެ އަގުތައް ބޮޑުވެފައިވާތީ އެވެ. ހިދުމަތްތަކުގެ އަގުތައް ބޮޑުކުރީ 15-20 ޕަސެންޓަށް ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު މީޑިއާގައި ބުނެފައި ވެއެވެ.
ދައުލަތުގެ ބިމެއްގައި ހިންގަމުން އަންނަ އޭޑީކޭ ހޮސްޕިޓަލްގެ އަގުތައް ބޮޑުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ. އެ ބިމުގެ ކުލި ކުޑަ ކަމަށް ބައެއް މީހުން ބުނަމުން ދިޔަ ނަމަވެސް ކުލި ހާމައެއް ނުކުރެ އެވެ.
އޭޑީކޭ ބިމުގެ ކުލި ދައުލަތުން ބޮޑު ކުރަންޖެހޭ. އަދި އެ ބިން އެބޭނުން ކުރަނީ ކޮންގަައިދެއްގެ ދަށުން ދޫކުރެވުނު ބިމެއްތޯ ބަލައު ތަހުގީގުކޮއްދެއްވުމަށް ސަރުކާރުން އެދެން.
ޜިސޯޓް ނުހުޅުވިގެން އުޅެނީ
އޭޑީކޭ ބޮއިކޮޓް ކޮށްފިން.
ދަމާކަނޑާ ހޮސްޕިޓަލެއް
އޭޑީކޭ ނާޝިދަށް ހަލާކުހުރި
އެކޮއެ އެއީ ވިޔަފާރި، އޭނާ ހިލޭ ސާބަހަށް ކުރާ ކަމެއް ކަމަށްތަ ހީކުރީ؟
އަދިވެސް ހަމަ އެ ކުއްޔަށް ދޯ ސަރުިކާރުން އެބިން ދީގެން އެ އުޅެނީ؟؟؟؟؟؟؟؟
މައުމޫނުގެ ވެރިކަމުގެ ފަހު އަހަރުތެރޭ މައުމޫނު ކުރިކަމެއް އޭޑީކޭ ނާޝިދަށް ތި ބިން ވަރަށް ކުޑަ އަގެއްގައި ދޫކުރީ!! މައުމޫނު މިއަދު އެއޮތީނު ކޮންމެ މަހަކު ދައުލަތުން އެތައް ލައްކަ ރުފިޔާއެއް ނަގަނަގާ!! އޭޑީކޭ ބޮއިކޮޓްކުރަން ހުރިހާ ރައްޔިތުންނަށް ގޮވާލަން!!
ތީ ނާސިދުއަށް ދީފަހުރި ތަނެއްނޫން. ތީ މައުމޫނުގެ ވަރަށްއަރިސް ކުރީގެ މިނިސްޓަރަކަށް ދީފަހުރިތަނެއް. ތިވިޔަފާރިތަކުގެ ވެރިންނަކީ ކޮބާތޯބަލާބަލަ.
މައުމޫން ނާޝިދުއަށް ބިން ކުއްޔަށްދިނީ ކޮންމެ ދެއަހަރަކުން ރައްޔިތުން ފެލާގޮތަށް ޙިދުމަތުގެ އަގު ބޮޑުކުރާ ގޮތަށްތޯ؟ އަހަންނަށް ހީވާގޮތުން އޭ.ޑީ.ކޭ ކްލިނިކް ރަނގަޅު ފެންވަރެއްގަ ހިންގާތީ، ސަރުކާރު ހޮސްޕިޓަލް އަށްވުރެ ފެންވަރު ރަނގަޅު ޕްރައިވެޓް ހޮސްޕިޓަލް އެއް ހަދައިގެން ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްޙީ ޙިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި މައުމޫން ކުރެއްވި ކަމެއް. އެހެންނަމަވެސް ފެންނަމުން ދަނީ ރައްޔިތުން ފެލައިގެން ނާޝިދު ކުރިއަރައިގެން ދާތަން.
އޭޑީކޭ ބިމުގެ ކުލި ބޮޑުކުރޭޭ!! މިދެން ކިހާާބޮޑުކަމެއް، ހިލޭ ހެން ބޮޑެތި ބިންތަކާ އެއްޗެހި ދިނީމަ ވެސް މިހިރީ ހަދާގޮތް
އެއިރުން އަނެއްކާ އެބައިވެސް ފެލާނީ ރައްޔިތު މީހާގެ ލުނބޯ އިން.
ވެރިކަމުގެ ހުރިމީހަޔަށްވެސް ބައި އެޅޭގޮތައް ޑީލްހަދައިގެން ކުރިކަމެއްތީ، އިންތިހާބަށް ކެމްޕެއިން ކުރަން ފައިސާ އިބޫވެސް ވިޔަފާރިވެރިންނާ ގުޅިގެންހޯދަނެ، އޭގެ ގެއްލުން ރައްޔިތުންނަށް، އޭގެފައިދާ ވިޔަފާރިވެރިންނާއި ސަރުކާރުގެވެރިންނަށް!
ރައްޔިތުންގެ ބިމެއް ކުޑަ އަގެއްގައި ކުއްޔަށް ނަގައިގެން ރައްޔިތުން ފެލަނީ.....ބިމުކުލި އެތަނުގައި އެމީހުން ހިންގާ ކެންޓީންގެ ފައިދާއިން ވެސް ކަވަރު ކުރެވޭނެ...މިމީސްމީހުން ރައްޔިތުންނަށް ހަދަނީ ހިތުހުރިގޮތެއް....
ދައުލަތަށް ހޮސްޕިޓަލެއް ނުހިންގުނީމާވާނީ ތިހެން.
އޭބަލަ ދަރިފުޅާ ނާޝިރޫ މިއަދަކީ ރައްޔިތުންގެ އަތުން ގިނަ އަދަދެއްގެ ރުފިޔާ ހަރަދުކުރަން ޖެހިފައިވާ ވަގުތެއްކަން ނޭގޭތަ. ރައްްޔިތުމީހާ ހަނާ ވަމުންދާ މަންޒަރު ދަރިފުޅައް ހަމަ ނުފެންނާތީތަ އިތުރު އެތިކޮޅެއް އެވެރިން އަަތުން ހޯދަން މަސައްކަތްކުރަނީ.....ނޫނީ ލިބުނު ވަރު އަދިވެސް މަދީތަ؟ ބޮޑުދައިތައް ހަމަ ނުހުރެވިގެން މިހެން ބުނެވުނީ މިގެން.
އައްތާ! މާފަންނުގަ އިންނާނެ 25 ބުރީގެ ހިލޭ ކުރެވޭ ތަނެއް
ނަސީބެއްނު %200 ބޮޑުކުރަން ހިތައްނޭރިކަން
ދަންވަރު ބަންދުކޮށްލަން ފެނޭ
އޭޑީކޭގެ ކުލި ސަރުކާރުން ބޮޑުކޮށްފަ އެބައި އާސަންދައިން އޭޑީކޭގެ ޑޮކްޓަރުންނަށް ދައްކަން އިތުރުކޮށްދީ. އޭރުން ހުންނާނީ ރާކަނި މަސް ކެވިފަ
ބަލާއެެއްނު. މުއްސަނދި އާލާތުން ދެރަ ނިކަމެތިން ފެލާވަރުން. 😡👿
ދުނިޔޭގެ މީއެ ޤާނޫނަކީ ބަދަލެއް nuvaanެ އިންސާފަކީ
ރައްޔިތުންގެ ބިން ނުއަގުގައި ދީފަ ހުރީ އަތްފޯރާ އަގުގައި ޙިދުމަތްދޭ. އޭގެ ބަދަލުގައި ރައްޔިތުންގެ ލޭ ބޯލަނީ.
ފެލައިލާ ފެލައިލާ!
ރައްޔިތުންގެ ބިމެއްގަ ހިތު ހުރި ގޮތަކަށް ފެލައިލަނީ!
ލުބޮއެއް ހެން ފެލާލަ
ޔާﷲ އަޅަމެންނަކީ އެންމެހައި ބަލިތަކުން ރައްކާތެރިވެގެންވާ، ފުރިހަމަ ޞިއްޙަތެއްގެ ވެރި ބައެއްކަމުގައި ލައްވާންދޭވެ! އާމީން
އާމީން
ބާރަށް އަތްޖަހާ ހުރިހާކުދިން.
ސަރުކާރުން ރައްޔިތުންގެ ލޭ ބޯން ތައްޔާރުވުމުން އޭ ޑީ ކޭ އިން ހަގިޔަރ ކުރިއަށް ޖައްސާލީ ތިއޮތީ ސިއްހީ ދާއިރާ ތަރައްގީވެ ދޮންވެ ފައްކާވެފައި ބާރަށް އަތްޖަހާ
ސަރުކާރުން އޭޑީކޭއާއި އެކު ހަދާފަވާއެއްބަސްވުން ރައްޔިތުންމަޖިލީސްްް މެދުވެރިކޮއް ތައްޔިތުންނައް ސާފުކޮއްކިޔާލަ ދިނުން މީ ވަރައް މުހިންމުކަމެއް އަދި ރައްޔިތުންގެ މުދާ ދޫކުރާއިރު ރައްޔިތުންނައްނުވަތަ ރައްޔިތުން ގާތުން އައްޔަންކޮއްފަތިއްބެވި މެމްބަރުންނައް އެގުން ވަރައްމުހިންމު ވީމާ ހީކުރަން މިކަން މަޖިލީހުން ކުރާނެކަމައް
ސަރުކާރުން އޭޑީކޭއާއި އެކު ހަދާފަވާއެއްބަސްވުން ރައްޔިތުންމަޖިލީސްްް މެދުވެރިކޮއް ތައްޔިތުންނައް ސާފުކޮއްކިޔާލަ ދިނުން މީ ވަރައް މުހިންމުކަމެއް އަދި ރައްޔިތުންގެ މުދާ ދޫކުރާއިރު ރައްޔިތުންނައްނުވަތަ ރައްޔިތުން ގާތުން އައްޔަންކޮއްފަތިއްބެވި މެމްބަރުންނައް އެގުން ވަރައްމުހިންމު ވީމާ ހީކުރަން މިކަން މަޖިލީހުން ކުރާނެކަމައް
މިސަރުކާރައް ސާބަސް އޭޑީކޭ ނަޝީދައް ސާބްސް / އޭޑީކޭއިން ދައުލަތައް ބިމުކުލި ގޮތުގައި ދައްކަންޖެހޭވަރުބޮޑުކޮށް ރައްޔިތުމީހާގެ ޖީއެއްޓީ ކަޑާލައް ގޮވާލަން
ހެޔޮވެރިކަމުގަ އަތްނުފޯރާފަށައް މުދަލާއި، ޚިދުމަތުގެ އަގުތަށް އުފުލެންޖެހޭ މިހާރު ވެރިކަމުގަ އެހުރި ސޮރަކީ އިންތިހާއަށް ރައްޔިތުންދެކެ(އިންޑިއާ)ޅޮބިވާސޮރެއް.
ފާމަސީތަކު ފަދައިން ޑޮކްތަރައްދެއްކުމުގައިވެސް އެއްވެސް އާސަންދަ ބޭނުންކުރާނަމަ އިތުރު ފައިސާއެއް ނުނެގޭގޮތް ހަދަންޖެހޭ މިހާރު އެކަނތައް ކުރަނީ އާސަންދައަކީ ބޯނަހެއްގޮތުގައިބަލާގެން ފޭރޭ ފައިސާތަކެއް މިކަން ހުޓާލަންޖެހޭ
ދައުލަތުގެ ބިމެއް ނުއަގުގައި އޭޑީކޭއަށް ދީގެން ރައްޔިތުންފެލުން ސަޅިދޯ؟ ވެރިން ސިންގަޕޯ، ބެންކޮކުން ހިލޭ ބޭސްފަރުވާކުރެވޭ. ހެޔޮވެރިކަން ދެއްތޯ.
ތިޔަ ގޮތަށް ސަރުކާރުގެ ބިމެއްގައި ހޮސްޕިޓަލް ހިންގާކަމުގައި ވަނީނަމަ ބިމުގެ ކުލިވެސް 5 ގުނަ ބޮޑުކުރަން ފެނޭ.
ޖެހިގެން އޮތް 2 މަގުވެސް ބަންދުކޮށްލާފަ އޭޑީކޭ އަށް ދީ، އެއޮތް ބޮޑު ބިން 1 ރޫމް ގެ ކުލިހާ ކުޑަކުއްޔަކަށް ދީފަ ވާއިރު، ދިވެހިން ފެލައިގެން މުއްސަދިވެ ރިސޯޓް ހަދާނިމުނީ! ސަރުކާރަށް ކަހަރުވަކެކޭ ވެސް ހީ ނުވޭ! އެހެން ޤައުމުތަކުގައި ނަމަ ޢާއްމުންނަށް ޚިދުމަތް ދެވޭނެ ހެޔޮއަގު ޝަރުޠު ވެސް ކުރާނެ!
ރަށްޔިތުމީހާގެ ޖީބައްއެއްޗެއް އިތުރުނުވެ ޖީއެސޓީބޮޑުކޮއް ސިއްޙީ ޚިދުމަތުގެ އަގުބޮޑުކޮށް ޖީބުގައި އޮތްއެތިކޮޅުވެސް ފޭރެނީއެވެ ކޮންމެއަގެއްދީފައިވެސް ބަލިވީމާބޭސް ކުރާނެކަން އެނގޭވިއްޔަ. ސިއްޙީ ޚިދުމަތުގެ ރަންޒަމާން އަދިކިރިޔާ މިފެންނަނީ.
އޭޑީކޭ އާއި ދެކޮޅަށް މުޒާހަރާ ކުރަން އަވަހަށް ނުކުމޭ
މިސަރުކަރުގެ ގެނައުމުގެ ހިތި ނަތީޖާ ބަލާލި ކޮންމެ ދިމާކަކުންވެސް ފެންނަނީ!! ދެން މިހާރު ރައްޔިތުންވެސް މޮޅު ވާހަކަ ދައްކާނެ ކަމެއްނެތް!!
އަސްތާ ތިޔައީކުޑަމިންވަރެއް. އާދައިގެކުލިނިކްތަކުންވެސް މޮޅު ޑޮކްޓަރުންނަށްދައްކަންއެބަނަގާ 500-600 ރުފިޔާވެސް
އެސްޓީއޯއައް ބިންތައްދީފަހުރީ ހިލޭ އެޗެތިވިއްކަނީ 2ލައްކަ ކުލިދައްކައިގެން ވިޔަފާރި ކުރާމީހާވުރެ ބޮޑުކޮއް
ކޮންމެ ފެށުމަކަށްވެސް ނިމުމެއްވޭ އެ ނިމުން އަންނާނެ ގޮތެއް ދެނެވޮޑިގެންވަނީ ﷲ
ސަރުކާރު ބިމެކެވެ. ސަރުކާރުން މިކަމުގެ ތެރެއަށް ވަންނަން ޖެހެ އެވެ. ޕާޓީ ތަކުން މުޒާހަރާ ކުރަން ޖެހޭ ކަމެކެވެ.
ބުނާތީ އަޑުއަހަން އޭ.ޑީ.ކޭ. ހޮސްޕިޓަލް ހިންގާ ބިން ކުއްޔަށް ދީފައިވަނީ މަހަކު -/40000 (ސާޅީސްހާސް) ރުފިޔާއަށް ކަމަށް. ވަﷲ އަޢުލަމު
ސަރުކާރުގެ ބިން ކުޑައަގެއްގައި ދީފައިހުންނަނީ ރައްޔިތުން ފެލާކަށްނޫން! މާވަރުއަރުވާ ކަމަށްވަންޏާ ތަނުގެ އެގްރިމެންޓް ބާތިލްކުރޭ!
މިހާތަނަށް އޭޑީކޭ އިން ޑޮކްޓަރަށް ދެއްކި ދެއްކުމުގައި މިއަދު ލިބުނުވަރުގެ ހިތްހަމަ ޖެހުމެއް ނުލިބެއެވެ. މިއީ އޭޑީކޭ ގެ ކަރުންމަތީގެ ޚާއްޞަ ޑޮކްޓަރ ޙުސެން ނާޒިފް އަށް ދެއްކި ފުރަތަމަ ފަހަރެވެ. އެޑޮކްޓަރުގެ ޤާބިލް ކަމާއި ދެއްވި ފަރުވާ އާއި ދޭތެރޭ ބުނެވޭނީ ހަމަ ސަތޭކަ އަކުން ސަތޭކަ ކަމަށެވެ. ފުރަތަމަ ދެއްކީ އިއްޔެގަ އެވެ. އެއާއިވިދިގެން އިތުރަށް ހަދަން ދެއްވި ޓެސްޓް ތަކުގެ ރިޕޯރޓް ދެއްކީ މިއަދު އެވެ. ވެގެން އުޅޭގޮތް ވަރަށް ތަފްޞީލުކޮށް ކިޔައި ދެއްވިއެވެ. އެފަދަ ޑޮކްޓަރުންގެ ޚިދުމަތް ލިބޭނަމަ -/700 ރުފިޔާ ބޮޑެއް ނޫނެވެ. ބޭނުންވަނީ ރަނގަޅު ފަރުވާ އާއި ކަމަށް ކަމޭހިތްތަވާ ޤާބިލު ޑޮކްޓަރުންނެވެ. ދުޢާ އަކީ، ﷲ ޑރ. ޙުސެން ނާޒިފްގެ ފަރުވާގައި ބަރަކާތް ލައްވަވައި، އިތުރު ހުނަރާއި ކާމިޔާބު މިންވަރު ކުރެއްވެވުމެވެ. أمين
ތިބުނީ މީގެ ކުރިން ޑޮކްޓަރަށް ދައްކާއިރު ރަނގަޅަށް ނުބަލައި، މަކަރު ހަދައޭ، އަދި ޚިދުމަތުގެ އަގު އޭޑީކޭ އިން ބޮޑުކުރުމުން ޑޮކްޓަރ ގެ އިޚްލާޞް ތެރިކަން އިތުރުވެއްޖެ ކަމަށްތަ؟ ތީ ވަރަށް ނުރައްކާ ވާހަކައެއް!
ސަރުކާރުގެ އިހުލާސްތެރިކަމެއް ހުރިނަމަ، އޭޑީކޭ އަށް އާސަންދައިގެ ހިދުމަތް ހުއްޓާލާ! ރައްޔިތުން އަތުން ޓެކްސް ބޮޑުކުރި ވަގުތު ބަލާފަ، އާސަންދަ މެދުވެރިކޮށް އެފައިސާ ފޭރިގަަންނަން އޭޑީކޭ އެ ކުރާ ހީލަތްތެރި ރޭވުމަށް އެއްބާރުލުން ދިނުމަކީ، ރައްޔިތުން އަށް ހަރާން ކޯރުވުން! އަދި ގުޅިގެން ކުރާ ވައްކަމެއް! އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި ސެނަހިޔާގެ ކެޕޭސިޓީ އިތުރު ކުރައްވާ! މާބޮޑު ކަމެއް ކުރާކަށް ނުޖެހޭނެ! އެތަން ތަނަށް ބޭނުން ވަނީ އިތުރު މެޝިނާއި ޑަކްޓަރުން! ރައްޔިތުންގެ ފައިސާއިން ކިޔަވާ ދީފައިވާ ޑަކްޓަރުން ތިބޭނެ! ސެނަހިޔާގައި ސިފައިންގެ ޑަކްޓަރުން ވެސް ތިބޭނެ!
އޭޑީކޭ އާއި ކިނބޫ އާއި ދެކޮޅަށް މުޒާހަރާ ކުރަން ނިކުތުމަށް އެންމެހާ ރައްޔިތުންނަށް ދައުވަތުދެން، ނޫނީ މިހެއްތިއަބާ އޭޑީކޭ އާއި ކިނބުލާއި ވެގެން ފެނާނުލައި ރައްޔިތުންވެސް ކާލަފާނެ.
ޢާސަންދާ ގެ ނަމުގައި ސަރުކާރާއި ރައްޔިތުން ފެލާލައި ސިއްހީ ފަރުވާގެ ނިޒާމް ކޮންޓްރޯލް ކުރަމުން ދާ " މެޑިކަލް މާފިއާ" ހުއްޓުމަކަށް ގެނެސް ސަރުކާރު ހޮސްޕިޓަލް ތަކުން ރައްޔިތުންނަށް ފުރިހަމަ ބޭސްފަރުވާ އެއް ލިބޭނެ ގޮތަކަށް މިނިޒާމް ބައްޓަން ކުރަން ޖެހޭވާހަކަ ދަންނަވަން.
އޭޑީކޭ އިން ރައްޔިތުން ފެލަމުންދާއިރު މިސަރުކާރު ކޮބާ ވަގު ރައީސް އިބޫ ކޮބާ އެބަދަވި އެއޮތީ ގައިމޮޑެން ގޮސް ގަތަރުގައިދޯ އޭޑީކޭ އަށް ހުޅުމާލޭން 1 ހެކްޓަރުގެ ބިމެއް ހިލޭދީގެން ނަމަވެސް އޭޑީކޭގެ އަގު ތައް އެބަޖެހޭ ތިރިކުރަން ވަގު އިބޫ އަށް މިކަން ނުވަންނާ އެބަދަވި ރަށަށް މަސްކައްކަން ކަނޑާލަންވީއޭ..
އޭޑީކޭ އަކީ ދައުލަުން ވަރަށް ކުޑައަގަކަށް ދީފަވާ ރައްޔިތުންގެ މިލްކެއް، ބޭނުންހާ އެއްޗެއް އެެހަދަނީ މިހާރުވެރިކަމުގަވާ މީހަޔަށް ރިޔާސީ އިންތިހާބުގަ ހަރަދުކުރާގޮތުގަމަތިން ޑީލްހަދައިގެން!
އޭޑީކޭ ކުއްޔަކީ މަހަކު އަކަފޫޓަކަށް 2 ރުފިޔާ މުޅި ކޮށި އެމީހުނަނަށް ރައްޔިތުންނަށް ކުރަނީ ޖެއްސުން.