ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަކީ ފަތުުރުވެރިއެއް ކަަމަށް ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އޭނާ ވިދާޅުވީ، ރާއްޖެ ހިންގަމުން ދަނީ އިންޑިއާ ސަފީރު އަންގާ ގޮތަށް ކަމަށެވެ. އަދި ރާއްޖޭގެ ވެރިއަކަށް ހުންނަނީ އިންޑިއާ ޕަޕެޓެއް ކަމަށް ހީނާ ވިދާޅުވިއެވެ.

"ވެރިކަމުގައި ހުރީ ފަތުރުވެރިއެކޭ ދެންނެވިއަކަސް ދޮގަކަށް ނުވާނެ، އެއީ ވެރިކަމަށް އައީސުރެ ދުނިޔެ ވަށާ ބުރު ޖަހަމުން އެ ދަނީ". ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، މި ސަރުކާރަކީ ރައްޔިތުން ފެލާލައިގެން ވެރިކަން ކުރާ ސަރުކާރެއް ކަމަށެވެ. އެ މޭރުމުން ވާހަކަދައްކަމުން ހީނާ ވިދާޅުވީ، ޑޮލަރުގެ އަގު މަތިވެއްޖެ ކަަމަށާއި، ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެއްޖެ ކަމަށެވެ. އަދި އިތުރު ޓެކްސް ނަގައިގެން ސަރުކާރު ހިންގުމަށް ބިލެއް ފާސްކޮށްފައިވާ ކަމަށް ހީނާ ވިދާޅުވިއެެވެ.

"އެހެންކަމުން މިއަދު އަނެއްކާވެސް ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު މި ވަނީ އިންތިހާއަށް އުފުލިފައި". ހީނާ ވިދާޅުވިއެވެ.

އަދި ޖޫރިމަނާގެ ގޮތުގައި އެކި ގޮތްގޮތުން ރައްޔިތުން ފެލަމުންދާ ކަމަށް ހީނާ ވިދާޅުވިއިރު، ދައުލަތުގެ މާލިއްޔާގައި އެއްވެސް ފައިސާއެއް ނެތް ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހީނާ އިތުރަށް ވާހަކަދައްކަމުން ވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އޮތީ އެހެން ބައެއްގެ އަތްމަތީގައި ކަމަށް ވިދާޅުވެފައެވެ. އަދި ގައުމުގެ އިއްފަތްތެރިކަމާއި، ގައުމިއްޔަތުވެސް ފެލާލާފައިވާ ކަަމަށް ހީނާ ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ރެފްރީ

    މީނަޔަކީ ހަސަދަވެރިއެއް ދެއްތޯ ؟

    4
    6
  2. މުހައްމަދު

    މީފައްކާ ބްރާންޗެއް

    3
    6
  3. ޖިންނި

    ފުރޭތަ އަރައިފި

    3
    5
  4. ޏމ

    ކޮންބެހޭކަމެއް ހީނާއަށް..ކެކެކޭ. މިދެން މާމޮޅު މީހެކޯ. އަންނަ ދައުރުގެ ރައީސްތަ؟

    6
    5
  5. ޏަމް

    ފަތުރުވެރި އެހުރީ ބޯޅަބަލަން ގަތަރުގަ ރަށްޔަތުންހަނާވަނީ.

    4
    1
  6. އަކުބަރު

    ކުރީޒަމާނުގަ މިކަހަލަ ދަތުރު ކުރާަމީހުނަށް ކިޔަނީ ބޯޓުބެ، މިއީ މިޒަމާނުގެ ބޯޓުބެ.

  7. Anonymous

    ވަރަށް ބޮޑު ތެދެއް. ތީ ހިންނަވަރުން އައިސްގެން އުޅޭ ބީރައްޓެއްސެއް. ސެލްފީނަގަމުން އެކި ދިމަދިމާލަށް ދުވެނަގަނީ.

  8. ނަމަސްތޭ

    ރަންދި އެއްމި ހަހަހަހަހަ

  9. ނިޒާން

    އިދިކޮޅު ލީޑަރަކައް ހުރީ ކޮންކަހަލަ މީހެއްތޯ