މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީގެ އެލަމްނައި ލީޑަރޝިޕް އެވޯޑް ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއަށް އަރުއްވައިފި އެވެ.

އެ އެވޯޑް ޑރ. ޝަހީމްއަށް އެރުއްވީ މިއަދު ހެނދު މެލޭޝިޔާގެ އައިޔޫއެމްގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ހަފްލާއެއްގައި ޔުނިވަރސިޓީގެ ރެކްޓަރ ޕްރޮފެސަރ ޑރ. ޒުލްކިފްލު ޢަބްދުﷲ އެވެ.

އެ އެވޯޑާ ގުޅޭ ގޮތުން ޑރ. ޝާހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމިކް ޔުނިވަރސިޓީގެ އެލަމްނައި ލީޑަރޝިޕް އެވޯޑް ލިބުމަކީ އޭނާގެ ހަޔާތުގައި ލިބުނު ވަރަށް ވެސް ބޮޑު އުފަލެއް ކަމަށެވެ. އަދި އެކަމަށް ޓަކައި މާތްﷲ އަށް ހަމްދާއި ޝުކުރު ކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

"މި އުފާވެރިކަމުގައި އަޅުގަނޑުގެ މަންމައާއި ބައްޕައާއި އަންހެނުން ޢާފިޔާއި ދަރިންނާއި، ކޮއްކޮމެންނާއި ބޭބެމެންނާއި ކިޔެވުމަށް އެހީވި އެންމެހާ ފަރާތްތަކާއި އަޅުގަނޑަށް އަބަދުވެސް ހެޔޮދުޢާކޮށްދެއްވާ އެންމެހާ ފަރާތްތަކާއި އެކުވެރިން ބައިވެރިކުރަމެވެ." ޑރ. ޝަހީމް ފޭސްބުކްގައި ލިޔުއްވާފައި ވެއެވެ.
ޑރ ޝަހީމް ޕީއެޗްޑީ ހާސިލްކުރެއްވީ 2013 ވަނަ އަހަރު މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީއިން އެވެ. އަދި މިއަދު އެރުވި އެވޯޑަކީ އިސްލާމިކް ޔުނިވާސިޓީން އެރުވި އެވޯޑަކީ އެ ޔުނިވާސިޓީން ތައުލީމު ހާސިލުކުރި ފަރާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ޝަހުސިއްޔަތުތަކަށް ދޭ އެވޯޑެކެވެ.
އިސްލާމިކް މިނިސްޓަރުގެ މަގާމުގެ އިތުރުން ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާ އަދި ޗާންސެލާގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ. އަދި ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓްގެ ގޮތުގައި ވެސް ހުންނެވީ ޝަހީމް އެވެ.
ޑރ. ޝަހީމް މީގެ ކުރިން ވަނީ ، އިންޓަނޭޝަނަލް އިސްލާމިކް އެންސައިކްލޮޕީޑިއާ ކޮމިޓީގެ އިންޗާޖުކަމާއި އިސްލާމީ ގައުމުތަކުގެ އެންމެ މަތީ ޖަމިއްޔާ ކަމަށްވާ އޯއައިސީގައި އިސް މަގާމުތައް ވެސް ފުރުއްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާލްދީފީސް

    މަރުހަބާ ޑރ. ޝަހީމް. އަދިވެސް އިތުރު ކާމިޔާބަށް އެދެން.

  2. ޢަބްދުﷲ

    ސާބަހާއި އައްސަރިބަސް ދަންނަވަން.

  3. Anonymous

    މަރުހަބާ ރައީސް ޔާމީން ނެތް ހާލަތެއްގަ ޕީޕީެމުން ނިކުންނަ ކެންޑިޑޭޓަށް

  4. Anonymous

    މަރްޙަބާ ލޮބުވެތި އުސްތާޒު
    ޙައްޤު އިނާމެއްތީ ހަމަ.
    ފުރިހަމަ ޞިއްޙަތާއި އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދެން.
    ް