އަރަބިއްޔާގެ އާ ޕްރިންސިޕަލް ހުސެއިން ސައީދު އެއް ޖިއްސުން ގުޅުން ހިންގުމަށް ސަޕޯޓްކުރާ މީހަކު ޕްރޮމޯޓް ކުރެއްވި ކަމަށް ބުނެ އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ނުރުހުން ފާޅުކޮށްފިއެވެ.

އަރަބިއްޔާގެ ދަރިވަރުންގެ ބެލެނިވެރިން ހިންގާ "އަރަބިއްޔާ ފެމެލީ" އިން ކުރި ޓުވީޓެއްގައި ބުނީ މިދިޔަ އާދިއްތަ ދުވަހު އިސްކަންދަރު ސްކޫލުގައި ބޭއްވި އަރަބިއްޔާގެ ދަރިވަރުންގެ އެވޯޑް ހަލްފާއެއްގައި އެ ސްކޫލާ އަލަށް ހަވާލުވި ޕްރިންސިޕަލް، އަރަބިއްޔާގެ އަންހެން ދަރިވަރުން ނަމޫނާއަކަށް ނަގަންވީ އެމެރިކާގެ މުސްލިމް އަންހެން ކޮންގްރެސް އިލްހާން އޮމަރުކަމަށް ވިދާޅުވި ކަމަށެވެެ.

ނަމަވެސް އިސްލާމް ދީނާ ބީރައްޓެހި އަގީދާތައް ޕްރޮމޯޓްކުރާ އިލްހާން، ނަމޫނާއަކަށް ބަލަން ގޮވާލުމުން ބެލެނިވެރިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިލްހާންއަކީ ފާޅުގައި އެއް ޖިއްސުން ގުޅުން ހިންގުމާއި އެބޯޝަންއަށް ވެސް ތާއިދު ކުރައްވާ މުސްލިމް ކޮންގަރެސްގެ ބޭފުޅެކެވެ.

އަރަބިއްޔާގެ ޕްރިންސިޕަލް، އިލްހާން ޕްރޮމޯޓްކުރުމުން އަރަބިއްޔާގެ ދަރިވަރުން ވެސް ވަރަށް ބޮޑަށް ޝަކުވާ ކުރި ކަމަށް ބެލެނިވެރިން ބުނެފައި ވެއެވެ.

"ދުނިޔޭގެ އެކި ގައުމުތަކުގައި ވެސް މުސްލިމް އަންހެނުން ޕާލަމަންޓްތަކަށް އިންތިހާބުވެފައިވާ އިރު އެއް ޖިއްސުން ގުޅުން ހިންގަން ޕްރޮމޯޓްކުރާ އިލްހާން ނަމޫނާއަކަށް ދެއްކުމުުގެ ބޭނުމަކީ ކޮބައިތޯ؟ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސާފުކޮށްދޭން ޖެހޭ. މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫން" އަރަބިއްޔާގެ ފެމިލީން ކުރި ޓުވީޓެއްގައި ވެއެވެ.

އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލަކަށް ހުންނެވި މުހައްމަދު ޝުޖާއު އެ ސްކޫލްގެ ޕްރިންސިޕަލް ކަމުން ވަކިކޮށް ނޭޝެނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށް ބަދަލުކުރީ މީގެ މަހެއް ކުރިންނެވެ.

ޝުޖާއު ވަކިކުރުމުން ބެލެނިވެރިން ވަނީ މުޒާހަރާވެސް ކޮށްފައެވެ. ބެލެނިވެރިން ބުނާ ގޮތުން ޝުޖާއު ވަކިކުރީ އޭނާ ބެލެނިވެރިންގެ ކޮޅުގައި ހުންނާތީ ކަމަށެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން އެކަން ދޮގު ކުރެއެވެ.

އަރަބިއްޔާ ސްކޫލު ކުރިން ހިންގި އިމާރާތުގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދި އެ ސްކޫލުގެ ކިޔެވުން މިދިޔަ އަހަރު ފަހުކޮޅުއް ސުރެ ދަނީ ވަގުތީ އިމާރާތެއްގައި ހިންގަމުންނެވެ.

ސަރުކާރުން މިހާރު ނިންމާފައި ވަނީ ބާ ޖަމާލުއްދީންގައި އަރަބިއްޔާ އަލުން އިމާރާތް ކުރާށެެވެ. ނަމަވެސް ބެލެނިވެރިން ދަނީ އެ ތަނުން ލިބޭ ބިން ކުޑަކަމުން ޝަކުވާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނަމަސްތޭ

    ޕިސްޕިސް . . ތިވާ ސުކޫލެއް . . ބޯހަލާކު

    7
    16
  2. ޕިސްޕިސް

    100 އަކުން 99 ކަންތައް ރަނގަޅުވިޔަސް ، ގޯސް އެއްމެ ކަމެއްއިނައަސް އެކަމާހިފާ ދަމާތި . . ކަލޭމެން ދެން ސިޔާސީ ޕާޓީއެއްހއދަންވީ . . ފެމެލީއެކޭ ކިޔޢނެކަމެއްނެތް .. ބޯހަލާކު . . މިވެރިންނަން ރަނގަޅުއެއްކަމެއްނެޠް . . ފުކެއްބޮޑުވަރުތި

    8
    23
  3. އަލީ ބުނީ

    މުންޑެއް ތުރުކުރައްވާގެން ސްކޫލް ކުރިމަތިން އެވަޑައިގަންނަވަނީ ޕްރިންސިޕަލްތޯ.

    9
    2
    • ކަކުނިބޯ

      ހެހެ

  4. އައިންތު

    މީހުން ކަތިލާ ހަންނޮޅާލަން ޢަރަބިއްޔާ ބެލެނިވެރިން ވަރެއް ނޯންނާނެ! މީ ވަރަށް ދޮގު ހަދާ ބެލެނިވެރިން އުޅޭ މަދަރުސާ އެއް! އެބުނާ ވާހަކަ ދެއްކި އިރު އެތަނުގަ ނުވެސް ނެތް ބެލެނިވެރިޔަކު ލައއްވާ "ޢަރަބިއްޔާ ފެމިލީ" ކިޔާ ގްރޫޕަކުން "ޓްވީތް" ކުރުވަނީ! މަ ހަމަ ހުވާ ކޮއްފަ މި ބުނަނީ މި ވާހަކަ މިހެނެއް ނޫން ވިދާޅުވީކީ! މިގޮތައް ވާހަކަ ދައްކަން ހެޔޮ ނުވާނެ!

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن جَآءَكُمْ فَاسِقٌۢ بِنَبَإٍۢ فَتَبَيَّنُوٓا۟ أَن تُصِيبُوا۟ قَوْمًۢا بِجَهَـٰلَةٍۢ فَتُصْبِحُوا۟ عَلَىٰ مَا فَعَلْتُمْ نَـٰدِمِينَ (٦)
    O you who have believed, if there comes to you a disobedient one with information, investigate, lest you harm a people out of ignorance and become, over what you have done, regretful.

    ކުދިންނޭ! ތިމާގެ އަނގައިން، ދުލުން، އަދި ލިޔުމުން ވިޔަސް އެއްވެސް މީހަކަށް ފުރައްސާރަ ކުރަން ހެޔޮ ނުވާނެ.
    މި ކޮމެންޓް ޕަބްލިޝް ކޮއްލަ ދެއްވުން ވަރަށް ބޮޑަށް އެދެން!

    2
    6
  5. އުގުރި

    ފުރަތަމަ ކަމަކީ އެމްޑީޕީ އަކީ ލާދީނީ މާނައަކީ އިސްލާމް ދީނާއި ހިލާފު ބައެކެވެ..

    3
    1
  6. ޝަކީލާ

    އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަށް ކޮންކަމެއް ސާފުކޮށްދެވޭނީ .އާޭނަ އިއސްގެން ކުދިންގެ ކިޔަވުން ހަލާކު ކޮށްފި.

    2
    1