މިއަދު ބޭއްވި އިންތިހާބަށް ނުފޫޒު ފޯރުވުމުގެ މަސައްކަތް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ފަށައިފިއެވެ.
މިއަދު މީޑިއާ ކައުންސިލްގެ އާ ދައުރަށް ރައިސް އާއި ނައިބް ރައީސްއަކު ހޮވުމަށް ޖަލްސާއެއް ކުރިއަށް ގެންދިޔައިރު، އެ ޖަލްސާގެ ރިޔާސަތު ބެލެހެއްްޓެވީ އެމްއެމްސީގެ ސެކެރެޓަރީ ޖެނެރަލްއެވެ.
ނަމަވެސް އެއީ ގާނޫނު ހިލާފަށް ހިނގާފައިވާ ކަމެއް ކަމަށް ބުނެ އަލުން ވޯޓު ލުން ބޭއްވުމަށް ވަނީ މަސައްކަތް ފަށައިފައެވެ.
އެކަމަކު މީގެ ކުރިންވެސް އާ ކައުންސިލް މަގާމާއި ހަވާލުވާއިރު، ޖަލްސާތަކުގެ ރިޔާދަސަތު ހޯމް މިނިސްޓަރުވެސް ބަލަހައްޓާފައި ވެއެވެ.
މީޑިއާ ކައުންސިލްގެ ރައިސް ކަމަށް ހޮވުނީ ޕީއެސްއެމްގެ އަހްމަދު މުސްތަފާ (މުސްތޮ)އެވެ. ނައިބް ރައިސް ކަަމަށް ހޮވުނީ ވަގުތުގެ ޑެޕިޔުޓީ އެޑިޓަރ ހުސެއިން ޝަރީފް އެވެ.
ފަހުން މެންބަރުން ވަނީ ގާނޫނީ ލަފަޔާއެކު، އެ ވޯޓު ބަލައިގަންނަން ނިންމާފައެވެ.