މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބުދުއްﷲ ވަގަށް ނަގައި ގެއްލުވާލި މައްސަލައިގައި މަރުކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވުމަށް ނިންމައިފި އެވެ.

ރިލުވާން ގެއްލުވާލި މައްސަލެ ރިޕޯޓް މިއަދު ރައީސްއަށް އެރުވުމަށް ނިންމާފައިވާ ކަން މަރު ކޮމިޝަނުން ވަނީ ކަށަވަރުކޮށްދީފައެވެ.

އުމުރުން 28 އަހަރުގެ ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ހުޅުމާލޭގައި ދިރިއުޅޭ ރިލްވާން 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރު 12:45 އެހާއިރު، ހުޅުމާލޭ ފެރީ ޓާމިނަލުން ޓިކެޓު ގަނެގެން ފެރީއަށް އެރުމަށް ދާ މަންޒަރު މާލޭގައި ހަދާފައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލްގެ ސީސީޓީވީ މަންޒަރުތަކުން ވަނީ ފެނިފަ އެވެ.

ރިލްވާން އުޅޭ ގޭގެ ދޮރުމަތިން ރަތްކުލައިގެ ކާރަކަށް އަރުވައިގެން އޭނާ ގެންގޮސް ކަނޑުމައްޗަށް އަރުވައި ބޯ ބުރިކޮށްލައި ކަނޑަށް އެއްލާލި ކަމަށް އެ މައްސަލަ މަރު ކޮމިޝަނުން ތަހުގީގުކުރުމަށްފަހު ނެރުނު ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މަރާލުމުގެ ކުރިން ޝަހާދަތް ލައިދިން ކަމަށް ވެސް ބުނެފައިވެއެވެ. އެއީ އިސްލާމް ދީނުގެ ނަމުގައި ހަރުކަށި ވިސްނުމެއް ގެންގުޅޭ ބަޔަކު ހިންގި އަމަލެއް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ރިލްވާން ފެނޭތޯ ރާއްޖޭގެ ހުރިހާ ރަށެއް ވެސް ބަލާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ރިލްވާންގެ މައްސަލައިގައި ބައެއްގެ މައްޗަށް ދައުވާ ކުރި ނަމަވެސް ކުށް ސާބިތުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސޯލޭ

    ކެމްޕޭން ކައިރިވީ ދެއްތޯ ރިލްވާންގެ އާއިލާ މީހުނަކީވެސް ގަމާރު އާއިލާއެއް ސޯލިހު ހަދާ ދޮގުތަކުން ހިތްހަމް ޖައްސައިގެން ދިރިއުޅޭ ބައެއްތީ މި އާއިލާ ދުވަސްކޮޅަކުން ޔާމީނާދިމާލައް ފެލޭތަން ފެންނާނި ގޮތްކުަޑަ ބައެއް

    17
  2. ހުވަދޫ އަލިބެއްޔާ

    އިންތިޚާބް އެބަ ގާތްވޭ.. ހެހެހެހެ..

    19
  3. ހުސޭނުބޭ

    ތިފަދަ ކަމެއްގެ ތިޕޯޓްވިއްޔާ ފިޔަވަޅު އަޅަންޖެހޭނީ. އެހެނެއްނޫން. ތިކަމާގުޅިގެން ފްލޯކް ވާހަކައެއް ލިޔުނިއްޔާ އެ ކިޔާލަން ރައީސް މީހާ އަތަށް ދޭންޖެހޭނެ. ޔަޤީންވަނީ ރިޕޯޓެކޭ ކިޔައިގެން ޚިޔާލީ ފާހަކައެއް ލިއުނީކަމަށް

    12
  4. ޖަމިއްޔާ

    ރިލްވާން މަރާލީ ކޮން ބަޔަކުކަން މަރުކޮމިޝަނަށް އެނގޭ.
    އެމީހުނަށް ހައްގު އަދަބު ނުދީފިނަމަ މަރުކޮމިޝަނުން ތިބުނާ ރިޕޯޓް ނެރުނު މީހުނަށް މަރުގެ އަދަބު ދޭންޖެހޭނެކަމަށް ގަބޫލުކުރަން.

  5. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް

    އިންތިޙާބު ކައިރި ވާތީ ފެނުކައްކާ ބޮލީގެ އުސޫލުން މަރުވެފަ އޮތް މީހެއްގެ ކޮނޑު ބޭނުން ކޮށްގެން ކިބުލުގެ ވޯޓު ހޯދުމުގެ ވަޒަން ފޮނުވަން ކިބޫ ތައްޔާރީ ހާލަތަކަށް އަންނަނީއެވެ. %10 މީހުން އެއްއިރު ކައިގެން ތިއްބާ، 4 މިލިއަން (އަހަރުމެންގެ ޖީބުން ޙަރަދު ކޮށްފައި) މެޗު ބަލާލަން ޖައްސާލި "ހިންނަވަރު ކިނބޫ" އަދިވެސް ހިތް ނުފުރެނީއެވެ.

    12
  6. Anonymous

    ތި ރިޕޯޓް ހަދަނީ ކިތައްފަހަރު ކުރިންވެސް ރިޕޯރޓެއް ނެރުނު. އޭގެކުރިންވެސް.. ހުސް ރިޕޯރޓް ތިކަން ކުރި ބަޔަކު ހޯދުން މުހިއްމީ. އަނިޔާވެރިކޮށް އެތައް ބަޔަކު މަރާފަ ވާ މީހުން ހޯދަންޖެހޭ.

  7. ޖާބިރާ

    ރައީސް ކަމުގަ ހުރެގެން ރިޕޯޓެއް ކިޔާލަން ލިބުނަސް އެ ނުކިޔާ ދޫނުކުރާތި!! ހާދައޭ ހިފާ ކަނޑަނީ!!!

  8. އަލް އަޚް އާދަމް

    މިހާރު. އަހަންނަށް ވަރަށް ހީވާގޮތުގައި މިއީ އިންތިޚާބާ ދިމާކަށް ހޭނަކަތު ދޫނީގެ އުސޫލުން ބަލަންފަށަން އުޅޭ މައްސަލައެއްހެން.

  9. ލަދުކުޑޭ

    ޢިންތިޚާބައް ކެމްޕެއެން ފެށެނީ ލަދެއްހަޔާތެއްނެތް ކީކޭބުނާނީ
    ކުރީ ސަރުކާރުގެ ބޮލައްކަނޑާލަންއުޅުމާހާދަވައްތަރޭ ދެންދުވަސްކޮޅަކުން ނިކުންނާނެ ރިޛުވާނުގެ މަރައް އިންސާފުހޯދަދޭށޭކިޔާފަ ކުރީސަފުގަހުރެގެން ދެން އަންނާނީ ކުއްލިނުރައްކާގެ ހާލަތުކަންނޭންގެ

  10. ދަރަނި ދަންތުރަ

    ބަލަ ސޯލިބޭގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސްތެރޭ ރިލުވާން ހޯދައިގެން ގެނެސް އޭނަގެ އާއިލާއާ ހަވާލުކޮށްފި ނޫންތޯ ، އޭނާ މިހާރު އުޅެނީ އާއިލާ އާ އެކު ، ދެން މީ ކޮން ރިޕޯޓެއްބާ ؟