ހއ. ހޯރަފުށީގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގާނެ ފަރާތެއް ހޯދުމަށް ކައުންސިލުން އިއުލާނުކޮށްފި އެވެ.

ހޯރަފުށީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައި ވަނީ ހޯރަފުށީގައި ބިނާކޮށްފައިވާ ކައުންސިލުގެ ސްކޫލު އިމާރާތުގައި އިންޓނޭޝަނަލް ސްކޫލެއް ހިންގާނެ ފަރާތެއް ހޯދަމުންދާ ކަމަށެވެ.

މި ބީލަން ހުޅުވައިލައިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކޮށްފައިވާ ފަރާތްތަކަށް ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

މި ބީލަމާ ގުޅިގެން ބިޑް ހުށަހެޅޭނީ ރަޖިސްޓްރީ ކުރުމުގެ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ކައުންސިލުން ހުޅުވާލާފައިވަނީ މި މަހުގެ 20 ފަށާއިގެން 27 ވަނަ ދުވަހަށެވެ. ރަޖިސްޓްރީވާން ޖެހޭނީ ހޯރަފުށީ ކައުންސިލް އިދާރާ ދީފައިވާ ލިންކެއް މެދުވެރިކޮށް ކަމަށެވެ.

ބިޑް ހުށަހެޅުން އަދި ބީލަންތައް ހުޅުވުން އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ 10 ވަނަ ދުވަހު ހޯރަފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

އިއުލާނުގައި ބުނެފައި ވަނީ މި ބީލަމާގުޅިގެން އެއްވެސް ސުވާލެއްވާނަމަ ޖެނުރައީ 10 ވަނަ ދުވަހުގެ 12:00 ގެ ކުރިން ހޯރަފުށީ ކައުންސިލަށް މެއިލް ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހްމަދު

    ބަލަ ތިޔައީ އިޢްލާނުކުރަންޖެހޭކަމެއްނޫނެންނު މެޑަމް ކައިރީބުނެލީމަ ވަގުތުން ވަގުތައް ހަމަޖެހޭކަހަލަ ކަންތައްތިހުންނަނީ މެޑަމްގެއުފަންރަށައް މެޑަމްގެ ފުލްސަޕޯޓުއޮންނާނެ