ހއ.ހޯރަފުށީ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 82 އިންސައްތަ ނިމިފައިވާ ކަމަށް އެ މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން މިއަދު ބުނެފިއެވެ.

އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މިހާރު ކުރިއަށްދަނީ ޕޭވްމަންޓް އެޅުމުގެ މަސައްކަތެވެ. މީގެ އިތުރުން ތާރު އެޅުމުގެ 95 އިންސައްތަ މިހާރު ފުރިހަމަ ކުރެވިފައިވާ ކަމަށް ވެސް އެމްޓީސީސީން ހާމަކުރެއެވެ.

މި މަޝްރޫއުގެ ދަށުން 5.3 ކިލޯ މީޓަރުގެ 11 މަގެއް ހެދުމާއި، 25,909 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުއްވާ ސަރަހައްދު ގާއިމުކުރުމާއި، 11,114 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

އަދި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމާއި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއުއަކީ 71.9 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުވަދޫ ކެޔޮޅު

    މިއީ ސޯލިގެ ވެރިކަމުގައި އެމަނިއްޕުޅު އުތުރުގައި ކުރަށްވާ އެންމެ ރަނގަޅު މަޝްރޫއު ، މިކަހަލަ ރަނގަޅު މީހުން އުޅޭ ތަހުޒީބީ ރަށްރަށް ތަރައްގީވާން ޖެހޭނެ

    2
    2