ހއ.ހޯރަފުށީ މަގުހެދުމުގެ 91 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސިއިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ ހޯރަފުށީ މަގު ހެދުމުގެ މަސައްކަތުގެ ދަށުން ތާރު އެޅުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށެވެ. އަދި މަގުބައްތި ހަރުކުރުމުގެ މަސައްކަތުގެ 70 އިންސައްތަ ވަނީ ނިމިފައި ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 5.3 ކިލޯ މީޓަރުގެ 11 މަގެއް ހެދުމާއި، 25،909 އަަކަ މީޓަރުގެ ސަރަހައްދެއްގައި ދުއްވާ ސަރަޙައްދު ގާއިމްކުރާނެ ކަމަށް އެމްޓީސީސީއިން ބުނެ އެވެ.

އޭގެ އިތުރުން 11،114 އަަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރާނެ ކަމަށެވެ.

ސަރުކާރުން އެމްޓީސީސިއާއި ހަވާލުކުރި މި މަޝްރޫއަކީ 67.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިއީ މުއިއްޒުގެ އަހަރު

    މި ސަރުކާރުގެ އުމްރާނީ ތަރައްގީ ބޭނުމެއްނޫން. ގައުމު 100 ބިލިއަނުން ދަރުވާލާފަ 5 އަހަރުތެރޭ މިވަރުއެކަނިތަވީ؟
    ގައުމުގަ 180 އެއްހާ މީހުން ދިރިއުޅޭ ރަށް އޮތްއިރު ގިނަ ރަށްތަކުގެ ބޮޑު އެއްވެސް ކަމެއް ނުވޭ. ހޯރަފުށި އިއްބެ ގާތް މީހަކަށްވާތީ އެރަށަށް ތަފާތު ކުރަނީ.

    3
    1