ގައުމަށާއި އެމްޑީޕީއަށްޓަކައި ދޮޅު ލީޓަރު ލޭ ގުރުބާން ކުރި މީހަކު، އޭނާ ނޫނީ ރާއްޖޭގައި ނުހުންނާނެ ކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

މޫސަ އެގޮތަށް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ފެށުމަށް އެ މަނިކުފާނުގެ ފެކްޝަންގެ ކެމްޕެއިން ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެމްޑީޕީ އުފެދުނީއްސުރެ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެ ޕާޓީގައި މަސައްކަތް ކުރެއްވި މޫސަ އެމްޑީޕީން ވަކިކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަހްމަދު ފާއިޒް ވަކިކުރަން ވޯޓް ދެއްވުމުން އެމައްސަލަ ބެލުމަށް ފަހު 2014 ވަނަ އަހަރު އެވެ. އަދި އޭގެ ފަހުން ޕީޕީއެމްއާ މޫސަ ގުޅިވަޑައިގަތެވެ.

ނަމަވެސް މިދިޔަ މަހު ކުރީކޮޅު މޫސަ ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.

އެ ޖަލްސާގައި މޫސަ ވިދާޅުވީ އެމްޑީޕީއާ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހުރުމަށް ފަހު އަލުން ގުޅި ޕޯޑިއަމްއަށް އެރުމުން ހިތުގެ އެންމެ ހިމަ ނާރުތަކުން ފެށިގެން ފަލަ ނާރުތަކާ ހަމައަށް ވެސް އިހުސާސްތަކެއް ހިނގާ ކަމަށެވެ.

މޫސަ ވިދާޅުވީ އޭނާ އެމްޑީޕީއާ ދުރަށް ދާން ޖެހުނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމައަށް އެމްޑީޕީން ސަނާ ކިއުމާއި އަދި ބާގީން އެ ޕާޓީއަށް ވައްދަން އުޅުމުން ކަަމަށް ވެދާނެ ކަަމަށެވެ.

އޭނާ ވިދާޅުވީ ޕާޓީއާ ގުޅުނީ އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި އަދި މޫސައާއެކު ރައްޔިތުންގެ މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން މެމްބަރުކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް ޓަކައި ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގައި ކުރިންވެސް ވާދަވެރި ޕްރައިމަރީތަކެއް ކުރިއަށް ދިޔަ ކަމަށާއި ނަމަވެސް މީހުންގެ ކަރަށް އަތްލައި ހަޑި ހުތުރު ބަސްތައް ގޮވާ ހިސާބަށް ކުރިން ގޮސްފައި ނުވާ ކަމަށެވެ.

"މި ޕާޓީގައި އަޅުގަނޑަށްވުރެ ބޮޑަށް ގުރުބާނީ ވީ އެކަކު ނުހުންނާނެ. އަޅުގަނޑު ނޫނީ ނުހުންނާނެ ގައިން ދޮޅު ލީޓަރު ލޭ މި ގައުމަށްޓަކައި މި ޕާޓީއަކަށްޓަކައި ހޭދަކުރި މީހަކު ނުހުންނާނެ އަނިޔާކޮށްގެން. އެކަމަކު މިއަދުވެސް އެެ ދުވަހުވެސް އަޅުގަނޑު ބޭނުންވަނީ ތިބޭފުޅުންނަށް ދަންނަވާލަން އަޅުގަނޑުމެން ވިސްނާށޭ އަޅުގަނޑުމެންގެ ތެރޭގައި ފިތުނަވެރިކަމާއި ހަސަދަވެރިކަން އުފެދިއްޖިއްޔާ ދެން ވާނެ ގޮތް. ކާކަށްތޯ ވަކި މޮޅަށް ކުރެވުނީ" މޫސަ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ގަލަން ތުނޑު

    ކަލޭ ކިތަންމެ ފުއްޕިއަސް މިހިނގާ ދައުރު ތިޔަޕާޓިއަށް ލިބުމުގައި މައުމޫނު އަދި ގާސިމްގެ އެހީތެރިކަން ހިމެނޭ.. ދެން ޑިބަތްގަނޑަށް އެއެޅި މޫސަގެ ލޭތާ އެހެންވިމާ

    6
    1
  2. މަބޭ

    ޓެކްސް އާއި ލޯނު ނުދައްކާ އުޅެނީވެސްވެސް ތިމަންނައޭ ބުނިނަމަ ވަރައް ފުޔލރިހަމަވީސް

  3. ކެނެރީ

    ދައުލަތަށް ދައްކަންޖެހޭ 80 މިލިޔަން ރުފިޔާ ދައްކާފަ ދެން ލޭ ގުރުބާން ކުރޭ

    14
  4. ހުސޭނުބޭ

    ހަރާން ގޮތުގައި އުފެދުނު ލޭގެ ތެރެއިން އެމްޑީޕީއަށް ދޮޅު ލިޓަރު ޤުރުބާންކުރުމަކީ މޫސާއާއި މޫސަގެ ޕާޓީގެ ނުބައިކަން އިންތިހާއަށް ގޮސްފައިކަން އަންގާދޭ ކަމެއް. ހަރާމްގޮތުގައި އުފެދުނު ލެޔޭ މި ބުނަނީ މިހާރުވެސް ތި އުޅެނީ ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ 43 މިލިއަން ރުފިޔާ ނުގައްކާ އެ ހިންދާލަންވެގެން.

    15
  5. ޙާދީ

    ކަލޯ މޫސާ ކެރަފާ ސޮރުގެ ބަލާއިން މި ޤައުމު މިންޖުކުރުމަށް ހިއްވަރުކުރޭ.....އޭނާ ދުއްވާލެވިއްޖެއްޔާ ދެން ބަލަންވީ ކިނބޫ ވެސް ދުއްވާލާފަ އުމަރު ފަދަ ވަތަނީ މީހަކު ވެރިކަމަށް ގެންނަން..

  6. ހިމް

    މިހާރު ވަކި މައުމޫނަށް އެމްޑީޕީން ސަނާ ނުކިޔަނީ؟ ނޫނޭ، ވާ ގޮތަކީ މޫސައަށް ފައިސާ ލިބޭނެ ފަޅިއެއްގައި މޫސަ ހުންނާނީ. ހަމަ ސިޔާސީ ގޮތުން ހަށިވިއްކަނީ މޫސަ.

    16
  7. ރަން ރީނދޫ

    ތިލަފުށި ހިއްކަންށޭ ކިޔައިގެން 2 މިލިއަން ޑޮލަރު ވަގަށް ބަނޑު އެޅި. އެއީ މި ކަލޭގެ އަށް ނަޝީދު ފަހިކޮއްދިން ވައްކަމެއް. ދެން ދޮޅު ލިޓަރުގެ ވާހަކަ ދައްކަން ތާހިރެއް ނޫން ދޯ.

  8. ހަސަން

    ރީކޯ ބޮުވަގު/ރީކޯ ބޮޑުވަގު/ރީކޯ ބޮޑުވަގު/ރައްޔިތުންގެ ފައިސާ ދައްކާ!ތިޔައީ ދައތްޖާލެއް!

  9. ރާކޯމޯސޯ

    ރާކޯމޯސޯ އެންމެ ފުރަތަމަ ކަލޭ ދައްކަންއޮތް 80 މިލިޔަން ދިވެހި ރުފިޔާ މީރާއަށް ދައްކާށެވެ. އޭގެ ފަހަތުން ކަލޭގެ ސަބަބުން ގައުމަށް ލިބުނު ގެއްލުމުގެ ބަދަލު ދޭށެވެ. ކަލޭތީ ކާކު. ކަލޭ ބުނެގެން ވޯޓްދޭނެ ރައްޔިތަކު މިގައުމަކު ނެތެވެ. ތަލަމޫސަމެން ބުނިވަރު ދީގެން ތިޔަ ގަންނަން އުޅޭ ޗަރުކޭސް ހަދާކަށް ފުރުސަތު ދިވެހިން ކަލޭމެނަކަށް ނުދޭނެކަން ކަލެއަށް މަލަމަތިން ފެންނާނެއެވެ. ކަލޭ ދަރަނި އޮފް ކުރުމަށްޓަކައި ސަނާކިޔަކިޔާ ހުއްޓަކަސް ރައްޔިތުން ކަލޭ ދައްކާ އޮއްޓަރެއް ނެތް ބުހުތާން ވާހަކަ އަޑުއަހާއަހާ ތިބީ ވަރަށް ފޫހިވެފައެވެ.

  10. އަހްމަދު

    ދޮޅުލިޓަރުލޭ ގުރުބާންކުރީ ނަޝީދުގެވެރިކަމުގަ ލިބެމުންދިޔަ ނުހައްގު މަންފާތައް ގެއްލިގެން ދިއުމުން އޭރު ސަރުކާރުގެ ހުރިހާ ޕްރޮޖެކުޓެއް އަމިއްލަ ކުންފުންޏައް ނަގަމުންދިޔައީ ގާނޫނާޚިލާފަށް އެމްޓީސީސީ ބަނގުރޫޓުކޮށްލާ ތިމާމުއްސަނދިކޮށްދިނީ ނަޝީދު މިއަދުސަރުކާރަށްދައްކަންއޮތް 80 މިލިއަންރުފިޔާ ނުދައްކަންވެގެން ނަޝީދުކަރަށް ފައިން އަރާހުއްޓަސް އެފައިސާ ޖެހޭނީދައްކަން ސޯލިހަކަށް ރައްޔިތުންގެތާއީދެއްނެތް

  11. ވިކިލީކްސް

    މޫސައަށް ކުރި އަނިޔާއަކީ ބޮޑު ޕުލޭނެއް. މޫސަގެ އަމިއްލަ ޕުލޭނެއް ނުވަތަ އެހެން މީހެއްގެ ޕުލޭނެއް ކަމެއް ނޭނގެ. މިހެން މިބުނީ، ތިހާދިސާ ހިނގުމުގެ ކުރިން އޭގެ މައްޗަށް ކުރު ފިލްމެއްވެސް ވަނީ ކުޅެފަ. ފިލްމުގެ ނަމަކީ "އިއްޒަތްތެރި މެމްބަރު" . މިހާރުވެސް މިބުނި ފިލްމު ބަލައިފިނަމަ މިކަން އެނގޭނެ. މިފިލްމުގައި އަލީ ވަހީދު އެމްޑީޕީއަށް ގެންނަ ވާހަކަވެސް ބުނާނެ. މޫސަ ދުއްވާލާނެ ވާހަކަވެސް ބުނާނެ. މޫސައަށް އަނިޔާކުރާ މަންޒަރު ދައްކާނީ ބޮޑުތަކުރުފާނުމަގުން. މަންޒަރު ކުޅެފައިވަނީ ސައިކަލުން ދާމީހަކު ލަޓިބުރިއަކުން މޫސައަށް ހަމަލާދޭގޮތަށް. އެމަންޒަރު ކުޅުނު މީހާގެ ނަމަކަށް "އިއްޒަތްތެރި މެމްބަރު" ފިލްމުގައި ދީފައިވަނީ ސަލީމް.
    މި ފިލްމުގެ މައްސަލަ ބަލައިފިނަމަ ވަރަށް ބޮޑު ގޮވުމެއް ގޮވާނެއޭ ހިތަށް އަރާ!
    ރާއްޖޭގެ ސިޔާސީ މާހައުލަށް އަންނާނެ ލޮޅުން މާކުރިން މިފިލްމުން ވަނީ ދައްކައިދީފަ.

    • އެސްކް އެމްޑީޕީ މެމްބަރ

      ތިވާނީ މޫސަ އަންނިއާ ޗެނަލް ދިމާނުވާތީ އަންނިގެ ތާއީދާ އެމްޑީޕީގެ ގުރާސްރޫޓުގެ ތާއީދު ހޯދުމަށްޓަކައި، ވެރިކަން ވެއްޓުނު ވަގުތާ ދިމާކޮށް މޮޅު ގޭމެއް ކުޅެނީކަމަށް.
      ތިފިލްމު އަހަރެން ބެލިން. އެއީ އަލީވަހީދު އެމްޑީޕީއަށް ސޮއި ނުކުރަނީސް.. ރީކޯ މޫސައަށް އެޓޭކް ނާންނަނީސް.
      ތިފިލްމު ފެށެނީ އަންޑަރގުރައުންޑު ނަމަކަށްކިޔާ ރެސްޓޯރެއްގަ މަޖިލިސް މެމްބަރަކު ވާހަކަދައްކަން ހުންނަ ހިސާބުން.
      ހަގީގަތުގަވެސް ތިފިލްމަކީ ތިހާދިސާތައް ހިނގުމުގެ ކުރިން ތިކަންކަން ހިނގާނެކަމަށް ބުނެ ކުޅެފައިވާ ފިލްމެއް.
      ފިލްމަށް އިންވެސްޓުކުރީ ރީކޯ މޫސަ ކަމަށްވެސް އަޑުއިވުނު.

  12. އަބްދޫ

    ޑދޮޅު ލިޓަރުގެ ލޭ ބޮޑިބަތަށް އަޅާ ކާންދިނީތަ؟

  13. ޑައެލޯގް

    އަހަރުމެން ގުރުބާންކުރަނީ ދީނަށްޓަކައާއި ގައުމަށްޓަކައެވެ. ރީކޯމޫސަ ގުރުބާންކުރަނީ ޕާޓީއަށްޓަކައެވެ. އެހެންވެއްޖިއްޔާ ޕާޓީންވަރިހަމަދޯ ބޮކެއްނެރުނަސް ވޯޓުދޭނެދޯއެވެ. ހާދަގަމާރުމީހެކޭދޯ ރީކޯއަކީ

  14. ދޮގު

    މިހިރަ ބޮޑު ފަސްމާމުލި، ރައްޔިތުންނަށް ދަރާފައިއޮތް މިލިޔަން ރުފިޔާ ނުދައްކަންވެގެން ވެރިކަމުގަ ހުންނަ މީހާގެ އަންބޮޑިއަށް ވަދެގެން އުޅޭ މިހިރަ މަކަރުވެރިޔާ ބަލާބަލަ ދައްކާ ވާހަކަ، ލަދެއް ހަޔަތެއް ނެތް

  15. ބެއްޔާ

    މޫސައަކީ ވަގެއް. ބޮޑުވަގެއް. އަނިޔާކުރީއޭ ދޮޅުލީޓަރު ލޭ ގައިން ފޭބިއޭ ބުނާއިރު އެވެސް ޑުރާމާއެއް. މޫސަ އަމިއްލަޔަށް ލާރި ދީގެން މަގުބޫލުކަމާ ހަމްދަރުދީ ހޯދުމަށް ޖެއްސި ސްޓަންޓެއް.