ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ޕީޕީއެމްއަށް ރައްދުކޮށް ދެއްކެވި ވާހަކަފުޅުތަކަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ރައްދު ދެއްވައިފިއެވެ.

ޝާހިދުގެ ވާހަކަފުޅަށް ރައްދުދެއްވައި ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ޝާހިދު، އޭނާގެ އަމިއްލަ ގެ އިމާރާތްކުރި ގޮތާއި ގުޅޭ ގޮތުން ސުވާލު ކުރައްވާފައެވެ. އަދި އެދުވަސްވަރު ރައީސް އޮފީހުން ސިޓީ ވިއްކީ ޝާހިދުތޯ ވެސް ސުވާލު ކުރެއްވިއެވެ.

ޝާހިދުގެ ގެއަކީ މައުމޫނުގެ ވެރިކަމުގައި ރައީސް އޮފީހުން ދިން "ލޯނަކުން" އިމާރާތް ކުރި ގެއެކެވެ. އެދުވަސްވަރު ސަރުކާރުގެ ވަރަށް ގިނަ ވެރިންނަށް ރައީސް އޮފީހުން ފައިސާ ދީގެން ގެތައް އިމާރާތް ކުރިއެވެ. މައުމޫންގެ ވެރިކަމުގައި ލީކްވެފައި ހުރި ލިޔުންތަކުން އެނގޭ ގޮތުގައި ރައީސް އޮފީހުން ފައިސާ ދޫކުރީ އަނބުރާ ފައިސާ ދައްކާ ގޮތައް އެއްވެސް އިންޓަރެސްޓެއް ނެތިއެވެ. ނަމަވެސް ގިނަ މީހުން އެފައިސާ އަނބުރާ ދައުލަތައް ދައްކާފައެއް ނުވެއެވެ.

ޝާހިދު ރައީސް އޮފީހުގައި އުޅުއްވި ދުވަސްވަރު އާއްމު ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވާ ސިޓީއަށް ޖަވާބު ނުލިބިގެން ޝާހިދު އަރިހުގައި އެކަމުގެ ޝަކުވާ ކުރުމުން ވަކި އަދަދަކަށް ފައިސާ ދިނުމުން ސިޓީގެ ޖަވާބު ޝާހިދު ހޯދައިދޭ ކަމަށް ބައެއް މީހުން ބުނެއެވެ.

ޖަމީލް ވަނީ ކާޕެޓަށްވީ ކިހިނެތްތޯ ވެސް ސުވާލު ކުރައްވާފައެވެ.

ޖަމީލް އިޝާރާތް ކުރެއްވި ޝާހިދު ރާއްޖޭގެ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން މޮރޮކޯއަށް ކުރެއްވި ދަތުރުފުޅެއްގައި ހަދިޔާއަކަށް ލިބުނު އަގުބޮޑު ކާޕެޓެއް ޝާހިދު އަމިއްލަ ގެއަށް ގެންދިޔަ ކަމަށް ބުނާ ކާޕެޓަށެވެ. ނަމަވެސް އޭސީސީ އިން ވަނީ ޝާހިދު އެކާޕެޓް ގެއަށް ނުގެންދާ ކަމަށް ބުނެފައެވެ.

ޖަމީލް ވިދާޅުވީ ޝާހިދަށް ނުހައްގުން ދިން ލަޤަބް ޕީޕީއެމްގެ ސަރުކާރެއްގައި ބާތިލްކުރާނަން ކަމަށެވެ. އެއީ އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަން ޝާހިދަށް ލިބުމުން ރައީސް ސޯލިހް ޝާހިދަށް އެރުވި ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތެވެ. ޝާހިދަށް އެއިއްޒަތް އެރުވީ 2021 ވަނަ އަހަރު އެވެ.

"ޝާހިދު އިބްރާޙިމީ މިސްކިތް ކުރިމަތިން ގެ އެޅީ ބޮލުގައި ރުމާއަޅައިގެން ކުރި މަސައްކަތުންތޯ؟ ރ. މައުމޫން ދައުރުގައި ރައީސް އޮފީހުން ސިޓީ ވިއްކި މީހަކު ހުރި ކަމަށްވޭ؟ ކާޕެޓަށްވީ ކިހިނެތް؟ އެރުވި ނުޙައްޤު ލަޤަބް ޕީޕއެމްގެ ސަރުކާރެއްގައި ބާތިލްކުރެވޭނެ." ޖަމީލް ވިދާޅުވިއެވެ.

ޝާހިދު ރޭ ޔާމީނަށް ފާޑުވިދާޅުވުމުން ޕީޕީއެމްގެ ވަރަށް ގިނަ މެންބަރުން އަންނަނީ ޝާހިދަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަނދަވަޅު ތިލަކުރޭއަވަހަށް

    ސާބަސް

    21
    1
  2. ދަރަނި ދަންތުރަ

    ﷲ ގަންދީ ހުވާ ކޮށްފަ މިބުނަނީ މޮރޮކޯއިން ގެނައި ކާޕެޓު ޝާހިދު ގެ އަށް ގެންދިޔަ ، މައްސަލަ ހިލުނީމަ ފަހުން ފޮރިން މިނިސްޓްރީގެ ގުދަނަށް ކާޕެޓް ގެންދިޔައީ ޝާހިދު އެއީ އަލިފެއްނޫން

    39
    1
  3. ކެނެރީ

    ޝާހިދު ކުރެން އަހާލަބަލަ ދޮށީ އަނބިމީހާއަށް ސިއްރުން އެހެން ކައިވެއްޏެއް ކުރިންތޯ މަކަރާ ޙީލަތް ހެދޭނީ މިވަރަށް

    38
    2
  4. އުގުރި

    އަޅުގަނޑަކަށް ހިއެއް ނުވޭ ޝާހިދު އެކަހަލަ ކަމެއް ކޮއްފާނެ ކަމަކަށް..

    23
  5. މަބުރޫޙް

    ޝާހިދަކީ ބޮއެއް

    14
  6. ޝާންކޮ

    ޝާހިދު ޖީއެމްއާރު އަތުން ލާރި ނަގައިގެން އިންޑިޔާގެ އަޅަކަށްވި. ޢަފްރާޝީމް ގަތުލުކުރި ކަޅު އޮޕަރޭޝަންގެ އަޑީގައިވަނީ މިމީހުން ކަމަށް ކުރެވޭ ޝައްކުތައް ބޮޑު. އެކަމުގައި ގުރުބާންކުރި ޅަ ކުޑަކުޑަ ހުމާމް ޖަލަށް ލެވުމުން ލޯޔަރަކަށް ހަސީން ކޮށްޕާލާގެން މީގެ ހަގީގަތް އެއްްވެސް ވަރަކަށް ބޭރު ނުވާވަރު ޔަގީންކުރި. މިކަމުގައި ހަސީން އުޅެއުޅެ ހުއްޓާ ހަސީންގެ ހަލާލު އަނބިމީހާ އަދި 3 ކުދިންގެ މަންމަ ޒިފްލީން އަބްދޯޝާހިދު ވަނީ ވަގަށް ނަގާފައި.އާހިރުގައި ހަސީން ކައިރިން ވަަރިވެ އިންޑިޔާ އަދި ލަންކާއަށް ޒިފްލީން ގެންގޮސް ރަގަޅަށްވަނީ ދަވާލާފައި. ޝާހިދުގެ ދޮށީ އަނބި ކަމަނާއަށާއި އެކަމާއަށް ލިބުނު ދަރިންނަށް ރޭކާ ނުލާނެހެން މިކުޅިގަނޑު އެންމެ އުހަށް ނަގާދިނީ ބަނގުރަލުގައި ޝާހިދުގެ އެންމެ އެކުވެރި އާޒިމްގެ އެހީގައި. މިއީ އެޝާހިދަކީ

    14
  7. މެކް

    ވައްކަންކޮށްގެން އެއޮއްހުރިހާދުވަހަކު ވ އަތޮޅު މެންބަރުކަން ކުރީވެސް

    14
    1
  8. ކަޅު ހުއްތު

    ސާހިދު ރައީސްއޮފީހުގަ ހުރިއިރު އާންމުގޮތެއްގައި ސާހިދަކީ ތީމުގޭ ލޯންޗުގަ ގިރާވަރު ކަންމައްޗައް އަންނަމީހެއް. ލޯންޗް އަންނަންވާއިރައް ރިސޯޓުއޯނަރު ނޫޓުއަޅާ ޕާރުސަލެއް ތައްޔާރުކުރާނެ، އަހަރުމެނައްޖެހޭނީ ރިސޯޓު ލޯންޗެއްގައި އެޕާރުސަލުހިފައިގެން ކަންމަތީގަ މަޑުކޮއްފައޮންނަ ލޯންޗައްއަރާ ޕާރުސަލު ސާހިދާ ހަވާލުކުރަން. ބޮސްބުނާގޮތުން އޭރުން މިނިސްޓްރީތެރޭން ނިންމަންހުރި ކަންކަން ހުުންނާނީ ބޭނުންވާގޮތައް ނިމިހަމަޖެހިފަ. އެކަންވަނީވެސް އެހެން.

    13
    1
  9. ޅަގަބު

    ކޮބާ އަދި ދެވަނަ އަންބީގެ ޕީއެޗްޑީ ސެޓްފިކެޓް މިވެސް އިތުރުކޮށްލާ

    10
  10. ޒާ

    ޝާހިދުގެ ގެއަޅަން ރައީސް އޮފީސް ނެދުވެރިވެ ނެގި ފައިސާ ދައުލަތަށް ފުރިހަމައަށް އަދާކޮށްފިބާ.؟ރ ަ