ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ހޯދަން ފުލުހުންނަށް އެންމެ ބޮޑަށް ބާރު އެޅުއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައި ހުސައިން ވަހީދު ވިދާޅުވީ ރިލްވާން ގެއްލުނު މައްސަލައަކީ ފުލުހުން އެންމެ އިސްކަންދިން މައްސަލަ ތަކުގެ ތެރޭގައި ހިމެނޭ އެއް މައްސަލަ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދިޔައީ ސީދާ އޭނާގެ ބެލުމުގެ ދަށުން ވަރަށް ގާބިލް ޓީމަކާއި އެކު ކަމަށެވެ.

ރިލްވާން ހޯދުމަށް ހަރަކާތްތެރިވި ތަހުޤީޤު ޓީމާއި އެކު ކޮމިޝަނަރުގެ ހައްސިއްޔަތުން އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި ކަމަށާއި އެކަން އެގޮތަށް ކުރުމަށް ރައީސް ޔާމީން އިރުޝާދު ދެއްވި ކަމަށްވެސް ހުސެއިން ވަހީދު ވިދާޅުވިއެވެ. އަދި ރިލްވާނާއި ގުޅޭގޮތުން ކުރިއަށް ގެންދާ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސް ނިމެންދެން ރައީސް ޔާމީން ނިދި ނުކުރައްވާ ހުންނަކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުގެ ޕޮލިސް ކެރިއަރުގައިވެސް އެންމެ ހާއްސަ އިސްކަމެއް ދިން އެންމެ ޗެލެންޖިންގ އެއް މައްސަލަ އެއީ. ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި ހުންނާނެ އެ މައްސަލައިގެ އެންމެ އަޑިއަށް ވާސިލްވުމަށްޓަކައި" ހުސެއިން ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑު ހަނދާން އެބަހުރި ވަރަށް ރަނގަޅަށް ބައެއް ރޭ ރޭ ރިލްވާން އުޅޭ ކަމަށް ބުނާ ބައެއް ތަންތަނާ ގުޅޭ މައުލޫމާތު ލިބިގެން އަޅުގަނޑުމެން އޮޕަރޭޝަން ކުރިށް ގެންގޮސް ނިމެންދެން ރައީސް ޔާމީން ނިދި ނުކުރައްވާ ހުންނަކަން. ބައެއް ރޭރޭ މެންދަމުން އަލިވާ ފަހުންވެސް އޮޕަރޭޝަނާއި ގުޅޭ ބްރީފިން އަޅުގަނޑު ރައީސަށް އަރުވަން." ހުސައިން ވަހީދު ވިދާޅުވިއެވެ.

ޑރ. އަފްރާޝިމް އަލީ ރަހުމް ކުޑަގޮތަކަށް އަވާހަރަކޮށްލި މައްސަލައާއި ރިލްވާން ގެއްލުނު މައްސަލަ އަކީ ރައީސް ހާއްސަ އިސްކަމެއް ދެއްވައިގެން ބައްލަވަން ބޭނުންފުޅުވާ މައްސަލަތަކެއް ކަމަށާއި މި މައްސަލަތަކުގެ އަސްލު ހޯދަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ރައީސް އިރުޝާދު ދެއްވި ކަމަށްވެސް ހުސައިން ވަހީދު ވިދާޅުވިއެވެ.

"ފުލުހުންގެ ތެރޭގައި ތަހުގީގު ކުރެވޭ މައްސަލަތަކުގެ ތެރެއިން ރައްޔިތުންނާއި ރައްޔިތުންގެ ތެރޭގައި އޮންނަ މަސްލަހަތު ގޮސްދާނެ ފަދަ މައްސަލަތަކާއި ގުޅޭ މައުލޫމާތު ރައީސުލްޖުމްހުރިއްޔާއަށް އަބަދުވެސް އަރުވަން. އެގޮތުން ރައީސް ހާއްސަ އިސްކަމެއް ދެއްވައިގެން ބައްލަވަން ބޭނުންފުޅުވާ މައްސަލަތަކެއް ޑރ.އަފްރާޝިމް އަލީ ރަހުމް ކުޑަގޮތަކަށް އަވާހަރަކޮށްލި މައްސަލައާއި ރިޟްވާން ގެއްލުނު މައްސަލައަކީ. ރައީސްގެ މަޝްވަރާއަކީ އަބަދުވެސް މައްސަލަތަކުގެ އަސްލު ހޯދަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުން." ހުސައިން ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މައްސަލަތަކުގެ ސްޕީޑް ދަށްކުރުމަށް ނުވަތަ މައްސަލަތަކާއި ގުޅޭ ގޮތުން ކުރަންޖެހޭ އެއްވެސް ކަމެއް ނުކޮށް ދޫކޮށްލަން ލަފާ ދެއްވާފައި ނުވާ ކަމަށާއި އަބަދުވެސް ލަފާ ދެއްވަނީ މައްސަލަތަކުގެ އަސްލު ހޯދާއި މަސައްކަތުގެ ސްޕީޑް އަވަސް ކުރުމަށް ކަމަށެވެ.

މީގެއިތުރުން ހުސެއިން ވަހީދު ވަނީ ރިލްވާންގެ މައްސަލައިގައި ރައީސް ޔާމީނާއި ގުޅޭ ގޮތުން މީޑިއާގައި ދައްކަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށްވެސް ވިދާޅުވެފައެވެ. އަދި މިކަން ސިޔާސީ ނުކުރުމަށް ވެސް އޭނާ ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަލީ

    އޯކޭ ކަލޭ ދެން ޔާމީން އެބޭނުންވާ ނަތީޖާ ނެރެދިނިންތަ. ކޮން ނަތީޖާއެއް ކަލެއަށް ނެރެދެވުނީ

  2. މަ
  3. ނަވާޒް

    ތިބޭޅާ މަތިން އަހަރެމެން ހަނދާނެއް އަދި ނުނެތޭ! ރިލުވާނު މައްސަލަ އާއި ފެންފޯއްރުއް އުފުރި މައްސަލަތައް އަދި އޮތީ!

  4. އަބޫ

    މިކަން ކުރުމުގައި އިސްކޮށް ހުރި މީޙެއް ކަމަށް ވަނީ މީވެސް..

  5. ޜިލްވާން

    ޙެހެހޭ ކޮބާ ބޮން މައްސަލަ ! ޢެމައްސަލައިގައި ވަކިކިރީ

  6. ގ

    ބާރުއެޅީbރިލުވާނު ހޯދާފަމަރަން ހެއްޔެވެ