ހަށިވިއްކާ ތަންތަން މަސާޖު ޕާލާ ނަމުގައި ރޯ ބަރަހަނާ އަންހެނުން ލައިގެން ފޭސްބުކްގައި އިޝްތިހާރު ޖަހާ ކަމަށާއި، މިފަދަ ކަންކަމުގައި މުވައްސަސާތަކުން ދެ އަތް އުރާލައިގެން ތިބުމަކީ ވިޔާނުދާ ކަމެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

ޝެއީހް ޒައިދު ކުރި ޓްވީޓެއްގައި ވިދާޅުވީ، ހަށިވިއްކާ ތަންތަން މަސާޖު ޕާލާ ނަމުގައި ރޯ ބަރަހަނާ އަންހެނުން ލައިގެން ފޭސްބުކްގައި އިޝްތިހާރު ޖަހާ ކަމަށެވެ.

އަދި މި އިޝްތިހާރުތަކުގައި ފުލް ބޮޑީ މަސާޖާއި، އިސްތަށި ބޭލުން ފަދަ ކަންކަން ހިމަނާފައިވާކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ، މިފަދަ ކަންކަމުގައި ދެ އަތް އުރާލައިގެން މުވައްސަސާތަކުން ތިބުމަކީ ވިޔާނުދާ ކަމެއް ކަަމަށެވެ.

އަދި މިތަންތަން ބަންދުކޮށް ހުއްޓުވެންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާގެ އެ ޓްވީޓް ރީޓްވީޓް ކުރައްވަމުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ މިކަންތައް ނުހުއްޓުވިގެން އުޅޭ ސަބަބު ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ ކަމަށެވެ.

މާލޭގައި މަސާޖްޕާލާތައް ހިންގާ އަދަދު ފަހަކަށް އައިސް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.

އަދި މިފަދަ މަސާޖް ޕާލާތައް މާލޭގައި އިތުރުވި ނަމަވެސް އެކަމާއި ދެކޮޅަށް ސަރުކާރުން ވެސް އަދި ފުލުހުން ވެސް އެއްވެސް ފިޔަވަޅެއް އަޅަމުން ނުގެންދާކަމުގެ ވާހަކަތައް ދެކެވެއެވެ. އަދި އެކަމުގެ ކަންބޮޑުވުން އާއްމުން އަންނަނީ ފާޅުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ފަހަކަށް އައިސް ފުލުހުން މަސާޖް ޕާލާތައް ރެއިޑެއް ވެސް ނުކުރާއިރު، މީސް މީޑިއާގައި އާއްމު ކުރާ މިފަދަ އިޝްތިހާރު ތައްވެސް ހުއްޓުވަން ފުލުހުންނާއި ކަމާއި ގުޅުން ހުރި މުވައްސަސާތަކުން މަސައްކަތް ނުކުރާ ކަމުގެ އަޑު ވަނީ ގަދަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ރާއްޕެ

    ކީއްކުރާނީ. މިރާއްޖޭގެ ވެރިން ދީންވެރިކަމުން އަޅުކަމާއިގެންް އުޅެން ހަދައިގެން މި މަންޒަރުތައް ހަމަ ނުފެންނަނީ.

    ރައީސް ސޯލިހު ގައުމައްޓަކާ ދުއާކޮށް ކީރިތި ކުރައްވާވަރުން ލޯ ނުހުޅުވެ.

    މަޖިލިސް ރައީސް މިސްކިތުން ނުކުމެ ހުންނެވީ ހުރިހާ ހަތިމަކުން ކިޔަވާފަ ނޫނީ ނުކުންނާނީ ނަދުރެއް ބުނެގެން.

    39
    2
    • ޑެނީ

      ސޯލިހު ޖީއެސްޓީ ބޮޑު ކޮށްގެން ވެރިކަން ލިބޭނެ ކަމަށް ހިތަށް ވެސް ނާރުވާތި. ސޯލިހު ވެރިކަން ހިތި ގޮތަކަށް ނިމުން ދުޢާ އަކީ

      31
      1
    • ޜަނާ

      ތިޔައީ މިސަރުކާރުން ރާވައިގެން ހިންގާ ކަންތައްތައް އެމްޑީޕީ ގެ ސަރުކާރުން މިރާއްޖޭގަ ޣައިރު ދީނުގެ ކަންތައްތައް ފަތުރަނީ ހަމަ ކުރިއަށް ރާވައިގެން . ޙޯމް މިނިސްޓަރ އަދި އިސްލާމިކް މިނިސްޓަރ މިކަމަކާ އަޅާވެސް ނުލާނެ

      24
      1
    • ނަރީޝް(ޑެޕިއުޓީ މޭޔަރު ފުރޮމް މާލޭސިޓީ)

      ޝޭކު އަލީ ޒައިދު ފަދަ ބޭފުޅުން އެތަންތަނަށް ވަންނާނެ ވަރަކަށް ވަދެނިންމާފަ ފޫހިވީމަ އެތަންތަން ބަންދުނުކޮށްގެން ވާހަކަދައްކާއިރު އެތަންތަނުގެ ރެގިއުލާ ކަސްޓަމަރުންނަކީ ހަމަ އަލީ ޒައިދު އާއި އިމުރާނު އާއި މުނާފިގު އިޔާޒު އާއި އިލިޔާސް އާއި މިފަދަ މިފަދަ ބޭފުޅުންނެވެ!

      2
      5
  2. ރަން ރީނދޫ

    އަހަރުމެން ގެ އުންމީދު މާ މަތީ. ލާދީނީ މީހުންނަށް ވޯޓް ދީގެން ވެރިކަމަށް ސަވާރު ކުރުވާފަ ދެން ކޮން ރުއިމެއް ރޯކަށް. ތިމާމެން އިންދި ބާވަތެއްގެ ގަހަކުން ލިބޭނީ ހަމަ އެ ގަހުގެ މޭވާ.ޝަކުވާ ނުކުރޭ.

    20
    1
  3. ލަކީ

    ހެހެ ވެރިކަމާ ބެހޭކަމެއް ނޫން މިސާލަކާށް ކޮބާ މަސް ތުވާ ތަކެތި ހައްލު ވޭތަ ރައީސުންނަށް ނުވޭނު ދެން ކޮން ރައީސުން ނެކޭ މިކިޔަނީ

    10
    4
    • ދޮލަގު

      ބަލަގަ ކުދިންނޭ ރައީސް ބުނަނީތަ ގޯސްކޮންއުޅޭށޭ. އެކަން ކުރުމާ ނުކުރުމުގެ ބާރު ކޮންމެމީހަކަށްވެސް އެބައޮތޭ

      3
      1
  4. އަޒުހާމް

    މަސާޖް ޕާލާތަކަށް ވަދެ ތިބެނީ ތުނބުޅިލީ ސޭހުން

    6
    16
    • ބެންޖޯ

      ހަހަހާ ހުސް ސޭހުން ދޯ އާލަމްގިރި ކައިރިއަށް ވެސް ވަނީ

  5. ދަރަނި ދަންތުރަ

    ތިޔަ ތަންތަން ބަންދު ނުކުރެވޭނެ ރެއިޑް ވެސް ނުކުރެވޭނެ ، ސަބަބަކީ ރީނދޫ ޕާޓީ މީހުން ތިޔަތަންތަން ހިންގަނީ

    18
    2
  6. ތިކަމާ ތަންކޮޅެއް ކުރިން މުއައްސަސާއެއްގައި އުޅޭ ކުއްޖަކާ ވާހަކަ ދައްކާލީމާ ބުނީ ކީއްހޯ ކުރާނީ…އެކަން ކުރާ ތަން ހުންނަ ގެ ވަނީ ސިޔާސީ ނުފޫޒުއޮންނަ މީހެއްގެ ގެއަކަށް ގްރައުންޑް ގަ އުޅޭނީ ސިފައިންގެ އޮފިސަރެއް ފަސްޓްގަ ޕޮލިސް އިސް މީހެއް ސެކަންޑް ގަ ޝެއިޚް އެއް އޭގެ މަތީގަ ޕާލާ އިންނަ އިރު ދެން ތިބޭނީ ގޭންގް އެއްގެ ބައެކޯ…މިއީ މިކަން ހިނގާ ގޮތް ކަމަށް މިސާލު ބަހަކަށް ނުފުދޭތޯ…؟

    13
  7. އެމީހާ

    އެހުރިހާކަމެއްބައްލަވާ ފިޔަވަޅުއްވަން ހުންނެވީ ތިޔަބޭފުޅުންގެ ޕާޓީގެޅީޑަރު ހޯމުމިނިސްޓަރު ޢިމުރާނު ނޫންތޯ އެކަންއޭނައަށް ނުވަންޏާ އިތިޢުފާދީފާގެއަށްދާށޭ ދަންނަވަންނުކެރިގެންތިޔައުޅެނީ ހަމަބިރުންތޯ އެވެ.

    14
  8. ައަލަމްގިރި

    ޓެކްސް ދައްކަންޔާ ކޮން މައްސަލަ ހުންނަނީ؟ އަހަރެމެން މި ރާއްޖެ އަންނަނީ ބުރަ ބުރަ މަސައްކަތް ކުރަނީ ކަލޭމެން ކާރީ ޓެކްސް ދެނީ ކޮން މައްސަލަ ހުންނަނީ

    8
    1
  9. ޟެން

    އައްދެ ޟޭހަށް ވެސް އަދި ކިރިޔާ ދޯ ތި ރޭކާލީ.ފަސް އަހަރު ނިމެންވީމައި ވަރަށް ގިނަ މުންކަރާތްތަށް ފެންނާނެ ކަން އިނގޭ ތި ޟޭހުންނަށް. މިޔޮށް ހުރިހާދުވަހު ހަމަ ތިޔަ އިސްތިހާރުތަކާއި ފޮޓޯތަށް އިޅޭއިރު ނުފެންނަނީ އުތަ؟ގައިމު ހިރުވާތަން ކަހާވެސް ނުލާ. ކޮބާ އޮރިޔާން ސައިޓްތަކުގެ ވާހަކަ ؟ އެވެސް އަދި ނޭންގެނީ ދޯ އެކްސެސް ދީފައި ހުންނަ ކަމެއް ؟އެހެން ވީމަތާ މަނާކުރަން ނުގޮވަނީ. މުނާފިގުވިޔަސް ބޮޑުވަރު.

    12
    • ކަންމަތި އާންޓީ

      އެހެންވީމާ ތި ބުނަނީ އަޅާ ނުލާށޭތަ ؟ އިލެކްޝަން ކައިރިވިމަ ސިޔާސީ ވެރިން ވެސް ވަރަށް ވެފަ ރަށުތެރެއަށް ނުމެއެންނު. އެގޮތަށް ހަމަ ނުކުންނަންވީތާ.

      2
      2
  10. އަހައްމަދޫ

    ހުއްޓުވަން ބޭނުންވަންޏާތާ ހުއްޓުވޭނީ. ހުއްޓުވާކަށް ބޭނުމެއް ނުވެޔޭ

    16
  11. އަޅީ ކޮތިނރު

    އިޔާޒު ތިހެން އަދި ދެން މިވާހަކަ ދައްކާ ޒައިދު ކިޔާ ސޮރު މިވާހަކަ ނިދެއްކީސް ފިރިހެނުން އެތަންތާގަ މަސާޖް ކުރަން ތިބޭނަމަ.

    3
    1
  12. ގަލަން

    ތިޔަކަމެއް ނުހުއްޓުވޭނެ ވަކި ސަރުކާރެއް އޮވެގެން ވާ ކަމެއް ނޫން ބައެއް މީހުން ބުނާ އަޑު އަހަން ޕޮލިހުންގެ ވަރައްގިނަ ބޭކަލުން ވެސް އެކި މީހުންގެ ނަމުގަ ސްޕާ ހިންގާ ކަމައް އަދި ބަންގްލާދޭސް މީހުން ނާ ގުޅިގެން ވިޔާފާރިވެސް ކުރާކަމައް ތެދެއް ދޮގެއް ނޭންގެ އެހެން ކިޔާ އަޑު އިވޭ!!!

  13. އެދުރުބެ

    މަވެސްމީ މާލޭގައި އުޅޭމީހެއް ދުވަހަކުވެސް މަށެއް ނުވަންނަން ތީގެން ތަނަކަށް ދެން ބަޔަކު ކަމެއް ކުރިއްޔާ މަށަށް ކޮންކަމެއް

    2
    2
    • ާނަސޭހަތް

      ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ. ޤައުމެއްގެ ބަޔަކު ފާފަކުރުމުގައި ހައްދުފަހަނައެޅުމުން އެބައިމީހުން ނެތިކުރައްވާން އަމުކުރެވި މަލާތްކަތްބޭކަލަކު ފޮނުވުނެވެ. އެ މަލާތްކަތްބޭކަލު ބިމަކަށް ފައިބާ ވަޑައިގެން ހިނދުކޮޅެެއްފަހުން މާތްﷲއަށް ދުޢާ ދެންނެވިއެވެ. ޔާﷲ، މި ޤައުމުގައި އަޅުވެރިން އެބަ ތިއްބެވެ. މާތްﷲ ވަހީކުރެއްވިއެވެ. ތިމަންރަސްކަލާނގެ ކޯފާ އެމީހުންނިން ފައްޓާށެވެ. އެއީ އެމީހުން މުންކަރާތްތައް މަނާ ނުކުރީތީއެވެ.

      ކަން މިހެން އޮއްވާ "މަށަށް ކޮންކަމެއް" ބުނެވޭކަށް ނެތެވެ.

  14. ކަންއޮތްގޮތް

    އެތަންތަނަށްވަދެ އިސްތަށި ބާލާ ބާލާ ބާލާ އިސްތަށި ދެން ނުފަޅާވަރަށް ހަންގަނޑު ހަލާކުވީމަ އެވާހަކަ ދައްކަނީ

    1
    1
  15. نوفل

    ކަލޭމެން ދެމީހުން ޒިންމާ ނަގަން ޖެހޭ ކަންކަން މީ ހައްތަހާވެސް.......

  16. ދިވެހިޒުވާނުން

    އެންމެން އެދަނީ އެތަންތަނުން ޚިދުމަތް ހޯދަމުން ވިޔާނުދާ އަމަލެއްނެތި ފުލްބޮޑީ މަސާޖާއި އިސްތަށި ބާލަދިނުމުގެ ޚިދުމަތަކީ އޭގައި ފާހިށު ކަމެއް ނޫން. ކުދިން ވިއްސައި ދެނީ އެހެން މީހުން އަދި ޚިތާންކޮށްދެނީ އެހެންމީހެއް ވީއިރު ޝޭޚުން އެބަޖެހޭ ކާފަރު ސެކްސީ ވިސްނުމާއި ދުރުވާން ހީވާގޮތުން ތިގޮތަށް ފަތުވާދޭ މީހުންނަކީ ވަރަށް ވަހުށީމީހުން ކަށި މުގުރައިގެން ދިޔައިމާ ތެޔޮ ދަމައިދީ ބޭސްލައިދީ ހަދަނީވެސް އެހެންމީހުން ބަލަގަ ހުއްދަ ޚިދުމަތެއް އިސްތިހާރު ކުރުމަކީ ހުއްދަކަމެއް ކަންވެސް ނޭގެނީތޯ

    1
    5
  17. ދިވެހިޒުވާނުން

    ހަށި ވިއްކާ އޭ ކިޔައި މުޅި މަންޒަރު ގޯސްކުރާ ޝޭޚުން މިއުޅެނީ މަސާޖު ޕާލާ ތަކަކީ ޒިނޭކުރާ ތަންތަނެއްނޫން އަދި އެކަމަށް ހިތްވަރު ދޭން އެދޭ ތަންތަނެއްވެސް ނޫން މިހާރު ބޮޑަށް އަމާޒު ހުރީ އެމީހުންގެ ސިއްހީ ފަރުވާއާދިމާލަށެވެ.

  18. މިއަދު

    މިފަދަ ކަންކަން ސަރުކާރަށް ނުހުއްޓުވެނީ އަދި އެފަދަ ކަންކަން ރާއްޖޭގައި ފުޅަވަމުންދަނީ ޑރ އިޔާޒުއާއި ޝެއިހު އިމްރާނުފަދަ މިސަރުކަރުގެތެރޭގައި ގަދަބަސްބުނަންތިބި ޢިލްމުވެރިން އެކަންކަމަށް ހިއްވަރުދޭތީ