އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ފީތަކާއި ޖޫރިމަނާތައް ޓްރާންސްޕޯޓް މިނިސްޓްރީ އަށް ދައްކަންޖެހޭ ގޮތަށް ބަދަލުކޮށްފިއެވެ.

މީގެ ކުރިން އެއްގަމާއި ކަނޑު އުޅަނދު ފަހަރުގެ ފީތަކާއި ޖޫރިމަނާ ދައްކަން ޖެހެނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށެވެ.

މިނިސްޓްރީން ބުނެފައިވަނީ އުޅަނދުތަކުގެ ފީ އާއި ޖޫރިމަނާ ބަލައިގަންނާނީ އޮންލައިން ޕޭމަން ޕޯޓަލް ސަވާރީ ފޭ އިން ކަމަށެވެ.

އެއްގަމުގެ އުޅަނދުތަކުގެ ފީ އާއި ކަނޑުތަކު ފީގެ އިތުރުން ޓްރެފިކް އަދި ޕާކިން ވަޔަލޭޝަން ޖޫރިމަނާ ޕޯޓަލް މެދުވެރިކޮށް ދެއްކުމަށް މިނިސްޓްރީއިން ވަނީ އަންގައިފައެވެ.

މިއަދުން ފެށިގެން ރަށްތަކުގެ އުނޅަދުފަހަރުގެ އަހަރީ ފީ ކައުންސިލްތަކަށް ޖަމާކުރުމަށް ނިންމައި ފިނޭންސް މިނިސްޓްރީއަށް ވަނީ ސާކިއުލާއެއް ނެރެފައެވެ.

ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނެރެނު އެ ސާކިއުލާގައި ބުނެފައި ވަނީ، އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ އަހަރީ ފީ ބަލައިގަންނާނީ މި މަހުން ފެށިގެން އެ އުޅަނދެއް ނިސްބަތްވާ ކައުންސިލަކުން ކަމަށެވެ.

އަދި އެ ނިޒާމުގެ ތެރެއިން އަހަރީ ފީ ބަލައިގަންނާނީ ޓްރާންސްޕޯޓް މިނިސްޓްރީން އެކަމަށް ތައްޔާރުކޮށްފައިވާ ސިސްޓަމް މެދުވެރިކޮށް ކަމަށް ބުނެފައިވެއެވެ.

ކައުންސިލްގެ އެކައުންޓަށް އެ ފައިސާ ޖަމާވާނީ ކައުންސިލުތަކުގެ އެކައުންޓް ބަނޑޭރި ޕޯޓަލްއާ އިންޓަގްރޭޓްވެފައިވާ ނަމަ ކަމަށާއި އަދި ބަނޑޭރި ޕޯޓަލްއާ އިންޓްރޭޓް ނުވެ ހުރި ކައުންސިލްތަކުގެ އެކައުންޓުތަކަށް ފައިސާ ޖަމާވުމުގެ ބަދަލުގައި ޖަމާވާނީ ޕަބްލިކް ބޭންކް އެކައުންޓަށް ކަމަށް ސާކިއުލާގައި ބުނެފައި ވެއެވެ.

އެ އެކައުންޓަށް ޖަމާވާ ކައުންސިލްތަކަށްވާ ފައިސާ އެ ކައުންސިލާ ހަވާލު ކުރާނީ މިނިސްޓްރީންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    ގަރާޖުސިޓީވިއްކައިގެން ފައިދާނަގަމުންދިޔަމީހުންނައް އަނެއްކާވެސް ދޮރެއްހުޅުވާލަދިނީ ދެންރިސޯޓުތަކުންދައްކަންޖެހޭ ޓެކްސްފައިސާ ޓްއަރިޒަމަށްނަގައިފަ ދެންހުރިފައސާއެއްވިއްޔާ ފައްޔާޒުނަގާފަ މީރާއުވާލަންވީނު އޭރުންވަރަށްބޮޑައް ޚަރަދުކުޑަވެގެންދާނެ އައުއަހަރަށް އައުބަދަލެއްގެނެސް ކެމްޕޭނައް ޚަރަދުކުރާނެ އިތުރުދޮރުތަކެއް ހުޅުވިގެންދާނެ

    10
  2. ޖަނާބު

    މުއިއްޒު ކަޓުނަގާފާނެތީދޯ؟

    3
    2