ގްރޭޓާ މާލޭ ސަރަހައްދުގައި ޕަބްލިކް ޓްރާންސްޕޯޓްގައި ބޭނުންކުރާ އިލެކްޓްރިކް ވެހިކަލް (އީވީ) ބަސްތަކުގެ ޗާޖިން ސްޓޭޝަން ޤާއިމްކޮށްފިއެވެ. މިޗާޖިން ސްޓޭޝަންތައް ޤާއިމްކޮށްފައިވަނީ، ޖަޕާން ސަރުކާރުގެ އެހީތެރިކަމާއެކުއެވެ.

މާލޭގައި ހުންނަ ހުޅުމާލެ ޓާމިނަލްގައި ޤާއިމްކުރެއްވި ޗާޖިން ސްޓޭޝަން ރަސްމީކޮށް ހުޅުވައިދެއްވީ, މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާއާއި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކިއުޗީ މިޑޯރީއާއި، ޔޫއެންީޕީގެ ރާއްޖޭގެ ރެޕްރެޒެންޓޭޓިވް އެންރިކޯ ގަވެގްލިއާ އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.

މާލޭގައި ޤާއިމްކުރެއްވި އީވީ ބަސް ޗާޖިން ސްޓޭޝަން ހުޅުއްވައިދެއްވައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ ވިދާޅުވީ، މިއީ ދިވެހިރާއްޖެ ނެޓް ޒީރޯ ޤައުމަކަށް ހެދުމަށް ސަރުކާރުން ހިފާފައިވާ އަމާޒު ޙާޞިލުކުރުމުގައި ކާމިޔާބުވި މުހިންމު ލަނޑުދަނޑިއެއްކަމަށެވެ.

އަދި ތިމާވެއްޓައި ރައްޓެހި ދެމެހެއްޓެނިވި މަސައްކަތްތަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ލިބިގެން ދިޔަ ކުރިއެރުމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ދަތުރުފަތުރުގެ ދާއިރާއަކީ ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނިވި ދާއިރާއަކަށް ހެދުން މުހިންމު. މިލަނޑުދަނޑިއަށް މަސައްކަތްކުރެވޭނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުމާއެކު. އެހެންކަމުން މިއަދު މި ކުރެވުނު މަސައްކަތަކީ އޭގެ މުހިންމު އެއް މަސައްކަތް. އެކަމަށްޓަކައި މިކަމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ގްރޭޓާ މާލޭ ސަރަހައްދުގައި ޕަބްލިކް ޓްރާންސްޕޯޓްގައި ބޭނުންކުރާ އިލެކްޓްރިކް ވެހިކަލް (އީވީ) ބަސްތަކުގެ ޗާޖިން ސްޓޭޝަން ރަސްމީކޮށް ހުޅުވުމަށްފަހު، ތިމާވެއްޓާއި ރައްޓެހި ބަހުގައި މާލޭގައި ދަތުރުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އީލޮން މަސްކް

    ސަޅި، މަގޭ ޓެސްލާވެސް ޗާޖް ކުރެވޭނެ ދޯ. މަގޭ ކަރަންޓް ހެލިކޮޕްޓަރާ....... ގޭގަ ނޯވޭ ޖާގައެއް މީޗިސް ޗާޖުކުރާކަށް، މަގޭ ކަރަންޓު ރޭލު ގެއައް ވައްދާފަ އޮތީމަ.... ބޮޑު ތެންކުޔޫ... އަހަރެން ނިންމައިފިން މަގޭ ރޮކެޓުތައްވެސް ކަރަންޓައް ބަދަލުކޮއް މާލޭގަ ބަހައްޓަން މިހާރު..... ތެންކްޔޫ ޕްރެސިޑެންޓް..........

    2
    1
  2. ވަގުންނޭވަގުންނޭ

    އީވީ ބަސްތައް ޗާރޖް ކުރަނީ ކަރަންޓް އިން ކަރަންޓް އުފަެއްދަނީ ޑީސަލުން ދެން ކޮންތާކުތޭ މިޖެހެނީ މާލޭގައި ޑީސަލް ލީޓަރަކުން އުފައްދަނީ 2 ޔުނިޓޭ ދެން އީވީ ބަހެއް ޗާރޖް ކުރަން އެބަދޭ 100 ޔުނިޓް ޔުނިޓެއް ވިއްކަނީ 4 ރުފިޔާ ދެން 400 ރުފިޔާގެ ޑީސަލެއް ނުދާނެއޭ ބަހެއްގެ ޓޭންކް ފުރާލި ނަމަވެސް ދެން މީގެއިން ކޮބާތޭ ތެޔޮ ސަލާމަތް ވެފައި ނެތޭ މީ ސީދާ ބޮޑެތި އޮޅުވާލުމާއި މަކަރާއި ހީލަތުގެ ދަށުން އީވީ ބަސް އުފައްދާ މީހުން އަނބުރާ ގޭސް ގަނޑެކޭ މީ މީ ސީދާ ކުރާ ވައްކަމެކޭ ވަގުންނޭ ވައްކެމެކޭ ތިޔާ ކުރަނީ ވަގުންނޭ ވައްކެމެކޭ ތިޔާ ކުރަނީ ވަގުންނޭ ވައްކެމެކޭ ތިޔާ ކުރަނީ ވަގުންނޭ ވައްކެމެކޭ ތިޔާ ކުރަނީ ވަގުންނޭ ވައްކެމެކޭ ތިޔާ ކުރަނީ ވަގުންނޭ ވައްކެމެކޭ ތިޔާ ކުރަނީ ވަގުންނޭ ވައްކެމެކޭ ތިޔާ ކުރަނީ ވަގުންނޭ ވައްކެމެކޭ ތިޔާ ކުރަނީ