ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގެ ނޫސްވެރިން ތަމްރީން ކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް "ވަގުތަށް" ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ ކުރި އަރައި ދިއުމުގައި ނޫސްވެރިންގެ ހިއްސާ ވަރަށް މުހިންމު ކަމަށެވެ. އެހެންކަމުން އެ ދާއިރާ އިން ނޫސްވެރިން ތަމްރީން ކުރުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި މައުސޫމް ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ނޫސްވެރިން އެ ދާއިރާއިން ތަމްރީންކުރާނީ ބޭރުގެ ތަޖުރިބާކާރުން ވެސް ގެނެސްގެން ކަމަށެވެ.

އެގޮތުން ދެ ހަފްތާތެރޭގައި ނޫސްވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމްގެ ޝެޑިއުލް އިއުލާން ކުރެވޭ ވަރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ ހަފްތާއެއްހާ ދުވަހަށެވެ.

"ޖުލައި މަހުގެ ކުރިން ތަމްރީން ޕްރޮގްރާމް ބޭއްވޭތޯ މި ބަލަނީ. ޕްރޮގްރާމް ޑިޒައިން ކުރާނީ ވެސް ނޫސްވެރިންގެ ހިޔާލާ މަޝްވަރާއާއެކު" މައުސޫމް ވިދާޅުވިއެވެ.

ކޮވިޑް-19 އާ އެކުގައި ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑަށް އަޑިއަޅާލި ނަމަވެސް މިހާރު ކުރިއެކޭ އެއްވަރަށް ރާއްޖެއަށް ފަތުރުވެރިން ވަނީ އަންނަން ފަށައިފައެވެ. އަދި ކްރޫޒްލައިނާތައް ވެސް ރާއްޖެއަށް އަންނަމުންދާ މިންވަރު ވަނީ އިތުރުވާން ފަށައިފައެވެ.

ފަހަކަށް އައިސް ތަފާތު ދާއިރާތަކަށް ނޫސްވެރިން ދަނީ ތަމްރީން ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙައްގުބަސް

    ފޮނިބައިސާ ކަނޑާ މީހެއް!! ކޮބާހޭ ކަލޭ އައްޑޫއަށް ވައްދަން ބުނި ޕައުންޑު؟ ރައްޔިތުން ގުނބޯ ހެއްދުންނޫންކަމެއް ކަލޭމެން އެބަކުރޭތަ؟ އިންޑިޔާއިން އެތައްސަތޭކަ މިލިޔަން ޑޮލަރުގެ ލޯނު ނަގައިގެން ކަލޭމެން އެފައިސާ ކާލާއިރު ކުރެވޭ ބޮޑު ތަރައްގީއެއް ނުފެނޭ!! ރައްޔިތުންގެ ޓެކްސް ފައިސާއިން އިންތިހާއަށް ބޮޑު ޚަރަދުކޮށް ލޯނު ދައްކާއިރު ކޮބާހެ ކަލޭމެން ކުރި ބޮޑު މަސައްކަތެއް!! 500 މިލިޔަން ޑޮލަރުގެ އިންޑިޔާގެ ލޯނުން ބްރިޖެއް އަޅާތާ ހަތަރު އަހަރުވީ!! ނެރު ބައްތިއެއްކަހަކަ ތަނބެއް ޖެހުން ފިޔަވާ ކުރެވުނުކަމެއްނެތް! ތަނެއްދޮރެއް ނުދަންނަ ބަޔަކާ ހަވާލުކޮށްގެން ހަމަ ފެންވަރު ދަށްކޮށް ހާކަލަހާކާލަ އެތިބެނީ އުޅަނދުތައް ފަރަށް އަރުވާލައަރުވާލަ!! ހުޅުލެ އެއަރޕޯޓުން އެފެނިގެންދާ ހުރިހާ ތަރައްގީގެ މަޝްރޫޢުތަކަކީ ރައިސް ޔާމީންގެ މަސައްކަތް!! އޭނާގެ ދުރުވިސްނުން!! ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބެލިޔަސް އެކަންއޮތީ އެގޮތަށް!! ކަލޭމެންކުރާ ކަމަކީ ދޮގުހެދުމާ ވައްކަންކުރުން!! ނެތް އިތުރު އެއްކަމެއްވެސް!!

  2. ގަބުޅިބާދަލާ

    ރިސޯޓްތަކުން ޓެކުހަށް މަކަރުހަދާކަން މިމނިސްޓަރަށް ނޭންގެޔެޯބުނީމާ މަހުވައި ހީހިހަިލާކު ކީކޭދެންބުނާނީ. ނަމުންކިޔަނީ މަޢުސޫމު ކަމުންމައްކާރު ޖާހިލު.ފޮނިބައިސާތަޅާލާތިބޭތި. ދައުރުހަމަވަނީ. ޔާމީންގެ ދުރުވިސްނުމުން ކުރެވުނުކަމެއްފއިދާހުރިކަމެއް ކުރެވިފަހުރީ. ލަދުކޮބައތޯ. ފެއިލްޑްސްޓޭޓްގެ ފެއިލްޑްމިނިސްޓަރު.