ހއ. ހޯރަފުށީގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާނެ ފަރާތެއް ހޯދުމަށް ކައުންސިލުން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފިއެވެ.

ހޯރަފުށީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައި ވަނީ ހޯރަފުށީގައި ބިނާކޮށްފައިވާ ކައުންސިލުގެ ސްކޫލު އިމާރާތުގައި އިންޓނޭޝަނަލް ސްކޫލެއް ހިންގާނެ ފަރާތެއް ހޯދަމަށް މިދިޔަ މަހު ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

އެ ބީލަން ހުޅުވާލާފައި ވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

މި ބީލަމާ ގުޅިގެން ބިޑް ހުށަހެޅޭނީ ރަޖިސްޓްރީ ކުރުމުގެ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ކައުންސިލުން ހުޅުވާލީ މިދިޔަ ޑިސެމްބަރު މަހުގެ 20 ފަށައިގެން 27 ވަނަ ދުވަހަށެވެ.

ކައުންސިލުން ބުނީ ބިޑް ހުށަހެޅުން އަދި ބީލަންތައް ހުޅުވުމުގެ ތާރީހު ބަދަލުކޮށްފައިވާ ކަމަށާއި އެކަން މިހާރު އޮންނާނީ މި މަހުގެ 22 ވަނަ ދުވަހު ހޯރަފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.

އިއުލާނުގައި ބުނެފައި ވަނީ މި ބީލަމާގުޅިގެން އެއްވެސް ސުވާލެއްވާނަމަ ޖެނުރައީ 10 ވަނަ ދުވަހުގެ 12:00 ގެ ކުރިން ހޯރަފުށީ ކައުންސިލަށް މެއިލް ކުރުމަށެވެ.