މާލޭގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށްޓަކައި ފަންޑު ހޯދުމަށް ރާއްޖޭގެ ޓީވީތަކާ ގުޅިގެން މި ހަފްތާ ބަންދުގައި ހާއްސަ ޓެލެތޯނެއް ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި ޓެލެތޯން ކުރިއަށް ދާނީ ކުޑަކުދިންގެ ހަވީރަކާ އެކުގައި އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ.

މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 83 ވަނަ ރަސްމީ އާންމު ޖަލްސާގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އާންމުންގެ އެހީތެރިކަން ދިނުމަށް މި އިވެންޓް މެދުވެެރިކޮށް މިސްކިތްތަކުގެ މައުލޫމާތު ވީހާވެސް ގިނަ އާންމުންނަށް ބައްލަވާލެވޭނެ ކަމަށެވެ. މީގެ އިތުރުން، މި އިވެންޓްގައި ކުޑަކުދިންނަށްޓަކައި ޚާއްސަ ހަރަކާތްތައް ރޭވިފައިވާނެ ކަމުގައި މޭޔަރު ފާހަގަ ކުރެއްވިއެވެ.

"އާންމުންގެ ބައިވެރިވުމާއެކީ ހިންގާ ހަރަކާތެއްވީމަ ކުޑަކުދިން ގޮވައިގެން އައިސް އާޓިފިޝަލް ބީޗްގައި ޓެންޓް ހިމެނޭ ސަރަހައްދުގައި ވަށައިގެން އެކްޓިވިޓީސް ރާވާލެވޭ ގޮތަށް އިވެންޓް ކޮމިޓީން ރާވަމުން ގެންދަވަނީ." މާލޭގެ މޭޔަރު ވިދާޅުވިއެވެ.

"ހުރިހާ ކައުންސިލަރުން ވީހާވެސް ގިނަ އާންމުން މިތަނަށް ވަޑައިގެން މިސްކިަތްތަކުގެ މައުލޫމާތު ބައްލަވައި އެހީތެރިކަން ދެއްވަން ބާރުއެޅުވުމަށް އެދެން. ކޮންމެ ބޭފުޅަކު ދެއްވާ ކޮންމެ އެހީއެއްވެސް އެއީ ބޮޑު އެއްޗަކަށް ވާނެ. އެބޭފުޅެެއްގެ ގާބިލުކަން ހުރި މިންވަރަކުން. އެއީ ފަސް ރުފިޔާ ވިޔަސް، އެއް ރުފިޔާވިޔަސް 100 ރުފިޔާ ވިޔަސް. އޭރުން މާލޭގެ ހުރިހާ މިސްކިތެއް އަޅުގަނޑުމެން އެދިވަޑަިއގަންނަވާ ގޮތަށް ރަމަޟާން މަހަށް ރީތި ކުރެވޭނެ"

ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ މި ޓެލެތޯނަށް މީޑިއާތަކުގެ އެހީތެރިކަމުގެ އިތުރުން ބައެއް އާންމުންގެ އެހީތެރިކަން ވެސް ލިބެމުން ދާނެ ކަމަށެވެ.

ޝުޖާއު ވިދާޅުވީ އާޓިފިޝަލް ބީޗުގައި ސްޓޯލްތައް ބެހެއްޓުމުގެ އިތުރުން މައުލޫމާތު ފޯރުކޮށް ދިނުމަށް ވެބްސައިޓެއް ވެސް ގާއިމު ކުރެވޭނެ ކަމަށެވެ. އަދި މި އިންތިޒާމުތަކާ އެކީގައި މި މަސައްކަތް ކާމިޔާބުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިފަދަ ކަމެއް ކައުންސިލުން އިންތިޒާމު ކުރާތީ ވީހާވެސް ބޮޑަށް ކަމުގެ ދެފުށް ފެންނަ ގޮތަށް މި ފަފައިސާ ބޭނުން ކުރައްވާނެ ކަމަށެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީއަށް މި ޓެލެތޯންގެ ތަފްސީލުތައް ފޮނުވުމުގެ އިތުރަށް މި ޓެލެތޯން ފަންޑިންއާއި ގުޅުންހުރި މައުލޫމާތުތައްް އާންމު ކުރެވޭނެ ކަން މޭޔަރު ވަނީ ހާމަ ކުރައްވައިފައެވެ.

މާލޭގެ މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަކީ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ޒިންމާއެކެވެ. އެކަމަކު، މިސްކިތްތައް މަރާމާތު ކުރަން ސަރުކާރުން އެކަށީގެންވާ ވަރަށް ފައިސާ ނުދޭ ކަމުގެ ޝަކުވާ ބޮޑެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މުހައްމަދު

    މިސްކިތައްވީމަ ތެލެތޯން… ބޭރު ބަޑި ލަވަކިޔާ ކަސްބީ ރަންޑިންނަށް ހުރިހާ ވިޔަފާރިވެރިން ޔޫސޭބުނާހެން މުށްހުޅުވާލައިގެން…. ޞުރަމަސައްކަތް ކުރާ މީހުންންނަށް ސިޓީއުރައަކަށް ލާފަ ރޯދައެލަވަންސަށް 50 ރުފިޔާ… ކޮބާ ލަދުހަޔާތް؟

    20
    • ސީން

      އެކަން އޮންނާނީ އެހެން. ދުނިޔޭގައި ތިބޭ އާދަމްގެ ދަރީންގެއެއްބަޔަކު އެއީ ދުނުޔެއަށްޓަކައި ކެނޑިނޭޅި އުޅޭ މީހުން. އެމީހުންގެހުރިހާވެސް އެއްޗަކީ ދުނިޔޭގެ ރާހަތު ލިބިގަތުން އެންމެ ފުނުން. އެއީ ވަހުނުގެ ސަަބަބުން މަގުފުރެދިފައި ތިބޭ ބަޔެއް. ދެން ތިބޭނީ ދުނިޔެއަށްވުރެ އާޚިރަތް އިސްކުރާ މީހުން. އެމީހުންގެހިތުގެ އެންމެބޮޑު އެދުމަކީ އާޚިރަތުގެ ބާއްޖަވެރިކަމާއި އަދި މާތްރަސްކަލާނގެ ގަދަފަދަވެގެންވާ އެދުވަހުގެ އަޒާބުން މިންޖުވުމަށް ކުރެވެން އޮތްހުރިހާކަމެއް ކުރުން. ވީމާ މިސްކިތްތަކުގެ އަހުލުވެރިން އިސްކުރާނީ މިސްކިތްތަށް. އެފަދަ އަޚުންނާއި އުޚުތުންގެ އަތްމަތި މާތްރަސްކަލާނގެ ތަނަވަސް ކުރައްވައި މުއްސަނދިކުރައްވައި ދެދުނިޔޭގެ ބާއްޖަވެރިކަމާއި ދިންނެވުން މިންވަރުކުރައްވާށި.

  2. ހަވާސާ ހާދިސާ

    ސިޔާސީ ކަންކަމަށް ޚަރަދުކުރަން ސަރުކާރުގައި ބޯކޮށް ފައިސާ. މިސްކިތްތަށް މަރާމަތުކުރަން ނާށިގަނޑު ހިފައިގެން ސަލާންޖަހަން

    23
  3. އަފީ

    މިއަދު ރައްޔިތުންނަށް ސަރުކާރެއް ނުވަތަ ގައުމުގައި ރައީސަކު ހުރިކަމުގެ އިހުސާސް ވޭތޯ؟ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށްޓަކައި ފަންޑު ހޯދުމަށް ނާށިގަނޑު ހިފައިގެން ސިޓީކައުންސިލްއިން މި ޖެހުނީ ސަލާން ޖަހަން.

  4. އަހުމަދު

    ވަގުންގެ ސަރުކާރުގަ މިސްކިތަކަށް ފައިސާއެއް ނޯންނާނެ. ގާތް ބޭފުޅުންގެ ދަރިން އެމްބަސީތަކަށް އަޅައިގެން ލާރި ބަހަންވީމަ ލާރިއޮތަސް

  5. ޅިޔަނުބެ

    ދައުލަތުގެ އަތްތަކުން މިސްކިއްތަކަށް ބޭނުންވާ ކަންކަން ކޮށްނުދެވޭނަމަ ދައުލަތުގެ ބޭނުމެއް ނެތް. ވަކި އޮފީހަކުން ނިކުމެ މިސްކިއްތައް މަރާމާތު ކުރަން ފައިސާ ހޯދުމަކީ ދެރަވަރު ކަމެއް. ސަރުކާރުގެ ސެކަންޑަރީ ސްކޫލުތައް މަތީފެންވަރުގައި ހިންގައި، ފުރިހަމަ ކުރަމުންދާއިރު، ހަމައެކަނި މިޤައުމުގަައި ހުރި ޢަރަބި މީޑިއަމަށް ކިޔަވައިދޭ އިސްލާމީ ސްކޫލާ ދޭތެރޭ ބޮޑެތި އިހުމާލުތައް ވަމުންދާދިއުން ކުށްވެރި ކުރަން.

  6. ާދަލޭކް

    އަދި އެއްރޭ ހަވާ ހަރުވާފަ 3 ނުވަތަ 4 މީހުނާށް ސިޔާސީ މަގާމު ދީފަ އިންދީޔާ އިން މީހަކު ގެނެސް ލަވަ ކިޔަން ވީމަ ލާރި ޚަރަދު ކުރޭ މިސްކިތް މަރާމާތު ކުރަން ވީމަ ޓެލެޓޯން ލަދެއްގެ ކަންފުޅެއްވެސް ދޯ.

  7. ވެރިކަމ

    ވެރިކަން ނިމެންވާއިރައް ލާރި ކޮޅެއް އެއްކޮއްލަނީތޯއްޗެއް.

    1
    1