އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ވަނީ ގައުމުގެ މަސްލަހަތާ ގުޅިފައި ކަމަށާއި އެކަމަށް އެމްޑީޕީގެ މެމްބަރުން ވިސްނުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެދިވަޑައިގެންފިއެވެ.

އަދާލަތު ޕާޓީގެ ރައީސް ކަން ވެސް ކުރައްވާ އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ އާއި އަދާލަތު ޕާޓީ އާ ސީދާ ގުޅުން ނެތަސް، ގައުމީ މަސްލަހަތާ ގުޅުން ހުރި ގިނަ ކަންކަން ޕްރައިމަރީގެ ފަހަތަށް އެބަހުރި ކަމަށެވެ.

" ވީއިރު އެމްޑީޕީގެ ހުރިހާ އިއްޒަތްތެރި މެމްބަރުން މިކަމަށް ފުންކޮށް ވިސްނާ ވަޑައިގަތުން މުހިންމު." އިމްރާން ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުގައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ.

ޕްރައިމަރީގެ ފޯރި ގަދަވަމުން އަންނައިރު ރައީސް ސޯލިހް އަށް ތާއީދު ކުރާ ފަރާތްތަކުންނާއި ނަޝީދަށް ތާއިދު ކުރާ ފަރާތްތަކުން ވެސް އަންނަނީ ބަހުގެ ހަމަލާތައް ދެމުންނެވެ. އަދި ނަޝީދާއި ރައީސް ސޯލިހް ވެސް ގެންދަވަނީ އެއް ބޭފުޅަކު، އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.

ދެ ބޭފުޅުންގެ ކެންޑިޑޭޓު ނަންބަރު ތަރުތީބު ކުރިއިރު، ކެންޑިޑޭޓު ނަންބަރު އެކެއް ލިބިވަޑައިގަތީ ނަޝީދަށެވެ. އަދި ދޭއް ލިބިވަޑައިގަތީ ރައީސް ސޯލިހަށެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ދެ ބޭފުޅުން ވެސް މިހާރު ވަނީ ފައްޓަވައިފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި 57،000 އަށް ވުރެ ގިނަ މެމްބަރުންނަށް ވޯޓުލެވެއެވެ. ޕްރައިމަރީގައި ވޯޓުލެވޭނީ މިދިޔަ މަހުގެ 18 އާ ހަމައަށް ޕާޓީގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.

އެމްޑީޕީގެ ޕްރައިމަރީއަކީ އެ ޕާޓީގެ ހަޔާތުގައި ބާއްވާނެ އެންމެ ވާދަވެރި ޕްރައިމަރީއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ޝަކުވާ ބަލާ ކޮމިޓީއެއް ވަނީ އެކުލަވާލައިފައެވެ. އަދި ޕްރައިމަރީގެ ކަންކަން ކުރިއަށް ގެންދިއުމަށް ފަސް މެމްބަރުންގެ ކޮމިޓީ އެއް ވެސް ވަނީ އެކުލަވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. Anonymous

    އެ ވަނީ ވިއްކާ ދީނީ ތާކިހާތަކާ ނުގުޅޭތަ!

    33
  2. ޜައިތު މީޙާ

    ޢިމްރާނާ ގުޅިފަހުރީ

    33
  3. ޝޮކްތެރަޕީ

    އަދާލަތު ޕާޓީ ގުޅިފަ އޮތީ އިންޑީޔާގެ ތިޖޫރީޔާ.

    36
  4. Anonymous

    ޔާމީނު ވެރިކަމަށް ވަޑައިގެންފިނަމަ، އަނެއްކާވެސް މަނިކުފާނު އޮންނަވަން ޖެހިވަޑައިގަންނަވާނީ ޖަލުގައި. މިއީ ޝައްކެއް ވަސްވާހެއް އޮތް ކަމެއް ނޫން.

    28
  5. އައްޑޫ ހިތަދޫ

    އަދާލަތު ޕާޓީގެ ކޮރަޕްޓު މީހުން ބޭރުކުރަން ޖެހޭ.

    27
  6. ކާފަބޭ2020

    އެބުނީހެޔޮކޮށް! ޤައުމީމަސްލަހަތޭ ދުފާޢެއްޗިއްސޭކިޔާނެކަމެއް ވަގުޑީލުތަކުގެބައިލިބުނުމީހުން އިމުރާނާސޭޓާދެމީހުނަކީވެސް! ވީމާ، ބޮޑަށްވައިއަޅުވާފަބަހައްޓާ،! ﷲއިރާދަފުޅާމިންވަރުފުޅުން ޗޮކުންފެރީއަށްވީވަރުވާނީ! ހަމަނުޖެހުންހިންގާނަމޭހިތާވަރަށް ކަންރޭވިނަމަވެސް ނަސީދުވެސްސަލާމަތްވީ ދެންހާވަންއުޅުނު ހަޑިވެސްޗޮކުންދިޔައީ! ކަރުންނާރުފުއްޕާފަދޮގުހަދާބޮޑުކައްޒާބު ﷲއީމޮޅަށްދެނެވޮޑިގެންފަރާތް ތިޔަހަދާދޮގުތައްބައްދަލުވާނެ އެދުވަހުންވެސްހަމަތިގޮތަށްދޮގުހެދޭނެތޯ؟؟

    11
    2
  7. Anonymous

    ކަލޭ މޮޔަގޮވަގޮވަ ހުރޭ ދުވަސްކާރިވަނީ އަނދަގޮނޑި ހުރީ ތައޔާރަށް.

    21
  8. ޖާބެ

    ހެއްހެއް ވަލީދުބިން މިޤީރާ ޔައްވުރެއް ދަރަޖަމަތީގަ

    11
  9. ޖާނޫ

    އާނ އިބުރާހީމާ މޮޅުވިއްޔާތާ މިކަލޭގެއަށް މަގާމެއް ލިބޭނީ. ނަޝީދު މޮޅުވެއްޖެއްޔާ މިކަލޭގެ ބޭރުކުރާނެ. މިކަހަލަ މީހުންނަށް ދީނީ އިލްމުވެރިންނޭ ކިޔާ ބަޔަކު ވެސް ހަލާކުވާނެ. ހަމަ ދެފުށްކެހެރި.

    20
  10. މެންގްރޫވް

    މީދެން ކާކު؟ މީނަޔާ އެމް.ޑީ.ޕީ އާ ކޮންބެހޭ ކަމެއް.
    ނަމުން ދީނީ އިލްމްވެރިއެއް. އަސްލުގަ އެކަމް ހިޔަޅެއް

    17
  11. އެނގޭ

    އެ މަސްލަހަތަކީ ތިމާއަށް މިނިސްޓާރުކަން ލިބުން. ނުލިބެންޏާ ސީދާ ހަރަކާތަށް. ވ ސާފު

    18
  12. ހަސަނު

    ާޝޭހުމެންވެސް ހުރިހާކަމަކަށް އަނގަބާނާާތަ؟؟ އަމިއްލަ މީހާގެ ވާހަކަ ދައްކަބަލަ...
    ކަލޯ ކޮޅުފުށިމީހުނަށް ކޮންވައުދެއް ވެފަތިއައި ޑިސެންބަރު 26ގަ ގޮއްސަ..ސޯލިހު ކޮސްގޮވީރުވެސް އެތާގައެންމެން..

    11
  13. ބޭކާރު

    ކިތަންމެ ވަރަކަށް ވައިޖަހައި ފުއްޕިޔަސް އަދާލަތު ޕާޓީގެ މިހާރު ހަކަތައެއް ނެތްކަން އެމްޑީޕީއަށް އެނގޭ. މިބުނީ ދެން ޢިމްރާނަކަށް ނެތޭ ޗޮއިސްއެއް. ހޮވުނަސް ބެކާރު އިމްރާނު ނުހޮވުނަސް ބޭކާރު އިމްރާނު

    10
  14. އަލީ

    އިންސާނުންގެ ތެރެއިން އެންމެ ނުބައި މީހުންނަކީ ދެމޫނުގެ ވެރިންނެވެ. ތިޔާ އޭގެ ޑަބަލް އިތުރު މީހެއް!!!

    12
  15. ޑރ ސާޖީ

    ކަލޭއަށް ކޮންކަމެއްތަ އެމްޑީޕީ ޕުރައިމަރިއެއް ބޭއްވިޔަސް ނުބޭއްވިޔަސް.

  16. ވަގުތު ޖެހުމުން ވިއްކާލާ ތާކިހާ

    ދެން ޑްރޯން ފޮނުވައިގެން އެއަކަލަ އެތި އޮތްތަން ހޯދަން ޖެހުނީތަ އަނެއްކާވެސް.

  17. ގައުމުދެކެލޯބިވާ ދަރިއެއް

    ސޭޓަށާ އިމްރާނު އަދި މައުމޫނަށް ބޭނުންހާގޮތަށް ނަސީދުކައިރީގަ ހުރެގެން ވައްކަމެއްނުކުރެވޭނެ. ވިކާސްބައިއީ ބޭރުކުރާގޮތަށް ނަސީދުއައް 27 ވޯޓުހޯދައިދީފާނަން.

  18. ޢަލީ

    އިމްރާނު.. އެމްޑީޕީއާއި އަދާލަތު އެއްކޮއްލަންވީނޫންްތޯ. އޭރުން ތިބުނާ ގައުމީ މަސްލަހަތު ހޯދަން ފަސޭހަވާނެނޫންތޯ.؟ ދެން އެހެންނޫނަސް އެމްޑީޕީއަށް އިމްރާނު ސޮއިނުކުރަންވީ ސަބަބެއްވެސް ނެތް ނޫންތޯ. އެހެނީ މިހާރު އަދާލަތަކަށް އެމްޑީޕީއަކީ ދީނާއި ޚިލާފު ކަންކަމަށް ހިތްވަރުދޭ ބަަޔަކު ކަމުގައިވެސް ނުވޭނޫންތޯ. ވީމާ އަޅުގަނޑު ގޮވާލަން އަދާލަތުގެ ހުރިހާ މެމްބަރުނ އެމްޑީޕީއަށް ޓުރާންސްފާރ ކޮއްލާފަ އެޕާޓީއަކީ އެމްޑީޕީގެ ގޮތްޕަަށް ބަދަލުކޮއްލަން.