ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރު ކަމަށް އަދިރައީސް ކަމަށް އަހްމަދު ސުލައިމާނު އައްޔަން ކުރައްވައިފިއެވެ.

ރައިސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްްދުލް ގައްޔޫމް، ޖެނުއަރީ 31 ގައި އިލެކްޝަން ކޮމިޝަންގެ ރައީސް ކަމުން އިސްތިއުފާ ދެއްވި އަހްމަދު ސުލެއިމާން އެންއައިސީގެ މެމްބަރު ކަމަށާއި ރައީސް ކަމަށް އައްޔަން ކުރެއްވީ މިއަދުއެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް ކަމުން އިސްތިއުފާ ދެއްވި ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ވަކި ސަބަބެއް ސާދެއް ނުވެ އެވެ. ނަމަވެސް ސުލައިމާން މަގާމުން އިސްތިއުފާ ދެއްވީ ހުސްވެފައިވާ އެންއައިސީގެ ރައީސް ކަމަށް ސުލައިމާންގެ ނަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މަޖިލީހަށް ހުށަހަޅަން ބޭނުންވާތީ ކަމަށް މީގެ ކުރިން ވަނީ ބެލެވިފައެވެ.

އެންއައިސީ އަކީ ދިވެހިރާއްޖޭގައި ހިންގަމުންދާ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް އެ އިދާރާތަކާގުޅޭ މައްސަލަތައް ބަލާނެ އެއްމެހާ އުސޫލުތައް ކަނޑައަޅައި އެފަދަ މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅު އެޅުމާ އުފައްދާފައިވާ މިނިވަން މުއައްސަސާ އެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަރުހަބާ ދީނާއި ގައުމާއި ރައްޔިރުންގެ ހައްގުގަ މަސައްކަތް ކުރާނެކަމައް އުންމީދުކުރަން

  2. އަނެއްކާ އަނެއްތނެއްގެ

  3. މިނޫންމީހަކުނުލިބުނީތަހަމް މިހިރީ ބޮޑެތިމުއައްސަސާތައްހަވާލްކުރާމީހުން ބޯހަލާކް