ރާއްޖެޓީވީ ދެ މިލިޔަން ރުފިޔާ އިން ޖޫރިމަނާކުރަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފިއެވެ.
"ވަގުތު" އަށް އެނގިފައިވާ ގޮތުން އެ ކޮމިޝަނުން އެގޮތަށް ނިންމީ ދާދި ދެންމެއަކު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައެވެ.
ރާއްޖެޓީވީ ޖޫރިމަނާ ކުރަން ނިންމީ ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ކޮންޓެންޓް ގެނެސްދީފައިވާތީ އާއި ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންޓެންޓް ގެނެސްދީފައިވާތީއެވެ.
މީގެ ކުރިން ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ރާއްޖެޓީވީ އެކި ފަހަރުމަތިން ޖޫރިމަނާކޮށްފައެވެ.
އެގޮތުން ރާއްޖެޓީވީ އެންމެ ފުރަތަމަ ޖޫރިމަނާކޮށްފައިވަނީ 250،000 ރުފިޔާ އިންނެވެ. އަދި އޭގެފަހުން އެއް މިލިއަން ރުފިޔާ އިން ވެސް އެ ސްޓޭޝަން ޖޫރިމަނާކޮށްފައިވެއެވެ.
ޖޫރިމަނާ ކުރާ ކޮންމެ ފަހަރަކު ރާއްޖެ ޓީވީން ފަންޑު ފޮށްޓެއް ހުޅުވައި، އެއަށް ލިބޭ ފައިސާ އިން ޖޫރިމަނާ ދައްކައެވެ.
ތި ރާއްޖެ ޓޥ އަކީ އެއްވެސް ގޮތެއް ފޮތެއް ބަލައިގެން ހަބަރ ގެނެސްދޭ ބައެއްނޫން.
ތީ ހުސް ދޮގު
އެއީ ވަރަށްބޮޑު ތެދެއް
ބަރާބަރު. ފަންޑު ފޮށި ޓީވީ އަދިވެސް ބޮޑުތަކުން ޖޫރިމަނާ ކުރަންވީ.
ޢެމީހުންނަކީ އަބުރު ކަތިލަން ރާއްޖެގެ އެއްވަނަ. ޜައީސް ވާ ރަނގަޅު އެތަން އުވާނުލަ މީޑިއާ އައް ބެޭނުން އެއްޗެއް ކިޔަން ދީފަ އޮންނަކަން. ޢެކަމްވެސް ވަރައް ހަޔާތް ކުޑް ބައެއް ތީ. މަގެ ނަމަ ތިތަން އިންނާނީ އުވާލަފަ
ވަރަށް ރަނގަޅު
الحمدالله
ماشاءالله
ތިވަރު އަދިމާކުޑަ އަބަދުވެސް ކޮންމެވެސް މީހެއްގެ އަބުރު ކަތިލާތޭވޭޔެއް
ކެމްޕެއިނަށް ފައިސާ ހޯދަނީ އުތަ. މީހުން ފެލައިގެން ؟؟؟
ފެލަންވީ ހަމަ! ހިތުހުރިގޮތަކަށް މިތާކު ނޫޅެވޭނެ!
ވާއޮ ސަޅި
ރައީސް ޖޫރިމަނާ ކޮއްލާނެ ދުވަސް ދުރަކު ނޫން އޮތީ
ރަގަނޅު!! އަޅުގަނޑަށް ވެގެންވާނަމަ ތިތަން އުވާލާނީ!! ތިތަނަށް ދީފައިވާ ލައިސަންސް ބާޠިލް ކުރާނީ!! އެމީހުން ފަތުރާ މަޢުލޫމާތުގެ 75% ހަގީގަތާ ޚިލާފް ވާނެ!! މުޅިންވެސް ދޭތެރެ ޖެއްސުމާ ފިތުނަ ފަސާދަ އުފެދޭގޮތަށް ޚަބަރުތައް ގެނައުމާ ފާޑުފާޑުގެ ރިޕޯޓްތައް ހަދައިގެން ފޮނުވަމުންދާ ބައެއްތީ!! ތިމީހުން ކުރާ ކަންތައްތަކުގެ ސަބަބުން ހަމަނުޖެހުން އުފެދިފައި އެބަހުރި!! ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ޚަބަރުތައް ނުސީދާކޮށް ގެނަސްދީފައި އެބަހުރި!! މިހިރީ ހަތްތާވެސް ތިތަނާ ބެހޭގޮތުން ގިނަ ބަޔަކު ފާޅުކުރަމުންދާ ވާހަކަތައް!!
މިއީ ގައުމަށް ގެއްލުންދޭ ޓީވީ އެއް ވީމާ އުވާލާ
ޜާއްޖެޓީވީ އަކީ ރައްޔިތުންނަށް ތެދު މަޢުލޫމާތު އާއި ޚަބަރު ފެތުރުމުގެ ބަދަލުގައި، ޙަޤީޤަތާއި ޚިލާފު ޚަބަރު ފެތުރުމާ، ޤައުމުގައި ހަމަނުޖެހުން އުފެދޭ ވާހަކަ ފަތުރާ ޗެނެލެއްކަން ރައްޔިތުން މިއަދުވަރަށް ބޮޑަށް ފާހަގަ ކުރޭ! މިއީ ވަރަށް ދެރަ ހިތާމަވެރިކަމެއް!
ތިޔަ ޓީވީ އާއި ހެދި މިތިބެނީ ދެމަފިރިން ރިމޯޓް އާއި ހިފިހިފަ
މަށަށް ސްޓާރ ޕުލަސް ބަލާލެވޭ ވަރެއްނޫން
ފިރިބެ ތިޔަ ޗެނަލް އާއި ހެދި ހޭކެޑޭ ވަރުން
މިއީ ނިމުންއަންނާނެކަމެއްކަން ކަށަވަރު ސުވާލަކީ ޗެނެލް13 ސަންޓީވީ އަށްދެންވާނީ ކިހިނެތްތޯ އަމިއްލޔަށް ބަންދުކުރާނީތޯ ނޫނީ ބިލިއަނުން ޖުރުމަނާ ދައްކާީތޯ އުފެދޭސުވާލު އަދި ތިކޮމިޝަން 2018 ގެފަހުން އޮންނާނެތޯ އަދި ޖަލަށްވަންނަން ނުޖެހޭނެތޯވެސް ސުވާލުއުފެދޭ ވަރަށްބޮޑަށް މިކަމާވިސްނަންވީ ވަގުތުވަރަށްކައިރި ވެއްޖެ
ވަގުތު ނޫހާއި ޗެނަލް 13 ވެސް ތި ލިސްޓްގެ ތެރެއަށް ލާންޖެހޭ. ރައީސްގެ އަބުރާ އެއްވަރަށް އެހެން ދިވެހި ރައްޔިތުންގެވެސް އަބުރެއް އޮންނާނެ. އެކަމަކު ވަގުތުނޫހާއި ޗެނަލް 13 އިން ރައީސްގެ ދިފާޢުގައި އެހެން ދިވެހި ރައްޔިތުންގެ އަބުރަށް ހުތުރުވާ ގޮތަށް ކިތައްމެ ވަރަކަށްވެސް ކޮންޓެންޓް ގެނެސްދޭ. އެހެންވިޔަސް އިންސާފެއް ނެތް ގައުމެއްގައި ކަންހިނގާނެ ގޮތް އެއީ އެއްވެސް މީހަކަށް އޮޅޭނެކަމެއް ނޫން.
ވަރަށް ބޮޑު ހަޤީގަތެއް މީ. އެކަމަކު ދެން ވިސްނާ މީހަކަށް އިބުރަތެއް ލިބެން ވެއްޖެ އެއްނު ތި ރައީސް އަކާއި ނުކުޅެވޭނެކަން. ކިރިޔާ އިދިކޮޅަށް ބަހެއް ބުނެފިއްޔާ “ޓިޝުން”. ގަޓު ހުރި ރައީސްކަން ދައްކަނީ
ތިޔައީ އުވާލަންވީ ޓީވީ ސްޓޭޝަނެއް. ޅަކުދިންތަށްހަލާކުވުމުގެ އެއްމެބޮޑު އެއްސަބަބު. މުޅިންދޮގުޚަބަރު ފަތުރާ ސަތޭޝަނެއްތިޔައީ...
މީހުންގެ އަބުރު ކަތިލަމުން ރޯބުހުތާން ދޮގު ފަތުރަމުން ހިންގާ ރ ޓީވީއަކީ މިހާރުން މިހާރައް އުވާލަންޖޭ ތަނެއް ދުވަހަކުވެސް ތެދުވާހަކައެއް ނުދައްކާނެ -/100 ގެ ނިންމުމެއް
ބްރޯޑްކާސްޓިންގ ކޮމިޝަނޭ ކިޔައިގެން ވަކި ބަޔަކަށް ފައިދާކޮށް ދޭން އުޅެނީ. ރާއްޖެޓީވީއިން ފަތިފުއް ދެއްކީމަ ކަމުނުދަނީ! ކޮބާ ނޫސްވެރިކަމުގެ މިނިވަންކަން!
ތިޔައީ ހަމަ ބަރާބަރު ކައް
މާލަސްވެއްޖެ
މި ސަަރުކާރައް ހަޖަމް ނުވަނީ ހަމަ.ލާރި ކޮޅެއް ކާލާނެ ގޮތެއް ނޭގިގެން އެެއުޅެނީ. 2018 #އިބޫ ސޯލިހް
ކުދިން ހާދަ ހެވިފަ. މިހާރު މިޔަކު މަމެން ލިޔާއެތިފަހަރު ޖަހާނެ ހުއްދައެއްނެތް. ބޮލަށް ފިތުނު ދިވެހި ބައިކުޅަނދުންގެ މިސާލަކީ ކާމީހާ ކައި ހުސްކޮށްފަ ފޮޑިއެއް ޖެހީމަ އެންމެންތައް އަތްޖަހާފަ " ވައި ސަރީ ވެރިމީހާގެ ފޮޑި ހާދަ ލޯތްބޭ، ވަރަށް އަޑުވެސްބާރުދޯ" މިހިން ކިޔާމާޖާހޭވުން. ޢެކަކުވެސް އޮޅިގެންވެސް އަހާކަށް ބޭނުމެއް ނުވާނެ އެ ކެއީ ކާކުގެ މުދަލެއް ކޮންގޮތަކަށް ކީއްވެގެންކަމެއް. މިއަށް ކިޔަނީ ބޮލުރޮދި ކެނޑުމޭ.
މިސަރުކާރަކީ އެމީހުން ނުރުހޭބަޔަކު އިދަޖައްސަން ވެރިކަމަށް ސަވާރުވެގެން އުޅޭ ބައިގަޑެއް ! އަދިވެސް ގޮވާ ނުފޫޒުގެ ބޭނުމެއްނުކުރަމޭ !
ތިވަރުކުޑަ، ތަންވެސް އުވާލާ ތަނުގައި އުޅޭ މުވައްަޒަފުންވެސް މިދާއިރާގައި ޚިދުމަތް ނުކުރެވޭގޮތް ހަދަންވީ، މުޅި ރާއްޖެ ހަލާކުކޮށްލައިފި، ތި ރ ޓީވީއެއް ފާވިފަހުން.
ތި ނިންމުން ނިންންމަން މާލަސް
ވެއްޖެ ތިއީ މިގައުމުން އުވާލަން
ވެފައޮތް ތަނެއް
އަބުރެއް އޮތީރައީސްގެޢެކަނިތޯ؟އެިެން ދިވެހި ރައްޔިތުންގެ އަބުރު ކަތިލާ ޓީވީޗެނަޅް ތަކާއި ނޫސްތައް ބަންދުކުރަން ނުކެރެނީ ކީއްވެބާ؟
ކޮބާތަ ކަލޭތިބުނާ ޗެނެލަކީ، އެހެން އެއްވެސް ޗެނަލަކުން ރ ޓީވީ މީހުން ދައްކާކަލަ ދޮގުވާހަކައެއް ނުދައްކާ
ރ ޓީވީ އަކީ މީހުންގެ އަބުރުކަތިލާ، ދޮގުޚަބަރު ފަތުރާ ތަނެއް
ޓޭޝަން އެކަންނެއްނޫން ޖޫރިމަނާކުރްންވީކީ އެކަމެއް ގެނެސްދިން ރިޕޯޓަރުވެސް ޖޫރިމަނާކުރްންވީ