15:31

މާލޭ ސިޓީ ކައުންސިލްގެ އެދުމުގެ މަތިން ނީލަން ފިހާރަ ހިންގުމަށް އިންޑަސްޓްރިއަލް ޒޯނުން ސަރުކާރުން ބިންދިންނަމަ މިއަދު ހިނގި އަލިފާނުގެ ހާދިސާ ހިގުމުގެ ފުރުސަތު ނޯންނާނެ ކަމަށް މެޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ.

ނީލަން ފިހާރައަށް ސަރުކާރުން ބިން ދިންނަމަ އަލިފާނުގެ ހާދިސާ ނުހިނގީސް - މުއިއްޒު

14:06

މީހުން ދިރިއުޅޭ ސަރަހައްދުގައި ބަހައްޓަން ނުރައްކާތެރި ތަންތަން މާލޭގައި އެބަހުރި: ނައިބު ރައީސް

12:34

އަލިފާން މިހާރު ވަނީ ނިއްވާލާފައި. ނަމަވެސް އަލިފާން ރޯވި ތަކެތި އެކްސްކަވޭޓަރު ބޭނުންކޮށް އެފަރާތް ކުރަމުން ދާއިރު އަދިވެސް އަންނަނީ ދުން އަރަމުން. ދުން އަރާ ތަންތަނަށް ފެން ޖަހައި ނިއްވުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުން.

11:12

އަލިފާނުގެ ހާދިސާއާއި ގުޅިގެން ބައެއް ސްކޫލްތަކުގެ ކިޔެވުން ހެނދުނު ކެންސަލްކޮށްފި

10:40

ނީލަން ފިހާރަ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 289 ބިދޭސީއަކު ހާލުގައި ޖެހިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއިން ބުނެފި.

ނީލަން ފިހާރައިގައި އަލިފާން ރޯވެ، 289 ބިދޭސީއަކު ހާލުގައި ޖެހިފައި

10:24

ރޭ ފަތިހު ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން މާލޭ ސަރަހައްދުގެ ބަސް ދަތުރުތަކަށް ބުރޫއަރައިފި.

އަލިފާނުގެ ހާދިސާގެ ސަބަބުން ބަސް ދަތުރުތަކަށް ބުރޫއަރައިފި

10:24

ނީލަން ފިހާރަ ސަރަހައްދަށްދާއިރު މާސްކު އަޅައިގެން އުޅުމަށް އިލްތިމާސްކޮށްފި

09:10

އެމްއެންޑީއެފް އިން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެސަރަހައްދުގައި ހުރި މީހުން ދިރިއުޅޭ ދެބްލޮކްގެ ތެރެއިން އެއްބްލޮކް ވަނީ އެއްކޮށް އަނދާފައި ކަމަށް. އެބްލޮކް އަށް ސިފައިން ވަދެ ބެލިބެލުމުން އެއްވެސް މީހަކު އެތަނުން ފެނިފައި ނުވާކަމަށް.

08:56

އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާނުގެ %70 ކޮންޓްރޯލް ކުރެވިއްޖެ ކަމަށް. ދެފަޅިން ރޯވެފައި ހުރި އަލިފާން ނިއްވާލެވިއްޖެ ކަމަށާއި ނަމަވެސް މެދުތެރޭގައި އަދިވެސް އަލިފާން ނިއްވައި ނުލެވޭ ހިސާބެއް އެބައޮތް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވި.

08:55

08:31

މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ ނީލަން ފިހާރާއިގައި ރޯވުމުގެ ސަބަބުން މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކުގައި ވަނީ ރޯވެފައި ކަމަށް. މިވަގުތު މުވައްޒަފުން ތިބީ އިމާދުއްދީން ސްކޫލުގައި ކަމަށް ސިޓީ ކައުންސިލުން ވިދާޅުވި.

08:20

ނީލަން ފިހާރައިގެ އުތުރުފަޅިން (ޢިމާދުއްދީން ސްކޫލްއާއި ދިމާ) ފެތުރެމުންދިޔަ އަލިފާންގަނޑު ކޮންޓްރޯލްވެއްޖެ.

08:05

ފުލުހުން ވިދާޅުވީ ނީލަށް ފިހާރަ ސަރަހައްދުގައި ދިރިއުޅޭ އާންމުން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި އާންމުން އެ ސަރަހައްދަށް ނުދިއުމަށް އިލްތިމާސްކުރާކަމަށް.

އަލިފާނުގެ ހާދިސާއާ ގުޅިގެން ވިލާ ކޮލެޖާއި ސްޓެލްކޯއާ ދެމެދުގެ ގިނަ މަގުތައް އާންމު ދަތުރުފަތުރަށް ވަނީ ބަންދު ކޮށްފައި ކަމަށް ވެސް ފުލުހުން ވިދާޅުވި.

ދުމުގެ އަސަކުރާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ދުމުން ރައްކާތެރިވުމުގެ ގޮތުން އެކަށީގެންވާ މާސްކް އެޅުމަށް ވެސް ފުލުހުން އެދިވަޑައިގަންނަވާ.

08:02

ފާއިތުވި ތިން ދުވަސްތެރޭގައި ރާއްޖޭގައި އަލިފާނުގެ ބޮޑު ތިން ހާދިސާއެއް ހިނގާފައި ވަނިކޮށް ފުލުހުން އެހާދިސާތަކާއި ގުޅިގެން ހާއްސަ ތަހްގީގެއް ފަށައިފި.

ތިން ދުވަސްތެރޭގައި އަލިފާނުގެ ބޮޑު ތިން ހާދިސާ، ހާއްސަ ތަހްގީގެއް ފަށައިފި

07:45

ނީލަން ފިހާރަ ސަރަހައްދުގައި ރޯވި އަލިފާން މިހާރު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި އަލިފާންގަނޑު އިތުރަށް ފެތުރިގެން ދިއުމުގެ ފުރުސަތު ކުޑަކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ.

07:42

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ފަޔާފައިޓަރުން ވެސް އަލިފާން ނިއްވުމުގައި އަންނަނީ ހަރަކާތްތެރިވަމުން.

މާލޭގައި ހުންނަ ނީލަން ފިހާރައިގެ އިމާރާތުގައި ރޯވެ އަނދަން ފަށައިފިއެވެ.

ނީލަން ފިހާރާގައި އަލިފާން ރޯވެފައިވަނީ ސީދާ ކޮން ވަގުތެއްގައި ކަމެއް މިހާތަނަށް އެނގިފައި ނުވާއިރު ސިފައިން އަންނަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ވެފައެއް ނުވެއެވެ.

ނީލަން ފިހާރައިގައި އަލިފާން ރޯވުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކަށް ދުމުގެ އަސަރު ވަނީ ކޮށްފައެވެ. އެސަރަހައްދުގައި ހުންނަ ބައެއް އުސް އިމާރާތްތަކަށް ވަނީ ވަރަށް ބޮޑަށް ދުމުގެ އަސަރު ކޮށްފައެވެ.

ނީލަން ފިހާރާގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގައި ހަރަކާތްތެރިވަނީ

ނީލަން ފިހާރާގައި ރޯވި އަލިފާންގަނޑު އަދި ކޮންޓްރޯލް ކުރެވިފައެވެ. ނުވެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

ނީލަން ފިހާރާގައި އަލިފާން ރޯވެ، ވަރަށް ބޮޑަށް އަނދަމުން އަންނައިރު، މީގެ ކުރިން 2015 ވަނަ އަހަރާއި 2017 ވަނަ އަހަރުގެ ތެރޭގައި ވެސް އެތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ. އޭގެ ކުރިން ވެސް ދޭތެރެދޭތެރެއިން އެތަނުގައި އަލިފާން ރޯވެފައި ވެއެވެ.

(އިތުރު ތަފްސީލް އަންނަނީ

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސުބު

    ކުއްލިޔަކަށް އަލިފާނުގެ ހާދިސާތަށް ހާދަ ގިނަވެއްޖޭ.

    11
  2. ޙަަަހަ

    ޝުކުރިއްޔާ ރ.ޔާމީން ، ބްރިޖް އޮތްކަމުން އެއަރޕޯޓް ފަޔަރަށް ތި އާދެވުނީ

    23
  3. ރަށަށްދޭބަލަ

    މިސަރުކާރު ވެރިކަމާއި ހަވާލުވި ފަހުން ކިތައް ތަން އަނދާ ހުލިވެއްޖެތޭ އެކަމަކު މިސަރުކާރު ސްލޯ ކަމުން އެއް ކަމެއް ވެސް ނުވެއޭ މާލޭގައި ހުރި ގަރާޖް ތަކާއި ވާރކްޝޮޕްސް ތައް ހުޅުމާލެ އަށް ބަދަލު ކުރަން ކިޔާ ކިޔާތާ މިހާރު 6 މަސްވަނީއޭ އަދި ވެސް އަމަލީ އެއްވެސް ސިފައެއް ނާދެއޭ މުޅިން ވެސް ޕްރައިމަރީ ޕްރައިމަރީ އޭ ގޮވަމުން ހާކިމާ ދުވަނީ ރާއްޖެތެރޭ އެއް ރަށުން އަނެއް ރަށަށޭ ކޮބާތޭ އެއްވެސް ރަށެއް ބާކީ ނުވެފައި މާލެ ބާކީ ކޮށްފައި މާލެ ފުނޑުފުނޑުވަނީއޭ ފުނޑާލަނީއޭ ރައީސް އިބޫ އިސްތިއުފާ ހައުސިންގް މިނިސްޓަރު އަސްލަމް އިސްތިއުފާ ތަމެންނަށް ކުރަން އިނގޭނެ ޕްލޭނެއް ނުހުންނާނެއޭ ތަމެން ދެން ރަށަށް ދޭބަލަ ރަށަށް ރަށަށް ރަށަށްދޭބަލަ...

    8
    1
  4. އިސްތިއުފާއޭ

    ޕްލޭނިންގް މިނިސްޓަރު އަސްލަމް އަށް އޭނާ އަބަދުވެސް ހުންނަ ރަށްކަމަށްވާ މާލެ ސަރަހައްދު ރަނގަޅަށް ޕްލޭން ކުރަން ނޭގުނޭ ދެން ވާނީ މިހެންނޭ މަމެން ކުރިން ކޮމެންޓަކުން ބުނީމޭ ނީލަން ފިހާރަ މާލޭން ހުޅުމާލެ އަށް ބަދަލު ކުރަން އެކަން ނުކޮށް އޮތުމުންނޭ މިހިތާމަ ވެރިހާދިސާ މިހިނގީ މިވެރިކަމުގައި އަލިފާނުގެ ހާދިސާ އެއް ނުހިނގާ މަހެއް ނުދެއޭ އަސްލަމް ޖެހޭނީ އިސްތިއުފާ ދޭން އަސްލަމް އިސްތިއުފާ ސަރުކާރު އިސްތިއުފާ އެމްޑީޕީ އައުޓް ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ

    9
    2
  5. މަތިމަތިން

    ތަންތަނުގައި ރޯވުން ފަދަ ކަންކަމަކީ މިހާރު ދެން އަޖާއިބުވާންވީ ކަމެއް ނޫން. ރާއްޖޭގައި ކެމްޕޭނެއް ފެށިއްޖިއްޔާ ރޯނުވާ ދުވަސްވަރެއް ވޭތުވެދިޔަ 15 ވަރަކަށް އަހަރުދުވަހުގެ ތެރޭގައި އައިސްފައި ނެތް. ކެމްޕޭނުގެ ފޯރި ގަދަވާވަރަކަށް ތިކަހަލަ ވިޔާނުދާ ކުޅިވަރުތައް ފެންނާނެ.

    10
  6. ގުމްރީ

    ނީލަންފިހާރަ ވަގުތުން ވަގުތައްނަގާ އެތަން ސާފުކުރަންގޮވާލަން ތީ ރައްޔިތުންނަށްހުރި ބޮޑު ނުރައްކަލެއް

    10
    1
  7. ނަންނުގަތި

    މީގެ އަހަރުތަކެއް ކުރިން ހިމަންދޫއިން ހައްދުފަހަނާޅާގޮސްތިބި ގޭންގެއް ހައްޔަރު ކުރުމާއެކީ އެކިތަންތާ އަލިފާންގެ ހާދިސާތައް ހިގަންފެށި. ތިސޯޓެއްގެ ވިލާއަކާ ސިފައިންގެ ލޯންޗާ އަދިވެސް ތަންތާ ރޯވެ އަދަން ފެށި. އައްޑޫއިން ބޮންގޮށްވަން އުޅުނު ގޭންގު ހައްޔަރު ވުމާއެކު މިކަހަލަ ކަންތައް ދިމާވުމަކީ އިއްތިފާހެއް ނޫން. ސަލާމަރީ ބާރުތަކާ މުއައްސަސާތައް މިބައިގަޑު ޓާމިނޭނު ކުރަން އެބަޖެހޭ،،،،

    3
    4
  8. އަހައްމަދޫ

    ރައީސުލްޖުމްހޫރިއްޔާ ނިކުންނަވާނެ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ނުގަވާއިދުން ނީލަންފިހާރަ ހިންގާ ފިހާރަ ތަކާއި މީސްމީހުންނަށް ހަރުކަށި ފިޔަވަޅު އަޅަނަމޭ ކިޔުްވައިފައި. ދެެން 2 ވަސް ފަހުން ސައިބޯނިބޮތްކަކަށް ވާނީ. ކަހާތަން ހިރުވާވެސް ނުލާނެ

  9. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    ޔާމީން ދޫނުކުރާނަމަ މިފަދަ ކަންތައްތައް (އަލިފާނުގެ ހާދިސާ) ޤައުމުގައި ދާނީ ގިނަވަމުން ކަން ބުއްދި ޤަބޫލްކުރާ ކޮންމެ އިންސާނަކު ވެސް ޤަބޫލް ކުރާނެއެވެ. ބޮޑެތި ބޮޑެތި ވައްކަން ކުރާ މީހުން ނުހޯދޭ އިރު އަލިފާން ރޯކުރާ ބަޔަކު ހޯދުމުގެ ޤާބިލް ކަމެއް އިބޫ އައްޔަނު ކޮށްފައިވާ މިނިސްޓަރުންގެ ނެތެވެ. މިއީ ޤައުމަށް ޖެހުފައިވާ ވަރަށް ބޮޑު ހިތާމަވެރި ކަމެކެވެ.

    4
    2
  10. އާދަނާ

    އެމްޑީޕީއަކީ އަމިއްލައެދުމައްޓަކައި މުޅިގައުމުގަ ހުޅުޖަހާފަވާބައެއް، އެން އެމީހުންގެ ވެރިކަމުގަ ފެންނަމުންމިދަނީ!!! ވަރަށް ހިތާމަހުރިކަމެއްމީ،

  11. ޕޮގުބާ

    ސުކުރިއްޔާ ކިނބޫ އަދާހުލިވިފަހުން ނިއްވާލެވުނީމަ

  12. Anonymous

    ތީ ރާއްޖޭގައި ހުޅުޖަހާ ލާދީނީމީހާ އެމްޑީޕީ މީހުން ފޯރިއަރުވަން ކުރާ ކަމަކާ ވައްތަރީ. މިހާރު އުޅެނީ އޭނާގެ ފަހަތުން ދުވާނެ އެމްޑީޕީ މީހުން މަދުވެގެން.