ނީލަން ފިހާރަ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 289 ބިދޭސީއަކު ހާލުގައި ޖެހިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއިން ބުނެފި އެވެ.

އެންޑީއެމްއޭގެ އޮފިޝަލަކު ވިދާޅުވީ އަލިފާނުގެ ހާދިސާއާއި ގުޅިގެން އިމާދުއްދީން ސްކޫލްގައި 133 ބިދޭސީއަކު ވަގުތީ ގޮތުން ބައިތިއްބާފައިވާ ކަމަށެވެ.

އަދި ރެންބޯ ކުންފުންޏާއި 156 ބިދޭސީން ހަވާލުކޮށްފައިވާ ކަމަށެވެ. އެ ބިދޭސީންނަކީ ރޭންބޯ ކުންފުނީގައި މަސައްކަތް ކުރާ ބިދޭސީންނެވެ.

އަލިފާނުގެ ހާދިސާ އާއި ގުޅިގެން ހާލުގައި ޖެހުނު ބިދޭސީން އަދި ވެސް ހޯދަމުންދާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

ނީލަން ފިހާރާގައި ރޯވި އަލިފާންގަނޑުގެ 70 އިންސައްތަ މިހާރު ކޮންޓްރޯލް ކޮށްފައިވާއިރު މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

ނީލަން ފިހާރާގައި އަލިފާން ރޯވެ، ވަރަށް ބޮޑަށް އަނދަމުން އަންނައިރު، މީގެ ކުރިން 2015 ވަނަ އަހަރާއި 2017 ވަނަ އަހަރުގެ ތެރޭގައި ވެސް އެތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ. އޭގެ ކުރިން ވެސް ދޭތެރެދޭތެރެއިން އެތަނުގައި އަލިފާން ރޯވެފައި ވެއެވެ.

މި އަހަރުގެ ތެރޭގައި މިއީ މިހާތަނަށް ހިނގި އަލިފާނުގެ ތިންވަނަ ހާދިސާއެވެ. މި ހާދިސާތައް މެދުވެރިވަމުންދާ ސަބަބެއް ބެލުމަށް ފުލުހުން ވަނީ ތަހުގީގް ފަށާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މީ ގައުމެއްހޭ

    މިތަން މީ ރަޖިސްޓުރީ ކޮއްގެން ހިންގާތަނެއްބާ
    ނީލަން ފިހާރައިގައި އަލިފާން ރޯވެ، 289 ބިދޭސީއަކު ހާލުގައި ޖެހިފައި
    އެމީހުންގެ ވޯރކް ޕާރމިޓް އެބައޮތްބާ؟
    ދެން ބޭރުން ކޮންމެ މީހަކުވެސް އައިސް ބާމުދާ ވިއްކާތާގަ އިދެގެން ވިޔަފާރި ކުރަންވީ،
    މީ ގައުމެއްތަ؟

    20
  2. ސސ

    އެމީހުން ކޮންގޮތަކުންތޯ ހާލުގައި ޖެހުނީ، އެމީހުން ހާލުގައި ޖެހޭކަށެއް ނުޖެހޭ އެމީހުން މިޤައުމަށް އެތެރެވަނީ ކޮންމެސް މީހެއްގެ ނަމުގައި ނުންތޯ ! އެތާގައި ވޯކް ކުރިޔަސް ހާލުގައި ނުޖެހޭނެތާ !

  3. ދިވެހި ދިދަ

    އެ 289 ބިދޭސީން އައީ ނީލަން ފިހާރައަށްތޯ؟

  4. އަހްމަދު

    އެއީ ބްރޯއެތެރެ ކޮށްފަތިބިބައެއްތޯ

    1
    1
  5. ޙުސެމްބެ

    ޙާލުގައި އަމިއްލައައްޖެހެނީ ކީއްކުރަން ވިސާނުލާ އެހެންގައުމެއްގައި ފައިސާހޯދަން ތިބެންވީ އަހަރުމެންވެސް ޔޫއެސް އަދި ޔޫކޭއައްވެސް ދާންބޭނުން އެކަމުވިސަނުލާ އެއްދުވަހުވެސް އެހެންނޫޅެވޭނެ ސަރުކާރުން ދޫދީގެން އެކަން ކުރުވާތީ ވާހާކަންކަން.. ކީކޭތޯ