ލޭގެ ޕްރެޝަރު ދަށްވެގެން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަހު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އައިޖީއެމްއެޗުން ދޫކޮށްލައިފިއެވެ.

ހޮސްޕިޓަލްގައި އެޑްމިޓް ކުރި ނަމަވެސް މައުމޫންގެ ހާލުކޮޅު ރަނގަޅު ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ޓެސްޓްތަކެއް ވެސް ހަދަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ރައީސް މައުމޫން އެޑްމިޓްކޮށްފި

އެމަނިކުފާނު ގެއަށް ދޫކޮށްލާފައި ވަނީ އެއްވެސް މައްސަލައެއް ނެތުމުން ކަމަށް މައުމޫން ވިދާޅުވިއެވެ.

މައުމޫންގެ ޓްވީޓުގައި ވަނީ އެމަނިކުފާނަށް ފުރިހަމަ ސިއްހަތަކަށް އެދި ދުއާ ކުރި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ނަރުހުންނާއި ޑޮކްޓަރުންގެ ފަރާތުން ދިން ހިދުމަތަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    އުުމުރު ދިގުކުރައްވާށިއެވެ އާމީން

    4
    1
  2. Anonymous

    7 ވަނަދައުރަކަށް ކުރިމަތިލައްވާ!!ނުވެގެންއުޅުނު ކަންތަށްވެސް އެއޮތީވެފަ ޔާމީނު ޖަލުގަ!!އަވަހަކުރިމަތިލައްވާ!!

    3
    2
  3. ދަވާލާ

    މިގައުމަށް ގައްދާރުވި ގައްދާރެއް ދުވަހަކުވެސް މާފުނުކުރާނަން

    2
    4
  4. ރައްޔިތުމީހާ

    އެ ސޮރުކުރެ އަހާބަލަ ދަރުމަވަންތަ ހޮސްޕިޓަލުގެ ޢިމާރާތް ހެއްދެވީ ކޮންބޭފުޅެއްގެ ވެރިކަމުގައިތޯ؟ އެ ޢިމާރާތް ރަނގަޅުތޯ؟

    5
    3
  5. Anonymous

    ކުރިއަށް އޮތް އިންތިޚާބުގައި ރައީސް ކަމަށް ކުރިމަތިނުލާނެބާ؟

    4
    2
  6. ރަން ރީނދޫ

    އަބަދު ތަރިތައް ބަލަން އުޅެނީ،ދުވާލެއް ރޭގަނޑެއް ވަކި ނުކޮއް. ޑަކުޓަރު ބުނެފި މި ތާނކު ޓެލެސްކޯޕެއް ނެތޭ،ބުނީމާ ލެބުން މައިކުރަސްކޯޕެއް ނަގައިގެން ފުރާޅު މައްޗަށް އަރަން ވިއްދާފަ ހުރިވަރުން،އޮބިނޯވެގެން ގެއަށް ފޮނުވާލީ. ބަލި ކިތަންމެ ހާވެސް. އެކަމަކު ޑޮކްޓަރުންނަށް ވެސް ކެތް ކުރެވޭނީ ވަކި ވަރަކަށް ދޯ.

    5
    2