ރ. ކިނޮޅަހުން ގެއްލިގެން ހޯދަމުން ދިޔަ މީހަކު ކަނޑުމަތިން ފެނިއްޖެއެވެ.

ކިނޮޅަހު ކައުންސިލްގެ ރައީސް، އަހުމަދު ހުސެއިން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދިޔަ މީހާ ކަނޑުމަތިން ފެނިފައިވާ ކަމަށާއި އެމީހާއަށް މިވަގުތު ރ. މީދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ފެނިފައިވަނީ މީދޫ އާއި އާރަށާއި ދެމެދުން ދަތުރުކުރި ޑިންގީއަކަށެވެ. އަދި އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ވެސް މައުލޫމާތު ލިބެއެވެ.