ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެ ވަޑައިގެން, ނަގާފައިވާ ފޮޓޯތަކަކަށް ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.

ތިން ދުވަހުގެ މި ރަސްމީ ދަތުރުފުޅެއްގައި ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވީ އިއްޔެ ހެނދުނެވެ. މަނިކުފާނަށް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވިއިރު، ރަސްމީ ބައްދަލުވުންތައް މިއަދު ހެނދުނު ވަނީ ފެށިފައެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވުމަށްފަހު މަޑު ކުރައްވަނީ ރިސޯޓެއްގައެވެ.

އެމަނިކުފާނު ރިސޯޓްގައި ހުންނަވައިގެން ނަންގަވާފައިވާ އެކި ފޮޓޯތައް އެމަނިކުފާނުގެ ރަސްމީ ފޭސްބުކް އެކައުންޓްގައި ވަނީ ހިއްސާ ކުރައްވާފައެވެ. އޭގެ ތެރެއިން ބައެއް ފޮޓޯތަކުން އެމަނިކުފާނު ޕޫލުގައި އާއި މޫދުގައި ވަގުތުކޮޅެއް ހޭދަކުރައްވާތަން ފެނިވަޑައިގަންނަވާއިރު، އެމަނިކުފާނު ސަން ބެޑެއްގެ މަތީގައި އަރާމު ކުރައްވަން އޮންނަވާ ތަން ފެންނަ ފޮޓޯއެއްވެސް އާއްމު ކުރައްވާފައި ވެއެވެ.

މިއީ ދުނިޔޭގެ ގައުމެއްގެ ވެރިޔަކު ރާއްޖޭގައި ޗުއްޓީ ހޭދަކުރައްވަނިކޮށް މިހާ ތަފާތު ފޮޓޯތަކެއް ނަންގަވާފައި އާންމު ކުރެއްވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ.

އެމަނިކުފާނުގެ ދަތުރުފުޅަކީ ކެމްބޯޑިއާގެ ބޮޑުވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން އަކީ 1985 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ ބޮޑުވަޒީރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެމަނިކުފާނު ކެމްބޯޑިއާގެ ބޮޑުވަޒީރުކަން ކުރައްވާތާ މިއަހަރަށް 38 އަހަރު ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޔޯގޭޝް ވަރާޔަ

    އާބާދީ ގެ 2 މިލިއަން ރައްޔިތުން ބަނޑު ހައިހޫނު ކަމާ ފަގީރު ކަމުގާ އުޅޭއިރު މީނާ އަޗާތަޅަން ރާއްޖޭ ގެ ރިސޯޓު ތަކުގަ!

    20
    5
    • އައްޔަ

      އަނެއްގޮތަކަށް ގޯހެއްނޫން. ދިވެހިން އަތާ އަގަޔާ ދިމާނުގެން އުޅޭއިރުވެސް ސޯލިބޭ ދުވަނީ ވޯލްޑްކަޕް ބަލަން ރާނީ މަހާނަމައްޗަށް މަޑިޔަށްޖެހެން، ޑުބާއީއަށް ޝޮޕިންގ ހަދާލަން. ހަމަ އެއްކަހަލަ ދެ ބަނދިހާރުން.

      13
      1
  2. ބޮންދު

    މީނަ ގެނައި ޓޫރިޒަމް ޕްރޮމޯޓު ކޮށްދޭގޮތަށް ދޯ . އަންހެން ކުދީންވެސް ގެނޭ ތިގޮތަށް ފޮޓޯ ޝެއަރ ކޮއްދޭ މަތިން ގަދަ

    19
    2
  3. ތަކުރު

    ދެންކީއްކުރަންތަ މާލޭގެ މަގުތައް ބަންދުކުރަނީ

    13
    1
  4. ކޮތަރު

    ތިޔަ ކަލޭގެ މިއަދު މާލެ އަރާތީ މަގުތައް ބަންދު ކުރުމުގެ ސަބަބުން ސަރުކާރުގެ ކިތައް މުވައްޒަފުންތޯ މިއަދު އޮފީހަށް ގަދިޖެހުނީ. ދެންބުނޭ ރޭގަ އިޢްލާން ކުރީމޭ.

    15
  5. ކެނެރީ

    ނަސީދަށް މީނަ ކަމުދޭދޯ 38 އަހަރު ވެރިކަމުގައި

  6. ނޯ ރިއެކުސަން

    ރިއެކްޓު ނުކުރާ ވައްތަރު ޖަހާ ހެހެހެ…

  7. މިބޭފުޅާ މިއީ މޫދެއް ނުދެކޭ މީހެއްކަންނޭނގެ

    ތީގެން އެއްވެސް ފޮޓޯއަކިން ރާއްޖޭގެ ރީތިކަމެއް ނުފެނެއެވެ. ފެންނަން އޮތް މޫދުވެސް ހިތްގައިމެއް ނޫނެވެ. ތިއަށްވުރެ މާރީތި ފޮޓޯ، މާލޭގެ ބްރިޖްމައްޗަށް އެރިޔަސް ނުވަތަ މާފަންނުކޮޅު އަތިރިމަތިންނާއި، ހުޅުމާލެ އަދި ވިލިނގިލީގެ ބީޗުންވެސް ނެގޭނެއެވެ.