މާލެ އިން މުދާ ހިފައިގެން އައްޑޫ އަށް ދަތުރު ކުރި ދޯންޏެއް ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ މުދާ ހިފައިންގެން ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯނި އެރީ ލ. ހުޅިމެންދޫ އުތުރު ފަރާތު ފަރަށް ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ.

އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައި ވަނީ ރޭ ދަންވަރު ދޭއް ޖަހާކަން ހާއިރެވެ.

ހަ ފަޅުވެރިންނާ އެކު ދަތުރު ކުރަމުން ދިޔަ 85 ފޫޓުގެ މި ސަޕްލައި ދޯންޏަކީ މުދާ ހިފައިގެން މާލެ އިން އައްޑޫ އަތޮޅު ހެރެތެރެ ރިސޯޓަށް ދަތުރު ކުރަމުން ދިޔަ "ބޮންތި ކެރިއާ" ނަމަކަށް ކިޔާ ދޯންޏެކެވެ.

 

ކިޔުންތެރިންގެ ހިޔާލު