ހައްގު ބަޔާން ނުކޮށް ތިބުން މުސްލިމުންނަށް ހުއްދަވެގެން ނުވާ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް މިއަދު ވިދާޅުވެއްޖެއެވެ.

އިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބައެއް ސަލަފުއްސާލިހުންގެ ކިބައިން ވާރިދުވެގެންވާ ގޮތުގައި ހައްގު ބަޔާން ނުކޮށް ހުންނަ މީހާއަކީ މަންމަނު ޝައިތާނެކެވެ. އަދި ބާތިލް ދިފާއު ކުރާ މީހާއަކީ ވާހަކަ ދައްކާ ޝައިތާނެއް ކަން ފާޙަގަ ކުރެއްވިއެވެ.

އެހެންކަމުން، ބަޔަކު މީހުން ކިތަންމެ ރުޅި އަޔަސް، ކިތަންމެ ޖެއްސުމަށް ކުރިޔަސް ހައްގު ބަޔާން ނުކޮށް ތިބުމަކީ މުސްލިމުންނަށް ހުއްދަ ވެގެންވާ ކަމެއް ނޫން ކަމަށް އިޔާޒް ވިދާޅުވިއެވެ.

 

އިޔާޒް ވިދާޅުވީ ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމަކީ މި އުންމަތުގެ މީހުން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ބަޔަކު ކިތަންމެ ރުޅިއަޔަސް، ކިތަންމެ ޖެއްސުމެއް ކުރިޔަސް ހައްގު ބަޔާން ނުކޮށް ތިބުމަކީ މުސްލިމުންނަށް ހުއްދަވެގެންވާ ކަމެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކީރިތި ރަސޫލާގެ ހަދީސް ބަސްފުޅުތަކުން މިސާލު ދައްކަވަމުން ޑރ.އިޔާޒް ވިދާޅުވީ މުންކަރާތެއް ފެނިއްޖެނަމަ އަތުން މަނާކުރުމާއި، އެކަމުގެ ކުޅަދާނަކަން ނެތް ނަމަ ދުލުން މަނާ ކުރުމަށާއި، އެކަމުގެ ކުޅަދާނަކަން ނެތްނަމަ ހިތުން މަނާކުރުމަށް ރަސޫލާ އަންގަވާފައިވާ ކަމަށާއި އެއީ އީމާންކަމުގެ އެންމެ ދަށު ދަރަޖަ ކަމަށެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމަރީގައި އިޔާޒް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފަހަތުގައެވެ. އަދި އޭނާ ގެންދަވަނީ ރައީސް ސޯލިހާ ވާދަކުރައްވާ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އިޔާޒް ވިދާޅުވީ ނަޝީދުުއަށް ކާމިޔާބު ނުލިބުމަށް އެދި ދުއާކޮށް، ގަދަ އަޅާ މަސައްކަތް ކުރަން ޖެހޭ ކަމަށާއި ނަޝީދުއަކީ ދީނީ ގޮތުންނާއި ދުނިޔެވީ ގޮތުން ރާއްޖެއަށް ގެއްލުންދީފައިވާ ބޭފުޅެއް ކަމަށެވެ. އަދި ރައީސް ސޯލިހުއަކީ ރައީސް ނަޝީދު ފަދަ ފިނޑި ބޭފުޅެއް ނޫންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. އަބޫ

    ސަލަފުއްސާލިހުންގެ ކިބައިން ވާރިދުވެގެންވާ ގޮތުގައި ހައްގު ބަޔާން ނުކޮށް ހުންނަ މީހާއަކީ މަންމަނު ޝައިތާނެކެވެ. އަދި ބާތިލް ދިފާއު ކުރާ މީހާއަކީ ވާހަކަ ދައްކާ ޝައިތާނެއް ކަން ފާޙަގަ ކުރެއްވިއެވެ މީ ނަގައިގަ މި ހުރިހާ ސިފަތަކެއް އެބަހުރި މީ ސީދާ ސައިތޯނުންގެ ތެރޭން އަރާހު ބޮޑު ފާސިގް ސައުތޯނެއް ދީންވިއްކާގެން މަގާމާ ލައްޒަތާ މުސާރާގެ ދަހިވެތިކަމުގަ ތެޅޭ ސައިތާނެއް

    45
    4
  2. Anonymous

    ޙައްގުބަސް ކަލެއަށް ބުނެވޭތަ؟؟؟

    42
    2
  3. ހޫނޮ

    މީނަ ކިހިނެއްހޭ މއްޝްހޫރީ

    23
    1
  4. ގުއިދައިތަ

    ކަލޭ ހީކުރަނީ ކަލޭ ތިބުނަނީ ހައްޤު ބަސް ކަމަށްތަ؟ ނޫނިއްޔާ ކަލޭ ބުނާ ކޮންމެ ބަހަކީ ހައްްޤު ބަސްތަ؟ މީނާގެ ނަފްސާނީ ޓެސްޓެއް ހަދަން ފެނޭ... މުނާފިޤު !!!!

    48
    2
  5. ލޯބިވާ ވަތަން

    ކަލޭ ތި ބަޔާން ކުރަނީ ހައްގު ކަމައްވަނޏާ ނަޝީދުވެސް ެެބަޔާންކުރަނީ ހަމަ ތިކަހަލަ ޑޮލަރު ހައްގު تبلک

    32
    1
  6. އެމީހާ

    ޢިޔާޒުއެވެ. ޙަށްޤަކީ ތިމާތާއިދު ކުރާ ވެރިޔަކުވިއަސް މީހަކުވިޔަސް ކޮންމެފަދަ ފާޚިޝްޢަމަލެއް ކުރިޔަސް އެތަންނުދެކިހުރެ އެހެން މީހުންކުރާ ކަންތަކުގެވާހަކަ ދެއްކުންހެއްޔެވެ. މިޤައުމުގައި ފާޅުގައިލިވާޠުކުރުމަކީ އާދައިގެކަމަކައްވެ ސުޕާގެ ނަމުގައިހިންގަމުންދާޒިނޭޚާނާ ކަލެއަށްނުފެންނީ ހެއްޔެވެ. އެކަންއެނގިހުރެ އިސްލާމްދީނުގައި އެއީކިހާ ނުބައިކަމެއްކަމާއި އެކަމުގެސަބަބުން ﷲ ގެޙަޟުރަތުން ލިބިދާނެ ކޯފާއެއްގެ ވާހަކަ ނުދައްކާހުރެ ޙައްޤުގެ ވާހަކަ ތިދައްކަނީ ކަލެއަކީ ފަހެ ކަނުމީހަކީހެއްޔެވެ. ތިކަހަލަ ޟޭޚުންނަކީ ކިޔަވައިގެންތިބި ޖާހިލުންނޭ މީހުންބުނަނީ އެހެންވެއެވެ.

    45
    1
  7. ލޯބިވާ ވަތަން

    ކަލޭ ތި ބަޔާން ކުރަނީ ހައްގު ކަމައްވަނޏާ ނަޝީދުވެސް ެެބަޔާންކުރަނީ ހަމަ ތިކަހަލަ ޑޮލަރު ހައްގު تبلک.

    24
    1
  8. ާަމަރީ

    ތިދެބަޔަށްވެސް ކަލޭ އެބަފިޓްވޭ..

    32
    2
  9. ލޯބިވާ ވަތަން

    ސޯލިހު ކުރާ ހުރިހާ އެގްރިމެއްޓ ތަކަކީ ހަމަހައްގު ހެއްޔެވެ އޭނާ ބޯ ހުރިހާ އެއްޗަކީ ހަމަ ޒަމްޒމް ފެން ހެއްޔެވެ. މީހަކަށް ވިކިފަ ހުއްޓަސް ތީ ބޮޑުވަރެވެ އިލްމުވެރި ހަލާކު ކުރާ މީހަކީ މި އިޔަޒެވެ . ެއމެން މި މުނާފިގު ކަލޭގެ ކިބައިން ސަލާމަޔް ކުރައވާށި ލާރި އަޤ ހަށިިކާ އިލްމުވެރިން ތީ .

    21
  10. ހުސެން

    އިސްލާމީ ޟަރީއަތުގެ ހުކުމް ތައް ގޮންޖެއްސެވުމުގައި އިބޫއާއި އަންނި އެެއީ އެކައްޗެއް.ފިރިހެން ކުޅި އާންމުކޮށްފި ދީނަށް ފުރަސްދާރަކުރުން އާންމުކޮށްފި އެމްޑީއެން މީހުންނަށް ދައުލަތުގެ މަޤާމު ބަހާ ހިބައިންދީފި.ކޮބާ ތަފާތެއް .ކަނު ކޮސް ވާހަކަ ނުދައްކާ ،މި ދެ ޤައްދާރުންނަށް ތާއީދު ކުރަނީ ކަނު ކޮހުން .ފޮތް އުފުލާ ހިމާރުން އެއް ލޮލުން ފެނިގެން ކަމަކު ނުދާނެ.ދެލޮލުން ހައްޤާއި ބާތިލް ހޯދާށެވެ.އިބޫ އާއި އަންނި މިކުޅެނީ ފިލްމެއް .އަމީތާބު އޮމްރިޟް ފޫރީ ދެބައި ވެގެން ކުޅޭހެން ފިލްމެއް މި ކުޅޭނީ ،ނުހެއްލޭ

    15
  11. ލޯބިވާ ވަތަން.

    އެއްޒަމާނެއްގާ އެއްލޯކަނު ޖަމަލެއް މީހަކު ގެންގުޅު އެސޮރަށް ފެންނަނީ ކޮންމެ އެއްޗެއްގެ އެއްފަޅި މިގޮތަށް އިޔާޒައް ފެންނަނީ އެއްފަޅި އަނެއފަޅި އިޔާޒަށް ފެންނާނީ محشر ދުވަހުން .

    21
  12. ލޯބިވާ ވަތަން.

    ސޮލާހުއްދީން މިސްކިތުން ބަންގި ނުގޮވާކަން އިޔާޒައް އިގޭބާ މަމިއުޅެނީ މިސްކިތާ ޖެހިގެން ހުރި ގެއެއްގަ މިސަރުކާރު ގެ ދީން ވެރިކަނ ހާމަވޭ މުނާފިގު ސޭޙު

    19
  13. ލޯބިވާ ވަތަން

    އިޔާޒު އަކީ އޮލުވާލާ މީހުންގެ ބޮލުގަ ނުހައްގު ތުހުމަތު އަޅުވާ މީހެއް .

    19
  14. ލޯބިވާ ވަތަން

    އިޔާޒަކީ ލާރިއަށް ހޭބަލިބާ މީހެއް.

    21
  15. ދަރަނި ދަންތުރަ

    ކައްކާފައި ހުރިއްޔާ ކައިގެން ފުރާނީ ނުކައްކާ ހުރިއްޔާ ނުކައި ފުރާނީ ، އިޔާޒު ރުހޭ ނަމަ ހަލާލް ނުރުހޭ ނަމަ ހަރާމުން ހަރާމް ކޮންކަހަލަ ސޭހެއް

    22
  16. ޖާނޭ

    ހައްޤުބަސް ވިދާޅުވާ ބޭފުޅާ ދެއްތޯ އިމްރާނަކީ ޔޫސުފް ޢަލައިހިއްސަލާމު ފަދަ ބޭފުޅެއްގެ ގޮތުގައި ސަފަ ކުރުމާއި، އިބޫ ސޯލިޙަކީ ކީރިތި ރަސޫލާ ދުޢާ ލެއްވި ބޭފުޅެއް ކަމަށް ސިފަ ކުރުމަކީތޯއެވެ. މީހުނާ ޒާތީވެ، ސުއްދާނު ނުހިފިގެން ހިތުގައި ތިޔަ ގޮތަށް ހަސަދަ ލައިގެން އުޅުމަކީ އިސްލާމްދީން ހުއްދަ ކުރާކަމެއް ނޫނެވެ. ޑރ.އިޔާޒު ތިޔައީ ހަސަދައިން ފުރިފައި ހުރި ޢިލްމު ލިބި މީހިނާއެކު އުޅެންނޭގޭ ބޮޑު ހަސަދަ ވެރިއެކެވެ. ޥެންޓިލޭޓަރުތައް ކައްވާލާ، ރާއްޖޭގެ ސަރަހައްދުން ބޮޑު ބައެއް މޮރިށޝަސް އަށް ވިއްކާލައި، ށ. ޢަތޮޅުން ބައެއް ރަށް ރަށާއި ތ. ޢަތޮޅު ކަނިމީދޫ ޑްރަގް ޑީލަރަކަށް ވިއްކާލައި ރާއްޖޭގެ ދުވަސް ދުއްވާލައި ގެރިއަށް އަޅުކަން ކުރާ ހަރުބީ ކާފަރުންނަށް ރާއްޖޭގެ މިނިވަން ކަން ވިއްލާލުމުންވެސް އިޔާޒަށް ހަމަ އޯކޭ. ޢެމް.ޑީ.އެން ހިމާޔަތް ކޮށްގެން އިސްލާދީނަށް ހަޖޫ ޖެހުމަށް ހުއްދަ ދިނުންވެސް ހަމަ އޯކޭ. ތިޔައީ ބޯހަމަ ޖެހޭ މީހެއްތަ؟

    16
  17. ކަޅު ހުއްތު

    ބޮޑުތާކިހާއަޅާފަ އެކަކު އިއްޔެ މެންދުރު ނުކުމެބުނީ ފާހިސް ކަންތައް މުޅިގައުމުގަ އާންމުވަނީއޭ އަޅާލާނެ މުއައްސަސާއެއްނެތޭ. އެދުވަހުވެސް ހުރީ ހަނު، ހަމަމިސަރުކާރައް ސަނާކިޔާލަކިޔާލަ
    ދެން ދުނިޔެވީ އަމިއްލަ އެދުމައިގެން ބަޔަކައް އުޅެވޭނީ މިހާކައްވަރައްދޯ!

    19
  18. މުސްލިމްމީޙާ

    ޢެމްޑީޕީ އެއްވެސް ލީޑަރެއްގެ ފަހަތަށް ނޭރޭނެ ސެކިއުލަރ ދައުލަތަކަށް މިގައުމު ބަދަލު ކުރުމަށް ޔޫރަޕްމީހުންނާ ގުޅިގެން މެކުހަށް ޖަހާފަ ދޯކްތަރު އިޔާޒް އަށް ސަލާމްް

    18
  19. ދީދީ

    އެހެންވީމައި އިމްރާނަކީ މަންމަނު ޝައިތާނެއްތާ. އޭނާވިއްޔަ ބުނީ ޑރ އަފްރާޝީމް މަރާލި މީހުން އެނގޭކަމާއި ހެކިވެސް އެބަހުރިކަމަށް. ނިކަން ބަލާބަލަ ދުނިޔޭގެ ކަންހިނގާގޮތް އެދުވަހު އޭނަ އެވާހަކަދެއްކީ ހެކިވެސް މިހިރީއޭކިޔައިގެން ޔާމީނުގެ ބޮލުގައި އެކަން އަޅުވައިގެން. މާތްﷲ ގެ ކުޅަދުންވަންތަކަމުން މިއަދު އެއިމްރާނު އެހެރީ ފުލުހުންގެ އިދާރާގެ ވެރިޔާކަަމަށްވެފައި. އެކަމަކު އެދުވަހު އެދެއްކި ވާހަކަ މިއަދު ނުދައްކާވާހަކައަކަށް ވެއްޖެ، މިއަދު ހެއްކެއްވެސް ނުދެއްކުނު. އެހެންވީމައި އިމްރާނުވާނީ މިގައުމުގައި ހުރި އެންމެ ބޮޑު މަަންމަނު ޝައިތާނު ކަމަށްތާ، ބައެއްދުވަސް ދުވަހު އޭނާވޭ ވާހަކަ ދައްކާ ޝައިތާނަަކަށްވެސް ތިބުނާގޮތުންވިއްޔާ.
    ދެން ކަލޭމެން ބައިއަތުހިފައިގެން ތިއުޅޭ ސޯލިހް ވަނީ ކޮންކެޓަގަރީއެއްގެ ޝައިތާނަކަށްތޯ ބުނެލަދިނުންއެދެން. އޭނާގެ ވެރިކަމުގައި ވެެންޓިލޭޓަރުން ވައްކަންކޮށްފި، ޓުއަރިޒަމް މިނިސްޓަރަކަށްހުރެ އަލީ ވަހީދު ޖަރީމާހިންގައިފި، ސޯލިބޭ އޮރިޔާންކޮށްލާނަމޭބުނާއިރަށް އައްޔަ ލަންޑަނަށްފޮނުވައިގެން އެކަން އޮއްބާލައިފި، ޔޮޓުގައި ހިންގިކަމަށްބުނާ ރޭޕްކޭސް އޮއްބާލައިފި، ލިވާތު ކުރިމީހުންގެ ތެރެއިން ސޯލިބޭގެ އެކުވެރިޔާގެ ބްރޯ މިނިވަންވެއްޖެ، އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު ސޯލިބޭގެ ގާތްމީހުންނަށް އެ ލިބުނީ ޑޮލަރު ގަތުމަށްކަަމަށް ހަދައި އެކަން އޮއްބާލައިފި. މިގައުމު އިންޑިޔާއަށް ވިއްކާލައިފި. އެހެންވީމައި ކަހީނުގެ ޖިންނި ދެންއެންމެ އަވަހަށް އަންނައިރަކުން މިސޯލިބޭ ހިމެނޭ ޝައިތާނީ ކެޓަގަރީ ބަލައި ހާމަކޮށްދިނުން އެދެން.

    12
  20. ކޮވިޑް

    ފުރަތަމަ ކަމަކަށް ކަލޭތީ އިސްލާމްދީން ޤަބޫލު ކުރާ މީހެއްތަ؟ ނޫނީ ކަލޭ ޤަބޫލު ކުރަންތަ ކަލޭތީ ފައްކާ މުނާފިގެއްކަން؟

    20
  21. ކކ

    މީނާ [ދެފުއްކެހެރި] ދައްކާ ވާހަކާ ދަރިންގެ ދަރީންގެ ގާތުވެސް އަޑުނޭހުމަށް ވަސިއްޔަތް ކުރާނަން

    18
  22. ހުސޭނުބޭ

    ކަލޭ ފިތުވަވެރިކަމުގައި ތަޅާ ހުސްއަނގައަކީ ހައްޤުބަސް ދޯ.

    18
  23. އިބްރާ

    ކަލެެއާއި ޒައިދު ދައްކާ ވާހަކަ ގަބޫލު ކުރާ ބަޔަކު އުޑު ދަށަކު ނެތް މުނާފިގުންގެ ހުރިހާ ކަމެއް ތިބައިގަޑުގައި އެބަހުރި ވަރަށް ސަލާމް

    20
  24. ސައްލޭ

    މިހާތަނަށް ކަލެެއާއި ކަލޭގެ ގްރޫޕް ޓްވިޓަރގަ ވިއަސް އެހެން ޕްލެޓްފޯރމްއެއްގަ ވިއަސް ދައްކާ ވާހަކައަކަށް ލިޔާއެއްޗަކަށް ތާއިދު ކުރަނީ ކޮންބައެއްތޯ އަޅެ ބަލަން ވެއްޖެއެއްނު ހަމައެކަނި އެއަށް ސަނާ ކިޔަނީ އަނެއް ދެ މުނާފިގުންއރކަނި އެހެން މީހުން އަންނަނީ ރުޅި މިކަމަށް ވެސް އަޅެ ތި ކުރަފި ސިކުޑިން ވިސްނަން ވެއްޖެ ކަން ނޭގޭ ރަގަޅު ގޮތަކީ ތިފަގުޑިތައްބާލާފަ ރީދޫ ޓީޝާރޓް ލައިގެން ނިކުމޭ އެކަމު ދީނޭ ކިޔައިގެން އަގަ ނުހުޅުވާތި

    11
  25. ގާޒީ

    މިދެން އިލްވެރިން އުޅެންވީގޮތްބާ؟

    13
  26. އއ

    މީނައަށް މިސަކުރުގެ ކޮރެޕްޝަނާ ނާއިނަސާފު ހުރިމިންވަރާ އޭގެ ސުންޕާކަން ހަމަ އިހުސާސް ނުވަނީބާ؟

    10
  27. ޢ

    އިއާޒްކީ ދީނީސޭހަކައްވުރެ ސިޔާސީސޭހެއް

  28. ކޮބާތަފާތަކީ

    އިބޫވެސް ކިތައް އަހަރުވަންދެން އެހުރީ އަންނި ކައިރީ އަންނި ކުރިހާ ކަމަކަށް ތާއީދުކޮށް، ހައްގު ބަޔާންނުކޮށް، މުންކަރާތްތައް ނަހީނުކޮށް، ހެޔޮކަންތަކަށް އަމުރުނުކޮށް ނުބައިކަންތައް ނަހީނުކޮށް. އަންނިއާއެކު މުޅި އުމުރުހެން ހޭދަކުރި މީހެއް އިބޫއަކީ. އިބޫ އެކަންކަމުން މިއަދު ސަލާމަތްވާނީ ކޮންކަމެއް ކޮށްގެން؟ ނޫނީ އިބޫ އެދުވަސްތަކަށް ތައުބާވީތަ؟ އިބޫއާ އަންނިއަކީ ތަފާތު ދެ މީހުން ނޫންކަމާ އަދި އިބޫ އަންނި ބަލައިގަންނަތަން ރީތިކޮށް ފެންނާނެ އިބޫ ޕްރައިމަރީއިން މޮޅުވެއްޖެނަމަ.

  29. ލޯބިވާ ވަތަން

    އިޔާޒުގެ މަކަރުވެރި ކަމުން ދިވެހިން ހިމާޔަތް ކުރެއްވުން އެދި މިހަށިގަ ފުރާނަ ހުރިހާ ހިނދަކު މި އަޅާ އަލާހަށް ދުޢާ ދަންންވާނަން އިލްމު ވެރިންގެ ތެރޭ ތިބީ ގިނައިން ހައްގު ނޫ ލާރި ކާއި މުދާ ބައްކުރާ ދަޖާލު އިލްމުވެރިން އޭގެ ތެރޭ މުލު މުްލާ އަކީ ިޔާޒު ޒައިދު އިލްޔާސް އަދި މިމީހުންނާއި ގުޅުން ހުރި އިލްމު ގެރިން

  30. ލޯބިވާ ވަތަން

    ކެންސަރަށް ވުރެ ނިރަށްކާ ބަތްޔެއް އިޔާޒަށް ތިހިރީ ޖެހިފަ ދީނަށް ފުރަށްސާރަ ކުރާ ރާބޯ ވެރިއެއްގެ ދަށުވެފާ މިސްކިތް ތަކުގެ ހުރުމަޔް ކަޑާ މީހުންގެ ދަށުވެފަ ސަފާރީ އާއި ގެދޮރުގެ ދަހިވެތި ކަމުގަ ބަނޑު ކެނޑިަ.

  31. އިސާ

    ތިއިން ކޮންމެސޭކަކީ މިއަދު ވެރިކަމުގައި ލައްޒަތާއި މަންފާއަށް އަނބިދަރިންނަށް ހަރާންލާރިދީގެން އުލޭ ޖާހިލުން. ހާއްސަކޮން އިޔާޒް. ދެދަޅައަށް ހަށިވިއްކަމުންދާއިރު އެތަންތަނުން މަންފާވެސް ހޯދަމުންގެންދާ ފަރާތެއް، އެއީ މުންކަރާތެއްނޫންތޯ. ދުނިޔެމަށްޗައް ސިޔާސީ ޒާތީވެ ފާލުވެގެންވާ ބޮޑު ހާއިނެތް

  32. ލޯބިވާ ވަތަން.

    ކެންސަރަށް ވުރެ ނިރަށްކާ ބަތްޔެއް އިޔާޒަށް ތިހިރީ ޖެހިފަ ދީނަށް ފުރަށްސާރަ ކުރާ ރާބޯ ވެރިއެއްގެ ދަށުވެފާ މިސްކިތް ތަކުގެ ހުރުމަޔް ކަޑާ މީހުންގެ ދަށުވެފަ ސަފާރީ އާއި ގެދޮރުގެ ދަހިވެތި ކަމުގަ ބަނޑު ކެނޑިަ..

  33. ވަގުސަރުކާރު

    ވާހަކަ ދައްކާ ސައިތާނު މިހާރުވެސް އެގިއްޖެ! ދިވެހި އުންމަތް ޖީބަށް ވަންނަ ފައިސާކޮޅަކަށް އަވަށްޓެރިޔއަކަށް ވިއްކުމަށް ތާއިދުކުރާ މީހާ ވާނީ ބާތިލަށް ތާއިދުކުރާ މީހަކަށް. ޢެމީހާވާނީ އެބުނާ ވާހަކަ ދައްކާ ސައިތާނަށް. ޢަދި އެކަމަށް ހަނިހުރެ ޖީބު ބޮޑުކުރުމުން އެވށނީ މަންމަނު ސައިތާނަށް. ބުނެވިދިޔަ މީހާއަކީ ޑުއަލް ސަެިތޯނެއް. ޢެއީ މަންމަނު އަދި ވާހަކަ ދައްކާ ސައިތާނު

  34. ޖާނޫ

    ކަލެއަކީ ހައްޤު ބަހޭ ކިޔައި މީހުންނަށް ނަސޭހަތް ދެވޭ ވަރުގެ ހެޔޮލަފާ މީހެއް ނޫން. ކަލޭގެ ހިތަކީ ޒާތީ ތައައްސުބުން ފުރިގެންވާ ހިތެއް. ކަލޭ މަސައްކަތްކުރަނީ ސީދާ އެމްޑީއެން މީހުންނާއެކު. ކަލޭތީ ދިވެހިޤައުމު އަޅުވެތިކުރަން ފައިނަގާފައި ހުރި ބޮޑު ޚާއިނެއް.

  35. ޢަހު

    ޑރ ޢިޔާޒް އަކީ ޙައްގު ބަޔާންކޮށް ޙައްގަށް މަސައްކަތް ކުރާމީހެއްނަމަ ކީއްވެބާ މިސަރުކާރުން ކުރާ ލާދީނީ އެއްވެސްކަމެއް ނުފެންނަނީ ޙައްގުބަސް ބުނަން ކެރޭމީހާ ކިތަންމެ ގާތްމީހަކު ކުރިޔަސް ނުބައިކަމެއް ކޮއްފިއްޔާ ޙައްގުބަސް ބުނާނެ ޑ ޢިޔާޒަކީ ޙައްގަށް މަސައްކަތް ކުރާ މީހެއްކަމަށްގަބޫލު ނުކުރެވޭ އެއީ ލާދީނީން ފަހަތުގަ ޙައްގުބަސް ބުނާމީހަކު ނުހުންނާނެ

  36. މާބޭރު

    ޙައްޤު ބަޔާންކޮށް ދިނުމުގައި ހަސަދަވެރިވުން އޮވޭތަ!