އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކ. ގުރައިދޫއަށް ވަޑައިގަތުމުން އެ ރަށު ކައުންސިލްގެ ރައީސް ހުސެއިން ޔާމީން ކައުންސިލްގެ އިދާރާއަށް ނުވެއްދި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ޔާމީން "ވަގުތަށް" ވިދާޅުވީ ރައީސް ސޯލިހް ގުރައިދޫއަށް ވަޑައިގަތުމުން އެ ރަށުގެ އިދިކޮޅު ސަޕޯޓަރުން އިހްތިޖާޖެއް ކޮށްފާނެތީ ބޮޑު ސަރަހައްދެއް ބަންދުކޮށްފައިވާ ކަމަށެވެ.

ގުރައިދޫ ކައުންސިލް އިދާރާ ހުންނަނީ އެ ރަށުގެ ބަނދަރު މަތީގައެވެ. ޔާމީން ވިދާޅުވީ އޮފީހާއި ގާތްގަނޑަކަށް 200 އެއްހާ މީޓަރު ދުރުން އޮތީ ބަންދުކޮށްފައި ކަމަށެވެ. އަދި ފުލުހުން ކައިރީގައި އޮފީހަށް ދާންޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވުމުން ވެސް އެ ފުރުސަތު ނުދިން ކަމަށް އޭނާ ވިދާޅުވިއެވެ.

" ފުލުހުން އަޅުގަނޑު ހިފެހެެއްޓީ އޮފީހާ 200 މީޓަރު ދުރުން. ދެން އަޅުގަނޑު ބުނިން ލިޔެކިއުންތަކުގައި ސޮއިކުރަން ދާންޖެހޭ ވާހަކަ. ނަމަވެސް ހުއްދައެއް ނުދިން. ދެން ގުޅީ މިނިސްޓަރު އިމްރާނަށް. އިމްރާން ވިދާޅުވީ އެބަ ހަމަޖައްސާދެމޭ. އެކަމުވެސް އަޅުގަނޑަށް އޮފީހަށް ދިއުމަށް ފުލުހުން ހުރަސްއެޅި." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އޭނާ އޮފީހަށް ދިޔައީ މީހެއްގެ ގޯއްޗަކަށް ވަޑައިގެން ކައުންސިލް އިދާރާގެ ފާރުމަތިން އަރައިގެން ކަމަށެވެ.

ގުރައިދޫއަށް ރައީސްއަކު ވަޑައިގަންނަވައިގެން މިކަހަލަ ކަމާއި އަދި ދުވަހަކުވެސް ކުރިމަތިވެވަޑައި ނުގަންނަވާ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އާދަނު

    ނަނަނަނާ ވެރިކަމެއް މިއޮތީ! 9 ސެޕްޓެމްބަރުގައި ވެއްޓުނީމާ އަދި ފޯރިހުންނާނީ!

    60
    1
  2. ޑައެލޯގް

    ފަޒުނާ ބުނާނެ އިބޫގެ ވެރިކަމަކީ ވަރަށްމިނިވަންކަން ދީގެންއުޅޭ ވެރިކަމެއްކަމަށެވެ. އަދި އިބޫވެސް ކައުންސިލަތަކާ ދޭތެރެދޭތެރެއިން ބައްދަލުކޮށް ބުނާނެ ކައުންސިލުގެ ލަފަޔާއެއްގޮތަށޭ ހިންގަންބޭނުންވަނީ!! އެކަމަކު ކައުންސިލްގެ ރައީސް އެރަށުގެ މީހުންނަށް ދޭންޖެހޭ ހިދުމަތް ދިނުމަށްވެސް މިހާރުއެއޮތީ އިބޫ ހުރަސްއަޅާފައެވެ. ދެންކޮންމިނިވަންކަމެކޭ އިބޫއާއި ފަޒުނާއެކިޔަނީ

    24
    1
  3. Anonymous

    ކައުންސިލް ރައީސަށް ނާންގާބާ ގައުމުގެ ރައީސް އެރަށަ

    13
    2
  4. ދަރަނި ދަންތުރަ

    މިރަށަށް ތި ދިޔައީ ރައީސް އެއް ނޫން ފުރޭތައެއްތާ

    28
    1
  5. މުޙައްމަދު

    ފުލުހުންނަށް ކޮމާންޑް އައިގޮތަށް މަސައްކަތް ކުރީ. ފެެއިލްވާނީ މިހާވަރަކަށް.

    29
  6. ޒާ

    ރަށެއްގެ އެންމެ އިސްފަރާތަކީ ރަށުކައުންސިލްގެ ރައީސް. އޭނާގެ ރަސްމީ ވާޖިބަށް ފުލުހުންނަށް ހުރަހެއް ނޭޅޭނެ. ފުލުހުންނަށް އުޅެނީ ގާނޫނުން ލިބިދޭބާރު މާނަ ކުރުމުގާ ހައްދުން ނެއްޓިގެން. މިއުޅެނީކީ ކުއްލިހާލަތު އިޢިލާންކޮށް ކާފިއު ހިންގައިގެނެއްނޫން. ތިއިތީވާ ވެރިއަކު. ތިނޫނީ ރައީސަކު ރަށަކަށް ނާރާ. ވޯޓްހޯދާށޯއެގޮތަށްވެސް ރަށްރަށަށް އަރަނީ. ރައްޔިތުން ބަނދެފާ ވޯޓްލާބަލަ.

    24
  7. ކަޅިރަވަ

    ވެއްޓޭނެ.. މަތިމަތިން ލާރި އޮއްސާ ނެގިޔަސް ވެއްޓޭނެ...

    30
  8. އަހްމަދު

    ކޮބައިތަ ފަޒުނާ؟ ޓްވީޓެއް ކޮށްލަބަލަ ފިރިސޮރުގެ ހަމަހަމަ ސިޔާސަތަށް.

    28
  9. ލީލީ

    ޑިމޮކުރަސީ ފައްކާވަނީ

    10
  10. އެޑިޓް

    ސައިޒް އޮޅިގެން އުޅޭ މީހުންނަށް ވާނީ ތިހެން.

    1
    3
  11. ހެ

    މިވެސް އެހެންބަޔަކު ކުރިކަމެއްނަމަ ހުރީސް ފޯރި.ލަދު ހަޔާތް.