ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދާ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންސްގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓަކު ކަނޑައަޅައިފިއެވެ.

މިއަދު ބޭއްވި އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ކ. ގުރައިދޫ، ފައިވްރޯޒް، މުހައްމަދު ޝާޒެވެ. އެމްޑީޕީގެ ޕްރައިމަރީގައި ޝާޒަށް ވަނީ 311 ވޯޓު (%56.86) ލިބިފައެވެ. އެއީ ގުރައިދޫން ލިބުނު 171 ވޯޓާއި ކ. މާފުށިން ލިބުނު 82 ވޯޓާއި ކ. ގުޅިން ލިބުނު 29 ވޯޓާއި މާލެ އިން ލިބުނު 29 ވޯޓެވެ.

ޕްރައިމަރީގައި ޝާޒްއާ އެކުގައި ހަތަރު މީހަކު ވާދަކުރިއެވެ.

1- މުހައްމަދު މުސްތަފާ، ވިވިޑް، ކ. މާފުށި - 66 ވޯޓު
2- ސަލްމާން ރަޝީދު، މާފަރިވާގެ، ކ. މާފުށި - 190 ވޯޓު
3- އިބްރާހިމް ޝާޒް، ފައިވްރޯޒް، ކ. ގުރައިދޫ - 311 ވޯޓު
4- އަބްދުﷲ ސައީދު، ވެލިގެ، ކ. ގުރައިދޫ - 15 ވޯޓު

މެލޭޝިއާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ ރިޒާ އަވަހާރަވެފައި ވަނީ މިދިޔަ މަހުގެ 23 ގައެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ތާއީދު ބޮޑު އެ ދާއިރާގެ ބައި-އިލެކްޝަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބާއްވަން ނިންމާފައި އޮތީ އަންނަ މަހުގެ 15 ގައެވެ.

އެ އިންތިހާބުގައި އެމްޑީޕީގެ އިތުރުން ޕީޕީއެމް، އެމްއެންޕީން އަދި އެމްޓީޑީން ވެސް ކެނޑިޑޭޓުން ނެރޭނެއެވެ. ޕީޕީއެމްގެ ފަރާތުން އެ ދާއިރާ އަށް ވާދަކުރައްވާނީ ރިޒާގެ ކޮއްކޮ ހުސެއިން ރިޒާއެވެ. އެމްއެންޕީގެ ޓިކެޓް ދީފައިވަނީ ގުރައިދޫގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އަލީ އާރިފަށެވެ. އެމްޓީޑީން ވާދަކުރާނެ ކެންޑިޑޭޓެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަރުކޮރު

    ކޮމަންޑޫ އިންތިހާބާއި އެމްޑީޕީގެ ފްރައިމަރީގައި ދެއްކި މަކަރާއި ޙީލަތް މިފަހަރުވެސް ދައްކާނެކަމަށް އުންމީދުކުރަން. އޭރުން މަޖިލިސް ތެރޭ އަންހެނުން ގައިން ވަސްބަލާ ވާހަކަ ދެއްކީމާ މަޖިލީހުގެ ހައިބަތު ބޮޑުވާނީ. ބޯހަލާކު!

    41
    1
  2. ރާ ބޮއެ ވިއްކާ ބަހާ ހަކުރާ ހަނޑުލާ ބަހާ މީހަކު ގާނޫނު ހަދާ މަޖްލިސްއަށް ވެއްދަން އުޅުނީމާ ޑިމިކްރަސީގެ ކޮރުކަމާއި ކަނުކަން ހާމަނުވާނެތޯ…

    42
    3
    • ހުވާ؟

      އަހަރެން މީ ޝާޒު ގެ ކަންކަން ދަންނަ މީހެއް.. އޭނާ އަކީ ބޯބޮޑު އަދި ހިންގުންތެރި މީހެއް.. މީހުނާ ގުޅިގެން މަސައްކަތް ކުރަން ދަންނަ ކަންކަމުގެ ތަންދޮރު ދަންނަ މީހެއް