ރާއްޖޭގައި ގެސްޓްހައުސްގެ ވިޔަފާރި ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ނޫން ކަމަށާއި އެއީ އޭގެ ކުރިން ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ގަރާރަކުން ފެށުނު ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ސޯލިހު މިއަދު ކ. ގުރައިދުއަށް ވަޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމަށް ބޮޑު ބަދަލެއް އައީ މި ވޭތުވެދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި މީގެކުރިން ނަމަ، ރަށްރަށުގައި ގެސްޓްހައުސް ހެދުމަކީ މަނާ ކަމެކެވެ. އޭރު ގެސްޓްހައުސް ހެދެނީ ހަމައެކަނި މާލޭގައި ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހް މިއަދު ކ. ގުރައިދޫގައި.

"އެއަށް ފަހު ރަށްރަށުގައި ގެސްޓްހައުސް ހެދޭނެ ގޮތަށް ބަދަލު ގެނައީ ކޮން އިރަކު ކޮން ބައެއްތޯ މިއީ ވެސް ވިސްނަން ޖެހޭ ކަމެއް. ތެދެއް އަޅުގަނޑުމެންގެ ކުރީގެ ވެރިކަމުގެ ތެރޭގައި އެބަހުރި މަސައްކަތްތަކެއް ކުރެވިފައި. ނަމަވެސް ކުރީ ސަރުކާރުން އެ ނިންމާފައި އޮތް ނިންމުން ބަދަލު ކުރީ އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަދަލުވުމުގެ ކުރިން މަޖިލިސް ތެރެއިން،" ނަޝީދު ވިދާޅުވިއެވެ.

"ގެސްޓްހައުސް ލާޒިމް ކުރީ މަޖިލިހުގެ ގަރާރަކުން"

ރައީސް ސޯލިހް މިއަދު ކ. ގުރައިދޫގައި.

ރައީސް ވިދާޅުވި ގޮތުގައި ރަށްރަށުގައި ގެސްޓްހައުސްތައް އެޅުނީ ސަރުކާރަށް ލާޒިމް ކުރާ ގަރާރެއް މަޖިލިސް ތެރެއިން ފާސް ކުރުމާ ގުޅިގެން ކަމަށާއި އެ ގަރާރު ފާސް ކުރީ 2008 ވަނަ އަހަރުގެ ކުރީކޮޅު ކަމަށެވެ. ނަޝީދު ވެރިކަމަށް ވަޑައިގެންފައި ވަނީ 2008 ވަނަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައެވެ.

"އޭރު މަޖިލިހުގައި ތިއްބެވި ބޭފުޅުން މިތިއްބެވީ. މޫސާ މަނިކު، އަބްދުﷲ ޝާހިދު، މާރިޔާ ދީދީ، އަޅުގަނޑު ހިތުން މަހްލޫފް ވެސް އެ ތަނުގައި އިންނަވާނެ. އަދި އަޅުގަނޑަށް ވެސް އެ ތަނުގައި އިންނަވަން ޖެހުނު،" ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން 25 އަހަރު ދުވަހު ކުރެއްވި ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް މިއަދު ކ. ގުރައިދޫގައި.

ރައީސް ވިދާޅުވީ އެ ގަރާރު އޭރު ފާސްވީ އެއް ފަހަރަށް ވުރެ ގިނަ ފަހަރު މަޖިލީހަށް ހުަށަހަޅައިގެން ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުމެންގެ ކުރީ ސަރުކާރުގައި މަސައްކަތްތަކެއް ޕްރޮމޯޓުކުރަން ނުކުރާ ވާހަކައެއް ނޫން. ނަމަވެސް، މި ފުރުސަތު ރަށްރަށަށް ލިބިގެން ދިޔައީ 2008 ވަނަ އަހަރުގެ ކުރީކޮޅު މަޖިލީހުން ފާސްކުރި ގަރާރަކުން،" ރައީސްގެ ވާހަކަ ތަކުރާރު ކުރައްވައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށްރަށުގައި ގެސްޓްހައުސްތައް ކުރިއަށް ގެންދިއުމަށްޓަކައި ދަތުރުފަތުރުގެ ނިޒާމާއި ލިބެން ޖެހޭ ހިދުމަތްތައް ފުޅާ ކުރުމަށް ފަށާފައިވާ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި މި ދައުރު ނިމުމުގެ ކުރިން ކުރެވޭނެ ގިނަ މަސައްކަތްތަކެއް ހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ކަމަނަ

    ތީ ބޮޑު ދޮގެއް

    37
    1
  2. ނަގިލި

    ދުނިޔެ އަކީ ވައް އެއްޗެއްކަން ވެސްހޯއްދެވީ ނޫޜާނީގެ އިބްރާހިމް .ބޯހަލާކު ވެރިކަމާހެދި މޮޔަވެފަ

    42
    2
    • އައްޔަ

      އެހެންނުވާނެ. އިއްޔެއާއި ޖެހެންދެން ހިންވަރު އިބުރާހީމް ބުނީ ދުނިޔެ އޮންނާނީ ބޮޑު ބަޖިޔަލެއްހެންނޭ. ދުނިޔެ ވައްކޮށް އޮތްތަން ފެނުނީ އެމްޑީޕީ ޕްރައިމަރީއަށް ވީފަހުން. މިހާރު މިނައަށް ދުވަހަކު ލޮލަށް ނުފެނުނު ރަށްތައްވެސް މާދުރުން އެބަ ފެނޭ

  3. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    އިބޫ ގޮވާ ބަނދިވަރަކުން ބޮލާ ނޮހޮރުއްޕާން. މިހާރު ގެސްޓް ހައުސް ވިޔަފާރީ ގައި ވެސް ބަގުޑި ބެއްދީ. ޔާމީން އޭ ގެސްޓް ހައުސް ވިޔަފާރި ފެއްޓެވީ ވެސް އިބޫ ބުނެފާނެ. އިބޫ ކަރުބުޑުން އެގޮވާ ވޯޓް ހޯދާ ފޮމިއުލާ އަކީ (1) ދޮގު ހެދުމުގެ ފޮމިއުލާ. (2) ވޯޓާއި ކައިރިވީމާ ކަރާ ފަޅާ ފޮމިއުލާ. (3) ވޯޓާއި ކައިރިވީމާ ކޮތަރައް ކާންދޭ ފޮމިއުލާ.

    33
    2
  4. ޒާ

    އެހެންވީމާ ތިގާނޫނުވެސް ފާސްކުރީ މައުނޫނުތާ. މަހީކުރީ އެންޑީޕީގެ ވެރިކަމުގާކަމަށް. ކަލޯމެންގެ ދުލުން ތިހިރަ ހަގީގަތް ހާމަކުރަނީ. އެހެންވެ މާފުށީމީހުންވެސް ޑޮލަރުފަތި އެޅުވީ ނުބައި މީހެއްގެ ކަރުގަދޯ.

    38
    1
  5. ސާބަސްބޭޓާ

    އެހެންވީމާ ގެސްޓްހައުސް ވިޔަފާރި ފެއްޓެވީ ލޮބުވެތި ޒައީމު މައުމޫނުތާ؟މައުމޫނަށް ސާބަސް.

    40
    3
  6. ތެލުލިމަސް

    ބަލަ ކަލޭއަތުންނޭ ނަޝީދަށް އެވޯޑްވެސް ދިނީ

    37
    1
  7. ޙަޤީޤަތް

    ޒަމާނުއްސުރެން ފެށިގެން އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންގެ ދޫފުޅުން ކަމުގެ ޙަޤީޤަތް ރައްޔިތުންނާ ހަމަޔަށް ގެނެސްދެއްވާކަން އެއީ ތާރީޚަށްޓަކައި ވަރަށް މުހިންމު ކަމެއް. މިރާއްޖޭގެ ކަންކަން އޮޅުވާލައި ޙަޤީޤަތާ ޚިލާފަށް ކަންނުވެ ނަންވެގެން އުޅޭ މީހެއް ކެނެރީގޭ ސޮރަކީ.

    25
    8
  8. ދޮން ހަސަނު

    ދެން ކާކު. ކަލޭގެ ވަތުއޮޑިތަ. ތިހެން ހުރިހާ ކަމެއްގެ ކުރެޑިޓް ޖަހަން ނޫޅޭ. ތިހެންބުނި މި ކޮވިޑް އިރު ޤައުމު ބަޑަށް ނުޖެހި އޮތީވެސް ކަލޭގެ މޮޅުކަމާއި ހިންގުންތެރި ކަމުންނޭ. އެކަމު ހަޤީޤަތަކީ ދޮރާާށި ބަންދުނުކޮށް ހުޅުވަން ނަޝީދު ގޮވާވަރުން އެކަން އެގޮތަށްވީ. އެކަން ކުދިބޮޑު އެންމެންދަނޭ. ތި ގެސްޓް ހައުސްކަންތައްވެސް އޮތީ ތިޒާތު ގޮތަކަށް.

    18
    2
  9. ދދދ

    ގެސްޓް ހައުސް ވިޔާފާރި ފެއްޓެވީ ހަސަން ފަރީދު...އެނގިއްޖެ...2023 އަސުރުމާ ކުުލައަށް...

    15
    3
    • ޔާން

      މިހާރު ފެނާ ނަރުދަމާވެސް މިގޮތަށް ވެރިކޮށް އިބޫ އެދަނީ ރާއްޖެތެރެއިން ނަޖިސްވަސް ފިލުވާލަދިން ބާލިދީ ކަމުގައި އަމިއްލައަށް ބުނަމުން

  10. ާދަލޭކް

    އެއީ މައިންބަފައިން ފެއްޓެވި ކަމެއް ސާބަސް އިތުރުފުޅާއި އެކު ކުރިއަށް ވަޑައިގެން ވެއްޓި ވަޑައިގަންނަވާ. ނަޝީދު ކާންދެއްވި އަތުގައި ދައި އަޅުއްވައިގެން.

    10
  11. ހަސަން

    ސޯލިހު ވެރިކަމައް އެރިފަހުން ތަކެތީގެ އަގުތައް ވީ ބޮޑު އަތް ނުފޯރާވަރަށް، އެންމެފަހުން ބާޒާރު ކޮތަޅުންވެސް 2 ރުފިޔާ ނަގާންފެށީ. ދެން ދައުރެއްދީފިޔާ އަދި މިޔަށް ވުރެ އަގު މަތިވާނެ.

    12
  12. ޙާދިސާބޭބެ

    ގެސްޓު ހައުސްގެ ވިޔަފާރި ފެއްޓީވެސް މައުމޫން، އެންސްޕާ ފެއްޓީވެސް މައުމޫން، ފުލެޓު އަޅަން ފެށީވެސް މައުމޫން ބައެއް ރަށްރަށުގައި އޭލަވްލް އަނެބައި ރަރަށުގައި އޯލަވަލްއާށް ކިޔަވަދެވޭގޮތަވެސް ހަމޖެއްސީ މައުމޫން، ރީޖަނަލް ހޮސްޕިޓާތަކާއި އަތޮޅު ހޮސްޕިޓަލްތަށްވެސް މައުމޫން ރައްޔަތުން އަތުން ޖީއެސްޓީ ނުނަގާ މިކަންކަން ކޮށްދިނީތީ ޝުކުރިއްޔާ!

    19
  13. ހައްގާއިބާޠިލު

    ބާޠިލުގެ މައްޗަށް ޙައްޤު ފާޅުވާނެ ކަމަށް އޮންނަ ބަސްފުޅުގެ މަތިވެރިކަމާއެވެ! ދޮގުހަދައިގެން ނުކުރާ ކަންކަން ކުރި ކަމަށް ދައްކައިގެން އުޅުނެއްކަމަކު އާޚިރުގައި ހަމަ އެމީހުންގެ ދޫތަކުން ޙައްޤު ބަސް ތެދުބަސް ފާޅުވަނީއެވެ.

    15
  14. ޑައެލޯގް

    އެހެންވެއްޖެއްޔާ ތިކަންކުރީ މައުމޫނުއެވެ. އެއީ މައުމޫނުގެ ބާރުއެއިރު އޮންނާނީވެސް އަދި ތަސްދީގުކުރާނީވެސް މައުމޫނުއެވެ. އަދި އިބޫ އެބަބުނޭ ޝާހިދުގެ ވާހަކަ! ޝާހިދަކީ އެއިރު މައުމޫނުގެ މީހެކެވެ. ދެން ޓޫރިޒަމްގެ ވާހަކަ އިބޫބުނާއިރު ޓޫރިސްޓުން ރާއްޖެ ނައުމަށްގޮވީ އިބޫމެންނެވެ. ބޭރުގައި ޓޫރިޒަމް ބޮއިކަޓްކުރީ އިބޫމެނެވެ.

    13
    1
  15. ޒާދާ

    ނަޝީދަކީ ސިއްކަޖެހިގެންވާ ބޮޑުބިޑި ވަގެއް. ރާއްޖޭގައި މިފަހަކަށް އައިސްވެފައިވާ ހުރިހާ ކަމެއްގެ ކްރެޑިޓްވެސް ވަގަށް ނަގައިގެން އެވިއްކަން ގޭގޭގެ މަސްއަށިތައް ދަށުންނާއި ދުމަށިތައް މަތިންނާއި މިސްކިތްތަކުގެ ދާލަމަތީ ހޭކެމުންނާއި ހޮޅުއަށިތަކަށް އަރާ ހޮޅިވާހަކަ އަނބުރަމުން ދުވެ ނަގަނީ. ރަށްރަށު ގެސްޓް ހައުސްވެސް މިއޮތީ އައްބާސް އިބްރާހީމްގެ ބިލެއްގެ ދަށުން ވުޖޫދުވެފައި. ޙެލްތު އިންޝުއަރެންސް ވެސް މަދަނާގެ ދަށުން ދެމުންދަނިކޮށް އެެއަހަރު ރިޔާސީ އިންތިހާބަށް ކުރިމަތިލީ ކޮންމެ މީހެއްގެ މެނިފެސްޓޯގައި ބޯލްޑްކޮށް ލިޔެފައި އޮއްވާ ފެނުނު. ހަމައެފަދަ ޓެކްސްވެސް. ހުރިހާ އޮނިގަނޑެއް ހަދާ ތަންފީޒު ކުރައްވެފައި އޮއްވާ އަންނި ޖިންނިއަށް ވެރިކަން ލެއްގީ. އެހިސާބުން ހުރިހާ އެެއްޗެއް މިކަލޭގެ ވެރި ކުޅަ

    9
    2
    • ޙަލާލް

      ތެދުފުޅެއް

  16. ދފދފދފދފދޒ

    ގެސްޓްހައުސް ވިޔަފާރި ފެއްޓެވީ ރ، ނަޝީދު

    4
    9
  17. ހާނިމް

    ހާދަ ޗޯރު ބައެކޭ. އެކަމަކު ކޮންމެ ފަހަރަކު މެނިފެސްޓޯ ހަދައިގެން އެވިއްކަމުން ހިގާއިރު ތިމަންނަ ގެނަ އެއްޗެކޭ ގޮވާގެން އެމްޑީޕީން ވެރިކަމަށް އަންނަނީ. މިއަދު ހަމަ އެމީހުންގެ އަނގައިން މިވީ މިކަންވެސް ބޭޒާރު. ރައްޔިތުންނަށް އޮޅުވާލިކަމަށްވީ އިއުތިރާފް. މިވަރުގެ ބައެއް އަމާގެ ފައްޓަރުބައި ކީއްކުރަން އަންނައުނުކޮޅުވެސް ވިއްކާނެ. ވަގުންގެ ފީންޏަކުން ދެންފަޅާނެ އިތުރު އެއްޗެއް ނޯންނާނެ. އޭރުގެ އެންޓި މައުމޫން ބަލި ޖެހިފައި ތިބި މީހުންގެ ބޮލަށް ވާލު ސީ ލީމަ އެވެސްވީ ސެންޓަށް އަތަރަށް.

  18. ގުބެދެންސް

    ގެސްޓްހައުސް ވިޔަފާރިފެށީ އިބުރާހިމް މުހައްމަދު ސޯލިހާ ފަޒުނާއާ ދެމީހުން ކުރި ބުރަމަސައްކަތަކުން،،😂

    6
    1
  19. ޔާމީން

    އަންނި ކުރިކަންކަމަކީ ސިފައިން ސިފައިންގޭގައި ނިދަންދީފަ ހުރިތަންތަނުން ނެރެ ގެއަށްފޮނުވާލާ މަގުމަތިކުރި. ސިވިލް ސާވަންޓުން މުސާރަ ކުޑަކުރި ރައްޔިތުން އަތުން ޖީ އެސްޓީ ނަގަންފެށި .ޑޮލަރު ރޭޓް 23 ރުފިޔާ އަށް ބޮޑުކުރި . އެއާޕޯޓް ޖީއެމްއާރ އަށް ވިއްކާލި . ޕެންޝަން ފަންޑު ދަވާލި .ދިރާގުގެ ސަރުކާރު ހިއްސާ ކޭބްލްއެންޑްވަޔަ ލެސް އަށް ވިއްކާލި . ފެންކުންފުނި ހިއްސާ ވިއްކާލި. ހުޅުމާލޭން މާލޭ ރައްޔިތުންނަށް ގޯތި ދޭން އޮތް ބިން އެޗްޑީސީ ކިއާ ކުންފުންޏެއް ހަދާފަ އެތަނަށް ދިން

  20. ހަސަނު

    މިދުވަސްކޮޅު މިސޮރުގެ އަގަޔަ ރެވިތެޔޮ އެޅިގެން މިއުޅެނީ

  21. ސުދީރު

    މިހެން އަނގަތަޅަމުންގޮސް މީނާ އަދި ބުނާނެ މިރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށްއެންމެ ފުރަތަމަ މަސައްކަތްކުރީ ތިމަންނަގެ ބަފާބެޔޭ 1988 ވަނަ އަހަރު ޑިސެމްބަރު މަހުގެ 3 ވަނަދުވަހުންނޭ އެކަންތަށް ފެށިގެންއައީ.