މިއަދު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އައްޑޫ ސިޓީގެ އަޣުލަބިއްޔަތު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހޯއްދަވައިފި ކަމަށް ވަގުތީ ނަތީޖާ އިން ދައްކައިފިއެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާއަށް ބަލާއިރު ރައީސް ސޯލިހް ވަނީ އައްޑޫ ސިޓީން 1989 ވޯޓް ހޯއްދަވާފައެވެ. ރައީސް މުހައްމަދު ނަޝީދު އަށް ލިބިފައި ވަނީ 1846 ވޯޓެވެ. އެހެންކަމުން ދެބޭފުޅުންގެ ދެމެދުގައި ހުރީ 143 ވޯޓްގެ ތަފާތެކެވެ.

ރައީސް ސޯލިހް ވަނީ ކެމްޕޭނަށް ދެފަހަރެއްގެ މަތިން އައްޑުއަށް ވަޑައިގެންފައެވެ. އެމަނިކުފާނު ކެމްޕޭން ނިންމުމުގެ ޖަލްސާ ވެސް ބޭއްވީ އައްޑޫ ގައެވެ.

އަދި އިންތިހާބުގެ ކެމްޕޭން ފެށުނު ފަހުން އައްޑޫގައި ސަރުކާރުން ވަނީ ގިނަ މަޝްރޫއުތަކެއް ވެސް އިއުލާން ކޮށްފައެވެ. އައްޑޫ ސިޓީގެ ހަންކެޑެ ސަރަހައްދުގައި ކުރިއަށް ގެންދަން ނިންމާފައިވާ އިންޓެގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓު ކަމަށް ބުނެ އެތަނުގެ ޑިޒައިން އޮންނާނެ ގޮތުގެ ފޮޓޯތަކެއް އިއްޔެ ވެސް އާއްމު ކުރިއެވެ. ފޮޓޯތައް އިއްޔެ އާއްމު ކުރިއިރު އިއްޔެ އަކީ ހުކުރު ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހުޒާމް ނަޢީމް

    މިހެންވ|ާނެއެއްނު،ކަސްޓަމުން ގެއްލުނު 40ކިލޯވެސް ދިޔަކަމަށް ވަނީ ދެކުނަށް،ތިނަތީޖާގަ ވަރަށް ބޮޑަށް ވަގުވަހާއި ގަޑު ހުތްވަސް އެބަދުވާ

  2. ރަން ރީނދޫ

    الحمد لله. ވެންޓިލޭޓަރު ވަގު ޕީޕީއެމް ގެ ރިޔާސީ ކެންޑިޑޭޓް ފަސޭހަ ކަމާއެކު ބަލިކުރާނެ. إنشاالله

    7
    4
  3. ނނނނ

    އައްނި . 2222
    އިބޫ . 2624

  4. ޢަލީ

    ކޮބާ ނަޝީދޫ. ރޫހު ދިރުވިއްޖެތަ..؟

  5. އަހްމަދު

    ހަމަ ތިގޮތަށް ރިޔާސީ އިންތިހާބުގައި އިބޫ ދޫކޮށްލުން ފެނޭ! ނަޝީދު އެއީ މާޒީ!!!