އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބ. ތުޅާދޫގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީ ރައީސް މުހައްމަދު ނަޝީދު ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފިއެވެ.

ނަޝީދަށް މިރަށުން ލިބިވަޑައިގެންނެވީ 151 ވޯޓެވެ.

ނަޝީދާއެކު ދެން މި އިންތިހާބުގައި ވާދަކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 78 ވޯޓެވެ.

އެހެންކަމުން ރައީސް ނަޝީދު ވަނީ ތުޅާދޫގެ ވޯޓު ފޮށިން 73 ވޯޓުގެ ތަފާތަކުން ކުރި ހޯދާފައެވެ.

މި ރަށުން ރައީސް ނަޝީދު ކުރީގައި އުޅުނު ނަމަވެސް، ގުނަމުން އަންނަ ބައެއް ރަށްރަށުން ނަޝީދަށް އެންމެ ވޯޓެއް ނުލިބޭ ރަށްތައް ވެސް ހިމެނެއެވެ. އަދި ބައެއް ރަށްތަކުން ނަޝީދަށް ލިބުނީ ދަށް ނަތީޖާ އެވެ.

ނަޝީދު ބައެއް ރަށްތަކުން ފަހަތުގައި އުޅުއްވާއިރު، ރައީސް ސޯލިހު ވެސް އުޅުއްވަނީ ބައެއް ރަށްތަކުން ވަރަށް ފަހަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ތީ ލާދީނީމީހުން އުޅޭ ރަށެއްތަ؟ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އިސްލާމްދީނަށް ހަޖޫކިޔާފައި ހުރި ލާދީނީމީހަކަށް ވޯޓުދޭން ހެޔޮވާނެތަ؟

    20
    7
  2. ތިޅދ

    ތިޅދ އެއަރޕޯޓު ނާޅާ ވޯޓު ގިނައިން ލިވޭ ދިމާލެއްގަ އެޅުން މުހިންމު.. ތި އިސްރާފެއް..

    2
    1