ހއ.ހޯރަފުށީގެ އެމްޑީޕީގެ ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅޭ އެކްޓިސްވިޓް 14 އަހަރުގެ އަންހެން ކުއްޖަކާއި ބެހުނު މައްސަލައެއްގައި ފުލުހުންނާއި ހަވާލު ކޮށްފިއެވެ. އޭނާ ފުލުހުންނާއި ހަވާލު ކުރީ އާއްމު ރައްޔިތުން ނިކުމެއެވެ.

ހޯރަފުށިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ މުރުތަﷲ ނަމަކަށް ކިޔާ އެމްޑީޕީގެ އެކްޓިވިސްޓުން ކުއްޖަކާއި ބެހުނު މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ވެސް ފުލުހުން އޭނާ ހައްޔަރު ނުކުރުމުން އާއްމު ރައްޔިތުން ނިކުމެ ވަނީ އޭނާ ހައްޔަރުކޮށްގެން ގެންގޮސް ފުލުހުންނާއި ހަވާލު ކޮށްފައެވެ.

ހައްޔަރުކުރި މީހަކީ އެ ރަށުގެ އައިސް ޕްލާންޓުގައި މަސައްކަތްކުރާ މީހެކެވެ.

ހޯރަފުށީގައި ކުޑަ އަންހެން ކުއްޖަކާއި ބެހުނު މައްސަލައިގައި ފުލުހުން އަދި އެއްވެސް މައުލޫމާތެއް މީޑިއާއަށް ހާމައެއް ނުކުރެއެވެ. އާއްމު ގޮތެއްގައި ފުލުހުން އެފަދަ މައްސަލަތަކުގައި ހާދިސާ ހިނގާ ރަށެއް ހާމައެއް ނުކުރެއެވެ. ތުހުމަތުގައި މީހަކު ހައްޔަރު ކުރިނަމަވެސް އެކަން ވެސް އިއުލާން ކުރަނީ ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރައްޔިތުމީހާ

    ތިޔަކީ ހިންގާނެ މައްސަލައެއްނޫން ތިޔަވިދާޅުވަނީ އެމްޑީޕީގެ އެކްޓިވިސްޓެކޯ ފުލުހުންވެސް މިހާރުތިބޭނީ އޭނާގެ ދިފާޢުގައި އަތުކުރި އޮޅާލައިގެން

    57
    6
  2. ޗަކަ މަރީނާ

    ތިޔ މައްސަލަދާނީ ފަނުފުލުން އެންޑިޕީ ގައި ރަޖްސްޓަރ ވެފައިވާ މީހުންނަކީ މިހާރު ހިމާޔަން ލިބިފައިވާ ބައެއް

    3
    3
  3. މުޙައްމަދު

    ފުލުހުން ނުބެލީމަ ތީ ރައްޔިތުން ބަލަންޖެހޭ މައްސަލައެއްތާ. އެސޮރު އަންނާނެ ހަށި ފޮޅާލާފަ.

    4
    1
  4. ހޯރަފުށީ މީހާ

    މުރަޔެއެއް ކުއްރަޔެ ނޯނާނެ.

  5. ކަރާ މޯލަޑިވްސް

    އެމްޑީޕީ އެކްޓިވިސްޓުން ތިކަހަލަ ކަންތަކެއް ނުކުރާނެ .

  6. ރޯޝަން ނަހާރު

    ހޯރަފުއްޓަކީ ކުށްގިނަ ނާމާން ވެއްޓެއް އޮތް ތަނެއް މައުމޫނު ގަޔަށް ވަޅިޖަހާ ޙުސައިނުބޭ އަނިޔާވެރިގޮތުގަ މަރާ މަސްތުވާތަކެތީގެ ހާއްޔަކަށް ވެފައި އޮތް ރަށެއް