(ޅ.ހިންނަވަރު) ފާދިއްޕޮޅުގައި މޯލްޑިވިއަން އިން ހިންގަމުން ގެންދާ މަޑިވަރު އެއާޕޯޓަށް މިއަދު "ވަގުތު" ނޫސްވެރިން ދިއުމުން އެރަށުން ނޫސްވެރިން ބާލުވައިފިއެވެ.

މިހާރު ފާދިއްޕޮޅަށް ކުރަމުން އަންނަ "ހޭރިޔާ" ދަތުރުގައި ބައިވެރިވާ "ވަގުތު" ފޮޓޯގްރާފަރުންނާއި ޖާނަލިސްޓުން ހިމެނޭހެން ޖުމްލަ 15 ނޫސްވެރިން މިއަދު މަޑިވަރަށް ދިޔައީ އެއާޕޯޓްގެ ފޮޓޯ ނެގުމުގެ ހުއްދަ މޯލްޑިވިއަން އިން ހޯދައިގެންނެވެ. ނަމަވެސް އެއާޕޯޓަށް ދިއުމުން އެއާޕޯޓްގެ ފަސެންޖަރ ޓާމިނަލްގެ ކުރިމަތި ފިޔަވައި އިތުރު އެއްވެސް ތަނެއްގެ ފޮޓޯއެއް ނުނެގޭނެ ކަމަށް ބުނެ މޯލްޑިވިއަންގެ މުވައްޒަފުން ވަނީ "ވަގުތު" ނޫސްވެރިންނަށް ހުރަސް އަޅާފައެވެ. އަދި އެއާޕޯޓްގެ މަސައްކަތްތަކާއި ގުޅޭ ގޮތުން އިންޓަވިއުއެއް ވެސް ނުދޭނެ ކަމަށް މޯލްޑިވިއަން އިން އެންގިއެވެ.

"ވަގުތު" އޮފިޝަލަކު ބުނީ މަޑިވަރު އެއާޕޯޓަށް ނޫސްވެރިން ދިޔައީ އެކަމުގެ ހުއްދައަށް ލިޔުމުން އެދި، އަދި އެއާޕޯޓްގެ މެނޭޖަރ މުހައްމަދު ކާރިމް އާއި ފޯނުން އެތައް ފަހަރަކު މުއާމަލާތްކޮށް، ހަމަޖައްސަން ޖެހޭ ހުރިހާ ކަމެއް ހަމަޖައްސާފައި ކަމަށެވެ.

"ކާރިމް އާއި ތަކުރާރުކޮށް ވާހަކަދެކެވި، ނޫސްވެރިން މަޑިވަރަށް ދާނެ ގަޑިއާއި ހުރިހާ މައުލޫމާތެއް ދެވުނު. ނަމަވެސް އެންމެފަހުން މިއަދު ހެނދުނު ކާރިމް ވިދާޅުވީ އޭނާ މިއަދު ސަލާމްގައޭ ހުރީ. އެހެންވެ އެއާޕޯޓަށް ވަޑައެއް ނުގަންނަމޭ. ނޫސްވެރިންނާއި ބައްދަލު ކުރާނެ އެހެން ބޭފުޅަކު ހަމަޖައްސާނަމޭ. ނަމަވެސް އަޅުގަނޑުމެންނަށް އެނގުނު ގޮތުގައި ނޫސްވެރިން މަޑިވަރަށް ދިޔައިރު ކާރިމް ވެސް އެއާޕޯޓްގެ އޮފީހުގައި އިންނެވި. އޭނާގެ އޯޑަރަށް ނޫސްވެރިން މަޑިވަރުން ބޭލުވީ." އޮފިޝަލް ވިދާޅުވިއެވެ.

"ވަގުތު" އިން ބުނީ ނޫސްވެރިން ލޯންޗެއް ކުއްޔަށް ނަގައިގެން މަޑިވަރަށް ދިއުމުން ނޫސްވެރިންނަށް މޯލްޑިވިއަން އިން ހުރަސް އެޅީ ދުރާލާ ރާވައިގެން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު މިހާދު އަށް ވެސް އެނގިގެން ކަމަށް ގަބޫލު ކުރާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަޑިވަރު އެއާޕޯޓްގެ ހިންގުމުގެ ކަންކަން އޮތީ ބޮއްސުންލާފައި. އެއާޕޯޓް ހުޅުވައިގެން މިހައި ދުވަސް ވެގެން ދިޔައިރު ފަޔަރގައި މަސައްކަތް ކުރަނީ ވެސް ނ.އަތޮޅުން ގެނެސްފައި ތިބި މުވައްޒަފުން. އެއާޕޯޓްގެ ހާލަތު ވަރަށް ގޯސް ކަމަށް ވަނީ. އެހެންވެ އެކަން ސިއްރު ކުރަން ދުރާލާ ރާވައިގެން ކުރުވި ކަމެއް މިއީ." ވަގުތު އޮފިޝަލް ވިދާޅުވިއެވެ.

"ވަގުތު ހޭރިޔާ" ނޫސްވެރިން މީގެ ކުރިން ވެސް ވަނީ ހޯރަފުށީ އެއާޕޯޓާއި، ފުވައްމުލަކު އެއާޕޯޓްގެ ފޮޓޯ ނަގާފައެވެ. އަދި ސްރީލަންކާގެ ކޮލަމްބޯ އެއާޕޯޓްގެ ފޮޓޯ ވެސް ނަގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ަސދސަދ

    މުވައްޒަފުން ކަންކަން ރަނގަޅުކުރަން ބޭނުމިއްޔާ ވަގުތު ނޫހައް ސިއްރުން ނަމަވެސް ފޮޓޯފަދަ ތަކެތި ހިއްސާކުރުން މުހިއްމު.
    ތިގޮތަށް ފޮޓޯނެގުމާއި މައުލޫމާތު ދިނުން ހިފަހައްޓަނީ ހަމައެކަނި ނޯތުކޮރެއާގެ ވެރިން

    68
    4
    • ސާލިމް

      އޮޅިގެން ތިދިޔައީ ނޯތް ކޮރެޔާއަށް

      45
      3
  2. ހުވަދޫ

    ގދ.ކާޑެއްދޫ ގެ ހާލަތުވެސް ބައްލަވާދީ

    61
    3
  3. ހުސޭނުބޭ

    ތި ލިއުމުގައި މިތަންކޮޅު ހިމަނާލަދީބަލަ ޕްލީޒް ....... މަޑިވަރު އެއަރޕޯޓްގެ މެނޭޖަރަކަށް ސޯލިބޭ ހަމަޖައްސާފައި ހުންނާނީ މަޑިވަރުގައި އެއަރޕޯޓެއް އަޅާފާނެތީ އެކަން ހުއްޓުވާ ޖެއްސުންކުރުމަށް ދެފައި އެއްތަނެއްގައި ނުޖަހައި ފިތުނަ އުފައްދަމުން ދުވުނު މީހެކެވެ. މިއަދު ލަދުހަޔާތްވެސް ނެތިގެން އެތަނަށް ވެރިވެގަނެ އެތަނަށް ދާ މީހުން ފައްސަނީ އެހައި ދަށުދަރަޖައިގެ މީހެކެވެ.

    70
    2
  4. ޖޮނީ ޑެޕްތު

    އެކަމަކު ބުނަންތަ ތި އެއަރޕޯޓުގައި އެހުންނަ މީހެއްގެ ފަތިފުށް ކިޔައިދިނުމުގައި ވަގުތުގެ މުއައްޒަފުން ކުޑަކޮށްވެސް ފަހަތަށް ނުޖެހޭތި.

    68
    2
  5. ލަކީ

    ހެހެ ތީ މަބުނާ ވާހަކަ ހުއްދަޔާށް ލިއުމުން އެދުނު އިރު ކޮބާ ތޯ ތިބޭ ފުޅުން ފޮނުވި ޢީމެއިލް ތިބޭފުޅުން ފޮނުވި މައިލް އެތޭޗް ކޮއްލަ ދެއްވާ އޭރުން އެންގޭނީ ތީގެ ހުރި ތެދު

    27
    15
    • ދިވެހި

      އެންގޭނިއްޔޭ؟ ކާކަށް އަންގަން؟
      އެނގުނީމަ ރަނގަޅުވާނެ.

      10
      2
  6. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    މިއީ އިބޫ "ރީލޯޑު" ކޮށްފައި ތިބޭ މީހުން. މައުމޫނު ބުނާހެން "މަދު ބައެއް".

    38
    6
    • ސުރައްޔާ/ބާޑީގެ/ތޮއްޑޫ

      ހެއްހެއް ޑޮކްޓަރުގެ ބަހުރުވާ ހާދަ މޮޅޭ. މައުމޫނު ބުނީ ނޮވެމްބަރު ތިނެއް ހިންގީ ދިވެހިންގެ މަދު ބައެކޭ. ދިވެހި ތާރީޙް ވެސް ވަރަށް ބޮޑަށް ޑޮކްޓަރަށް އެނގޭ.

      12
      3
  7. ނައިފަރު އުފަން

    މަޑިވަރަކީ ބިންނެތް ނައިފަރު ރައްޔިތުން ދަނޑުހައްދާ ދަތުރުގޮސްއުޅު ރަށް. ރައްޔިތުންގެ އަތުން ދަމާގަނެ ޕާދިއްޕޮޅު ކޮންޓްރޯލްކުރާ މަރކަޒަކަށް ހެދީ މައުމޫނު. ޔާމީނުގެ ސަރުކާރުން އަދީބު އަތުން އުއްޗު ގަނެފައިވާ ހައެއްކަ ރަށުން އެއްރަށް ތިޔައީ. ފާދިއްޕޮޅުގެ ޖާވާ ފަޅަކީ ގުދްރަތީގޮތުން ނ،ބ،ޅ މިތިން އަތޮޅުގެ ރައްޔިތުންނަށް މެދު އުތުރުގާ ސިޓީއެއް ބިނާކުރުމަށް އޮތް ގުދްރަތީގޮތުން އެންމެ ރަނގަޅު ޕޮއިންޓް. މާލޭ ސިޓީއާ އަދި މަސްކަނޑާވެސް ކައިރިވޭ. އެއަށްވުރެ ބޮޑަށް ނައިފަރު ހިންނަވަރު ކުރެންދޫ ތިން ރަށް އެވަނީ ބޮޑު އާބާދީއަކަށްވެ ތޮއްޖެހި ބިންފުރި އާބާދީ ޕްލޭން ގޮށްޖެހިފާ. 13000 އަށްވުރެ ބޮޑުއަބާދީއެއް ފަލަސްތީނުގެ ޣާޒާއަށް ވެފައި. ރިޒޯޓް އޯނަރުން އިޒްރޭލަށް ވެފައި.

    15
    2
  8. ޖެރާޑް

    ތީ އުއްޗުގެ ރަށެއް.. މޯލްޑިވިއަންއަކަށް ރަށުތެރެއަށް އަރަން ހުއްދައެެއްނުދެވޭނެ.. މޯލްޑިވިއަންއަށް ކުއްޔަށްދީފައި އޮންނާނީ ރަންވޭއާއި ޓާމިނަލް.. ގަހެއް ރުކެއް ވެސް ނުޖެހޭނެ.. ރަށުތެރެ ކޮނެވޭނީވެސް އުއްޗުގެ ހުއްދައާއިއެކު..

    20
    3
  9. އަހުމަދު އަލީ

    މޯލްޑިވިއަންގެ މެނޭޖްމެންޓް ދުރުކުރަން ގޮވާލަން. ތީ ރައްޔިތުންނާ ސަރުކާރު ޖައްސަން މަސައްކަތް ކުރާ ބައިގަނޑެއް.

    23
    4
  10. ދަރަނި ދަންތުރަ

    ސަރުކާރުގެ ސޯޓު ބޭލޭ ނެތީ މައުލޫމާތުދޭން ނުކެރެނީ ، މިއީ ވަރަށް ކަންކަން ފޮރުވައިގެން އުޅޭ ސަރުކާރެއް ވެރި މީހާ ފޮނި ބައިސާ ކަނޑަމުން ދުވަނީ ވާ ކަމެއް ހަރާމް

    26
    6
  11. ޙަނދުކޭތަ

    ކޮއްލާފަހުންނަ ވައްކަންތައް ފަޅާއަރުވަފާނެތީ ތޯއްޗެ ތިޔަތަނަކުން ބާލާނީ ސޯލިހުގެ ވެރިކަމުގެ ނިޒާމުގެ ހަޖަމްކުރުމުގެ ބައި އޮންނަނީ ފޫގޮއްސަ ލޮލް

    23
    2
  12. ލީލީ

    ޑިމޮކުރަސީ ދޮންވެ ފައްކާވާއިރު ނޫސްވެރިންނަށް ތިކަހަލަ ކަންތަކާ ދިމާވާނެ

    14
    2
  13. ހުސެންދީ

    މިހާދާއި ކާރިމާއި ޖެނީގެ ބަހެއް ހިމަނާލި ނަމަ މި އާރޓިކަލް އިތުރަށް ފުރިހަމަ ވީސް. ލިޔެކިޔުމުން ހުއްދަ ހޯދާގެން ދިޔާމާ ހުއްދަ ދީފައިވާ ކަންކަންކޮށް ދޭންޖެހޭނެ. ލިބުނުގެއްލުމާއި ކުރި ހަރަދު ހޯދަން ކޯރޓަށް ދޭ.

    14
    1
    • ތިއްތަ

      ތިޔަ ކާރިމަކީ ނައިފަރު ކައުންސިލްގެ ރައީސްކަން ކުރިން ކޮށްފައިވާ ކާރިމް ކަމަށްވާނަމަ، އޭނާގެ ވާހަކަ ދައްކަން ހެޔޮނުވާނެ. ޚުދްމުޚްތާރުކަމާއި އަމިއްލަ އެދުމުން ފުރިފައިވާ ރީނދޫހުން ޖެހިފައިވާ މީހެއް ތިޔައީ.

  14. ހިލަމް

    ދެންވެސް ނުކިޔަވާ ހުރިމީހަކާ ވެރިކަން ހަވާލުނުކުރާތި

    20
    2
    • ހަބަރޭ

      ނައިފަރު ކަހަލަ ތައުލީމީ މީހުންތިބި ރަށެއްގެ ނުކިޔަވާހުރި ކާރިމަކަށް މެނޭޖަރުކަން ދިނީމަވާނީ ތިޔާހެން

      12
      1
      • ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

        އިބޫ ދިނީ. މިކަހަލަ ނުބައި ހުރިހާ ކަމެއް ޤައުމުގައި އިބޫ ކުރަމުން އެ ދުވަނީ.

  15. ރަޝީދު

    ވަގުތު ޓީމަށް އޮޅިގެން ތިދެވުނީ އިޒްރޭލުގެ އެއާޕޯޓަކަށް

  16. އާދަނު

    މަޑިވަރު ، މާފަރު ، އިފުރު ، ކުޑަހުވަދޫ ، ކުޅުދުއްފުށި ، ހުޅުލެ އެޔަރޕޯޓް އެއީ ރައްޔިތުންނަށް ރައީސް ޔާމީން ދެއްވި ހަދިޔާ! ބިލެތްދޫ ، ދިއްދޫ ، ފަރެސްމާތޮޑާ ، އަދިވެސް އިތުރު 3 އެޔަރޕޯޓް އެޅުމަށް ފަންޑުލިބިފައިހުއްޓާ ވޯޓު ފޭރިގެން ވެރިކަން ބަދަލުކުރީ! އަދުގެ ސަރުކާރުން ކުރާކަމަކީ މެޑެލްޖަހާ ރިބަންކަނޑާ މި ކަންކަމުގެ މީރުކަން ލިބިގަނބްނަނީ!

    6
    1
  17. ޓޫފާ

    ހަމަ އެކަނި އެއާރޕޯޓު ތަކުގައެއްނުން މައްސަލަ އުޅެނީ.. އެމްޓީސީސީ އަކީ އެވަރުގެ ދެން އޮތް ތަން..

  18. ޖަސްޓިސް ވޮރިއަރ

    ނުހިންގުނަސް ދެރަށް ދޭތެރޭވެސް ވާނެ އެއާރޕޯޓް އަޅަންވާނެ. ރާއްޖޭގެ ގުތުރަތީ އުސޫލާ ގުޅޭ މޮޑެލްއަށް ރާއްޖެ ތަރައްޤީ ކުރާނަމަ މާ ރަނގަޅުވީސް. ތީ ރައްޔިތުންގެ ފައިސާ އިސްރާފް ކުރުން.