ބަދަލުގައި ރަށެއް ދޭ ގޮތަށް ކްރޮސް ސަބްސިޑަރީ އުސޫލުން ޅ. އަތޮޅުގައި ހުޅުވާފައިވާ މަޑިވަރު އެއާޕޯޓް ތަރައްގީކުރަން ހުޅުވާލައިފި އެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން މަޑިވަރު އެއާޕޯޓް ހުޅުވި އިރު އެ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނި ވިދާޅުވެފަ އެވެ.

އެއާ އެއްގޮތަށް ރައީސް ސޯލިހު ހުށަހެޅުއްވި ގަރާރެއްގެ ދަށުން ބަދަލުގައި ރަށެއް ދޭގޮތަށް މަޑިވަރު އެއާޕޯޓް އިތުރަށް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ.

އަދި އެ މަޝްރޫއުގެ ދަށުން އެެންމެ މަދުވެގެން 77 މިލިއަން ހަރަދުކުރަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

ޖުމްލަ 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ކުރެއްދޫ ހޯލްޑިންސް އިން 1.2 ކިލޯމީޓަރުގެ ރަންވޭއަކާ އެކު ތަރައްގީކުރި މަޑިވަރު އެއާޕޯޓް ހިންގަން ރާއްޖޭގެ ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހުގެ ތެރޭގައެވެ.

އިންޓަނޭޝަނަލް ފެންވަރަށް މަޑިވަރު އެއާޕޯޯޓް ތަރައްގީ ކުރަން ހުޅުވާލި އިރު އެ އެއާޕޯޓްގެ ކަންކަން ބޮއްސުންލާފައި އޮތް ކަން ވަނީ އެނގިފައެވެ. އެގޮތުން އެއާޕޯޓް ހުޅުވައިގެން މިހައި ދުވަސް ވެގެން ދިޔައިރު ފަޔަރގައި މަސައްކަތް ކުރަނީ ވެސް ނ.އަތޮޅުން ގެނެސްފައި ތިބި މުވައްޒަފުން ކަން ވަނީ އެނގިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހެހެހެކެކެ

    މިޤައުމަކީ މި..... އިބުރޭ ގެ އަމިއްލަ ތަރިކަ މުދާގަޑެއްތަ.

    12
    1
  2. ހުސޭނުބޭ

    ދީފައި ހުރި ރަށްތައް މަދީތަ؟

    7
    1
  3. ގަނޑިޔާ!!!

    އިންޑިޔާއަށް ތޯއްޗެއްދޭނީ