ގައުމީ އެއާލައިން މޯލްޑިވިއަނުން ނ. މާފަރާއި ޅ. މަޑިވަރަށް ކުރަމުން އަންނަ ދަތުރުތައް އިތުރު ކޮށްފިއެވެ.

މޯލްޑިވިއަނުން ބުނީ، މާފަރާއި މަޑިވަރަށް ކުރަމުން އަންނަ ދަތުރުތައް އިތުރު ކޮށްފައިވަނީ އެސަރަހައްދުތަކަށް ދަތުރު ކުރާ މީހުންގެ އަދަދު އިތުވެ، ޑިމާންޑް ބޮޑުވުމުން ކަމަށެވެ.

އެގޮތުން މިހާރު މާލެ-މާފަރަށް، މާފަރު-މާލެ، މާލެ-މަޑިވަރު، މަޑިވަރު-މާފަރު އަދި މާފަރު-މާލެ ދަތުރުތައް ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މާލެ-މާފަރު: ފުރުން 11:55
މާފަރު-މާލެ: ފުރުން 13:00
މާލެ-މަޑިވަރު: ފުރުން 18:30
މަޑިވަރު-މާފަރު: ފުރުން 19:35
މާފަރު-މާލެ: ފުރުން 20:20

މޯލްޑިވިއަނުން މާފަރާއި މަޑިވަރަށް ކުރާ ދަތުރުތައް އިތުރު ކޮށްފައިވާއިރު، އެއެއާލައިނުން ވަނީ މީގެ ތިން ވަރަކަށް ހަފްތާ ކުރިން ދަރަވަންދޫއަށް ވެސް އަލުން ދަތުރުތައް ފަށާފައެވެ. އަދި ނިމިދިޔަ އީދު ބަންދާއި ދިމާކޮށް ވެސް އެއެއާލައިނުން ކުރާ ދަތުރުތައް ވަނީ އިތުރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޗުއްޕު

    ރާއްޖޭގަ ނިސްބަތުން އެންމެ އަގުބޮޑީ މާލެއިން މަޑިވަރަށްކުރާ ދަތުރު. މާލެއިން ހދ އަށްވެސް ޓިކެޓް މާއަގުހެޔޮ.

    5
    1
    • މޯޑް

      ތީދޮގެއް ހަނިމާދުޢަށް ވުރެ މަޑިވަރަށް ކުރާ ދަތުރު އަގު ހެޔޮ

      • ބުރާންތީ

        ނުފެނޭތަ ނިސްބަތުންނޭ ޖަހާފަ އިންތަނެއް.

      • (⁠⌐⁠■⁠-⁠■⁠)

        ކަލޭ ރަނގަޅަށް ހިސާބު ހަދާބަލަ

  2. ޖަންބޯ

    ދަތުރު އިތުރު ކުރީމަ ނިމުނީދޯ ޓިކެޓްގެ އަގު ހެސްކިޔާފަ ބޮޑަސް ފެލަނީ

  3. 😡😡😡

    މިއޮށްފަދަ ބޮޑު ޗުއްޓީ ފެށެން އޮއްވާ ތިކަންކުރިނަމަ ޓިކެޓު ހޯދަން މީހުންނަށް ފަސޭހަވީސް. ނުލިބިގެން ކުރިން އުޅުނީ.