ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި ހުރި އޮލިމްޕަސް ޒަމާނީ ވަސީލަތްތަކާއެކު ރޭ ހުޅުވައިފިއެވެ.

އޮލިމްޕަސްގައި ބޭއްވި ކުލަގަދަ ހަފްލާއެއްގައި އެ ތަން ހުޅުއްވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރޭގެ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަވާހަރާއި ވަޒީރުންގެ އިތުރުން މުނިފޫހިފިލުވުމުގެ ދާއިރާގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އޮލިމްޕަސް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިޔަށް ގެންގޮސްފައިވަނީ ދައުލަތުގެ ބަޖެޓާއި އިންޑިއާ ސަރުކާރުގެ"ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ގްރާންޓުގެ ދަށުންނެވެ.

އޮލިމްޕަސް އަލުން ހުޅުވާފައި މި ވަނީ އެތަން އިތުރަށް ތަރައްގީކޮށް ޒަމާނީ އެތައް ބަދަލުތަކަކާއެކުގައެވެ. މި ގެނެވުނު ބަދަލުތަކާއެކު ދިވެހި ފިލްމުތައް ސްކްރީން ކުރުމުގައި އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެގޮތަށް ހިދުމަތްތަކާ ވަސީލަތްތައް ވަނީ ތަރައްގީ ކޮށްފައެވެ. އެގޮތުން މާލޭގައި މިއުޒިކު ޝޯތައް ބޭއްވުމާއި، ރާއްޖޭގައި އުވެމުންދާ ސްޓޭޖް ތަމްސީލް ކުޅުމުގެ ފުރުސަތު ފަހިވާގޮތައް ބަދަލުތައް ގެނެސްފައި ވުމާއި މިއުޒިކާއި ނެށުމަށް ހާއްސަ ޕްރެކްޓިސް ރޫމް ތަރައްގީ ކުރުމުގެ އިތުރުން އޮލިމްޕަސްގެ ބެކްޔާޑްވެސް ވަނީ ތަފާތު ހަރަކާތްތައް ބޭއްވޭގޮތަށް ތަރައްގީކޮށް ޚިދުމަތްތަކާއި ވަސީލަތްތައް އިތުރަށް ތަރައްގީ ކޮށްފައެވެ.

މީގެ 64 އަހަރުކުރިން ހުޅުވި އޮލިމްޕަހަކީ އެތައް ފަންނުވެރި އުފެއްދުންތަކާއި އަދި އެތަކެއް ފަންނާނުންނެއް އުފެއްދުންތެރިކަން ފެށުމާ ގުޅިފައިވާ މުހިންމު ބިނާއެކެވެ.

އެ ތަން މަރާމާތު ކުރުމަށް ފަހު އަލުން ހުޅުވީ އިންޑިއާގެ ހިލޭ އެހީގެ ދަށުން އަށް މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. މި ތަން މަރާމާތުކޮށްފައި ހުޅުވި އިރު، ރާއްޖޭގެ ފަންނާނުންނަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް މަރާމާތުގެ މަސައްކަތްތަކާއި ޒަމާނީ ވަސީލަތްތަކާއި ސްޓޫޑިއޯ އާލާތްތައް ބެހެއްޓުން ހިމެނެއެވެ.

މި މަޝްރޫއުގެ ސަބަބުން އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީ އުފެއްދުމާއި ޑިސްޓްރިބިއުޝަންގައި ފަންނާނުން ހޯދުންތައް ހޯދައި އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފުމުގެ ވަސީލަތްތައް ވަރަށް ބޮޑަށް އިތުރުވާނެއެވެ. ޒަމާނީ ބަދަލާއެކު ފިލްމް ސްކްރީނިން އާއި ބެލުންތެރިންގެ ބައިވެރިވުން އިތުރުވެ، ތިއޭޓަރު ޝޯތަކުގެ ފެންވަރު މަތިވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އުގުރި

    މިހިރަ އިންޑިޔާ މީހާ ގޮވައިގެން ނޫނީ އެއްވެސް ކަމެއް ނުވާނެ.... މިހާރުވެސް އެއިނީނު ދެމީހުންގެ މެދުގައި ފަޒުނާ..

    13
  2. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    އޮލިމްޕަސް ހުޅުވަން، ހުކުރު މިސްކިތު ވަޅުދިޔަ ހިއްކަން، މުންނާރު ގައި ކުލަ-ލާން މިނިސްޓަރަކު ބަހައްޓާ، އަހަރުމެންގެ ޖީބުން މަހަކު 65،000 ރުފިޔާ މައުމޫނު ގެ ދަރިޔަށް (ޔުމްނާ އަށް) ދިނުމަކީ ޤަބޫލް ކުރެވޭނެ ކަމެއް ނޫން. މިއީ އެމް.ޑީ.ޕީ ގެ ކޯލިޝަން މެނިފެސްޓޯ އެއް ނޫން. މިއީ މައުމޫނު ރުއްސަން އިބޫ އަމިއްލަ އަމިއްލަ އަށް ހަދައިގެން އުޅޭ މަޤާމެއް. އެއްވެސް ކަމެއް އެމް.ޑީ.ޕީ އާއި މަޝްވަރާ ކޮށްފަކާ އިބޫ ނުކުރޭ. މައުމޫނު ގޮތަށް ވެރިކަމައިގެން ހިތް ނުފުރޭ މީހެއް އިބޫ އަކީ.

    7
    1
    • މަބޭ

      އަމިއްލަގެދޮރުވެސް ސާފުނުކޮއް ވާނެއެއްޗެއްވާން ދޫކޮއްލައިފިޔާ ކޮންމެ ހަތަރުއަހަރަކުން އެއްފަހަރު އަވައްޓެރިއެއްގެ އެހީތެރިކަމާއެކު ޖެހޭނީ މަރާމާތުކުރަން އޮލިންޕަހައްވެސް ވެގެންމިއުޅެނީ އެކަހަލަގޮތެއްް

  3. ޓްވީޓީ

    އިންޑިޔާގެ ބައެއްވެރިން މިއަދު ބުނަމުންދަނީ ދިވެރިހާއްޖެއަކީ އިންޑިޔާގެ ބައެއްކަމަށް، ދިވެހި ސިފައިންނާއި ފުލުހުން މިއަދު ކިޔަނީ ޖައިހިންދު، އެންމެފަހުން ގެރިގުއިވެސް ނިތްކުރީގައި އެހޭކީ. މޯދީ ރާޖާ ދެގައުމުގެ އެއްގޮތް ކަމަކީ ކޮބައިތޯ އެހުމުން ފުލުހުން ބުނަނީ ކަލްޗަރ އެންޑް ފުޑް ވަރަށް އެއްގޮތޭ.
    ބުނާ އިރު މިދެގައުމުގެ ކަލްޗަރ އެއްގޮތްވާގޮތެއް އަހަރެމެންނަކަށް ނުފެނޭ، އެމީހުން އަޅުކަން ކުރަނީ ބުދަށް، އަހަރެމެން އަޅުކަންކުރަނީ މާތްﷲ އަށް، އެމީހުން ނިތްކުރީގައި ހާކަނީ ބުދުނީނާއި ގުޅޭ އެއްޗެއް، އަހަރެމެން ފަސްވަގުތު ނިތްކުރި ދޮވެލަނީ ފެނުން، އެމީހުން ކޮންމެ އަހަރަކު އީދު ފާހަނގަކުރަނީ ބުދުތަށް ކޮނޑަށް ލައިގެން ބުދުތަކަށް ސަޖިދަކުރަމުން ބުދުދީނުގެ އީދު، އަހަރެމެން ފާހަނގަކުރަނީ ތިރީސްދުވަހު ރޯދަހިފުމުންނާއި ހައްޖުގެ މަތިވެރި އަޅުކަމާއި ގުޅުވައިގެން މީސްތަކުންނަށް މާﷲ ދެއްވި ދަރުމައާއި އެކު އުފާވެރިކަމުގެ އީދު. އެމީހުންގެ މައިގަނޑު ކެއުމަކީ ތަރުކާރީގެ ބާވަތްތަށް، ދިވެހިންގެ މައިގަނޑު ކެއުމަކީ ކަނޑުމަހުގެ ބާވަތްތަކާއި މަހުން އުފައްދާތަކެތި.
    ދެން ކަލްޗަރ އެއްގޮތްވާގޮތެއް މިތާކުން ނުފެނު. އަޅެ ފުލުހުންގެ ވެރިމީހާ ސޭކް އިމްރާނާއި އޭނާގެ ހިމާޔަތުގައި ޓްވީޓްކުރާ ޓްވީޓީ އިޔާޒު މިކަމާއި މެދު ދެކޭގޮތް ސާފުކޮށްލަދިނުން އެދެން.

    • ޜަޟީ

      އެއީ ކޮން ފަރާތަކުން ހެއްދެވި ބައެއްބާ