އަންނަ މަހު އޮލިމްޕަހުގައި ބާއްވަން ހަމަޖެހިފައިވާ ޝޯގައި ނެށުމަކާއި، ތަމްސީލެއް ހުށަހަޅައިދޭނެ ބަޔަކު ހޯދަން ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން އިއުލާނު ކޮށްފިއެވެ.

އެންސީއޭ ކުރި އިއުލާނެއްގައި ބުނީ، މި ނެށުން ވާންވާނީ 5 މިނެޓާއި 10 މިނެޓާ ދެމެދުގެ ދިގުމިނުގެ ނެށުމަކަށް ކަަމަށެވެ. އަދި ނެށުމުގައި ގިނަ ނެށުންތެރިންގެ ބައިވެރިވުން ހިމެނޭގޮތަށް އޮތުމުގެ އިތުރުން ރާއްޖޭގެ ޒަމާނީ އަދި ސަގާފީ ނެށުމުގެ ހަރަކާތްތައް ރަމްޒުކޮށްދޭންވާނެ ކަމަށް ބުނެފައި ވެއެވެ.

އަދި ސްޓޭޖް ތަމްސީލުގެ ދިގުމިނަކަށް ވާންވާނީ ފަސް މިނެޓާއި 10 މިނެޓާ ދެމެދުގެ ދިގުމިނުގެ ތަމްސީލަކަށް ކަަމަށްވެސް ބުނެފައި ވެއެވެ.

އެެހެންކަމުން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަގު ހިމެނޭހެން ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ އެދިފައެވެ. ޕްރޮޕޯސަލްގައި މީގެ ކުރިން ކޮށްފައިވާ މިފަދަ މަސައްކަތްތަކުގެ ތަފްސީލު އަދި އޯޑިއޯ ވިޝުއަލް ލިންކް ހިމަނަންވާނެ ކަމަށް ބުނެފައި ވެއެވެ.

އަދި އިވެލުއޭޓް ކުރުމަށް މަދުވެގެން ދެ އައިޓަމެއް ހުށަހަޅަންވާނެ ކަމަށް ބުނެފައި ވެއެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ މި ކަމާބެހޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުން ނަމަ [email protected] އަށް އީމެއިލް ކުރުމުން ނުވަތަ 3313456 ނަންބަރު ފޯނަށް ގުޅުމުން އެ މައުލޫމާތު ދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ޝައިތާނާގެ ތާޅަފިލި ފުމެ، އެއަށް ނަށާ، އިންސާނިއްޔަތުކަމުން ބޭރުވެ ލަވަޔާ މިއުޒިކަށް ތެޅިބޭލުން ޕްރޮމޯޓުކުރުމަކީ ދީނާއި ޚިލާފުކަމެއް. އަވަހަށް ތިޔަ ލަވަޔާއި މިއުޒިކު ހިތުން ނެރެ ﷲ ގެ ފޮތް ހިތުތެރަށް ވެއްދޭތޯ ބަލާ. ޝައިޠާނާގެ ބެރަށް ނަށަން ތިބެވޭހާ ވަގުތެއް މިތާކު ނެތް