އޮލިމްޕަސްގައި އަނެއްކާވެސް ބޭރުގެ ފިލްމުތައް އަޅުވަން ނިންމައިފި އެވެ.

އޮލިމްޕަސްގެ ސްޓާ ސިނަމާއިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ބޭރުގެ ފިލްމުތައް އަޅުވަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ އަޅުވަން ނިންމާފައި ވަނީ ބޮލީވުޑްގެ ފިލްމެކެވެ.

އެއީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ކާތިކް އާރިޔަން ކުޅެފައިވާ ޝެހެޒާދާ އެވެ.

އޭގެ އިތުރުން ހޮލީވުޑްގެ ފިލްމުތައް ވެސް ސްކްރީންކުރާނެ ކަމަށް ސްޓާ ސިނަމާ އިން ބުނެ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި ހުރި އޮލިމްޕަސް ޒަމާނީ ވަސީލަތްތަކާއެކު ހުޅުވީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

އޮލިމްޕަސް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިޔަށް ގެންގޮސްފައިވަނީ ދައުލަތުގެ ބަޖެޓާއި އިންޑިއާ ސަރުކާރުގެ"ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ގްރާންޓުގެ ދަށުންނެވެ.

އޮލިމްޕަސް އަލުން ހުޅުވާފައި މި ވަނީ އެތަން އިތުރަށް ތަރައްގީކޮށް ޒަމާނީ އެތައް ބަދަލުތަކަކާއެކުގައެވެ. މި ގެނެވުނު ބަދަލުތަކާއެކު ދިވެހި ފިލްމުތައް ސްކްރީން ކުރުމުގައި އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެގޮތަށް ހިދުމަތްތަކާ ވަސީލަތްތައް ވަނީ ތަރައްގީ ކޮށްފައެވެ. އެގޮތުން މާލޭގައި މިއުޒިކު ޝޯތައް ބޭއްވުމާއި، ރާއްޖޭގައި އުވެމުންދާ ސްޓޭޖް ތަމްސީލް ކުޅުމުގެ ފުރުސަތު ފަހިވާގޮތައް ބަދަލުތައް ގެނެސްފައި ވުމާއި މިއުޒިކާއި ނެށުމަށް ހާއްސަ ޕްރެކްޓިސް ރޫމް ތަރައްގީ ކުރުމުގެ އިތުރުން އޮލިމްޕަސްގެ ބެކްޔާޑްވެސް ވަނީ ތަފާތު ހަރަކާތްތައް ބޭއްވޭގޮތަށް ތަރައްގީކޮށް ޚިދުމަތްތަކާއި ވަސީލަތްތައް އިތުރަށް ތަރައްގީ ކޮށްފައެވެ.

މީގެ 64 އަހަރުކުރިން ހުޅުވި އޮލިމްޕަހަކީ އެތައް ފަންނުވެރި އުފެއްދުންތަކާއި އަދި އެތަކެއް ފަންނާނުންނެއް އުފެއްދުންތެރިކަން ފެށުމާ ގުޅިފައިވާ މުހިންމު ބިނާއެކެވެ.

އެ ތަން މަރާމާތު ކުރުމަށް ފަހު އަލުން ހުޅުވީ އިންޑިއާގެ ހިލޭ އެހީގެ ދަށުން އަށް މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. މި ތަން މަރާމާތުކޮށްފައި ހުޅުވި އިރު، ރާއްޖޭގެ ފަންނާނުންނަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް މަރާމާތުގެ މަސައްކަތްތަކާއި ޒަމާނީ ވަސީލަތްތަކާއި ސްޓޫޑިއޯ އާލާތްތައް ބެހެއްޓުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކާފު

    މަރާމާތަށް ފަހު ހުޅުވި އިރު އަޅެފަހެ ގޮނޑިބަރިއަށް ވަދެނިކުތުމަށް ވެސް ފަސޭހަ ވާގޮތް ހަދާލެވުނު ނަމަ ވަރަށް ފައްކާވީސް ގޮނޑިބަރިތަކުގެ ދޭތެރެ ދިރުކޮށްލައިގެން ނޫނީ ގޮނޑި މަދުކޮށްލާގެން ނަމަވެސް.

  2. Anonymous

    ކިހާ ބޮޑު ބަލާވެރިކަމެއް. އިސްލާމީ ޢަޤީދާ ހަލާކުވެ ދިވެހި މުޖުތަމަޢިން ފާހިޝްކަންތަކާއި މުންކަރާތްތައް އިތުރުވަމުންދާ މިފަދަ ޒަމާނެއްގައި އަދި ޢިލްމުވެރިން ރެޔާއި ދުވާލު މިސްކިތްތަކާއި އެކިއެކި ރަށްރަށް ވަޑައިގެން ދީނުގެ ދަޢުވަތު ފޯރުކޮށްދެއްވުމަށް މަސައްކަތްކުރައްވަމުން ގެންދާއިރުވެސް މިވެރިން މިއުޅެނީ ހޮލީވުޑާއި ބޮލީވުޑުގެ ރޯ މުޝްރިކުން ކުޅޭ އެމީހުންގެ ލައިފްސްޓައިލާއި ހާސަރުތައް އަޑުއަހާ އެ ބެލުމަށް ހިތްވަރުދީ އެ ދެއްކުމުގައި. ތިޔަ އެއްޗެހިންގެ އެއްޗެހި ބަލައިގެން އިސްލާމުންގެ ޢަޤީދާ ވާނީ އިތުރަށް ހަލާކު. އެއްވެސް ފައިދައެއް ނުލިބޭނެ. އެ އެއްޗެހީގައި ހުންނާނީ ހަރާމް މަންޒަރުތަކާއި އަޑުތަކާއި ފާހިޝްޢަމަލުތަކަށް ހިތްވަރުދޭ ކަންތައްްތައް. ހެޔޮނުވާނެ ތިޔަކަން ހުއްޓާލާ. އިންޑިޔާ ސަރުކާރުން ދޭނެ އެހީ. އެކަމަކު އެމީހުންގެ މަޤްސަދު ދަންނަންވެސް ޖެހޭނެ. އެއީ ދިވެހީންގެ ދީނާއި ސަޤާފަތު ހަލާކުކޮށްލުން.

    2
    1
    • ޜަޟީ

      ކަލޭ އަފްގާނިސްތާނަށް ހިޖުރަ ކޮށްލަންވީ އެއްނު.