ޤައުމީ ޚިދުމަތުގައި މަތީ އަރުތަ ޙާޞިލްކުރެއްވި ބޭފުޅުން އެ ތިއްބެވީ ދޮށީ ޢުމުރުގެ މަރުޙަލާގައި ކަމަށާއި ނަމަވެސް، ދިވެހި ޤައުމު ހޯދާފައިވާ ތަރައްޤީއާއި ކުރިއެރުމުގެ އަޞްލަކީ، އެ ބޭފުޅުންގެ ޒުވާންކަމުގެ ހަކަތައާއި ބުންވަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި 86 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އަޅުގަނޑުމެން އަބަދުވެސް އެ ބޭފުޅުންގެ ޤައުމީ ޚިދުމަތުގެ އަގު ވަޒަންކުރަންޖެހޭނެ އެވެ. އެ ބޭފުޅުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސައިދީ، އުފާވެރިކަމާއި ހިތްހަމަޖެހުން ހޯދައިދޭން މަސައްކަތް ކުރަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ނަމުގައި ޤައުމީ ފެންވަރުގެ ޝަރަފުވެރި އިނާމެއް ދޭން ނިންމީ، ވަރަށް މުހިންމު ސަބަބުތަކަށްޓަކައި ކަމަށާއި އެއީ އެބޭފުޅުން އެކޮށްދެއްވި ޚިދުމަތްތަކަކީ، އޭގެ އަގު ވަޒަންނުކޮށް ދޫކޮށްލެވިގެން ވާނެ ޚިދުމަތްތަކަކަށް ނުވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެބޭފުޅުން އެ ކުރެއްވި ޚިދުމަތްތަކަކީ، ޙަޔާތުގެ ވަރަށް ބޮޑު ބައެއް ޤައުމީ ޚިދުމަތަށް ހުސްކުރައްވައި، ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށްޓަކައި ރެޔާއި ދުވާލު ކުރެއްވި ބުރަ މަސައްކަތުން ވެވަޑައިގެންނެވި ޤުރްބާނީއެއް. އަދި އެއީ، ދިވެހި ދައުލަތަށާއި ދިވެހި ސަރުކާރަށް ފަރުދީ ގޮތުން ޚިދުމަތް ކުރެއްވުމަށް އެ ބޭފުޅުންގެ ހިތްޕުޅުގައި އޮތް މަތިވެރި ޤަދަރާއި ލޯބި ހާމަކޮށްދޭ ކަމެއް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގައުމީ ހިދުމަތްތެރިންގެ ނަން، އިނާމަށް ހުށަހެޅުއްވުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ، ބައެއް ބޭފުޅުންގެ އަތްޕުޅުގައި ޚިދުމަތާބެހޭ ރެކޯޑުތައް ނެތުން ކަމަށެވެ. މިދިޔަ އަހަރުތަކުގައި ސަރުކާރުގެ ވަރަށް ގިނަ އޮފީސްތަކެއް އުވައިވެސްލެވިއްޖެ ކަމަށާއި އެފަދަ ބައެއް އޮފީސްތައް އުވައިލެވިގެން ދިޔައިރު، އެ ބޭފުޅުން ކުރެއްވި މަސައްކަތްތަކުގެ މަޢުލޫމާތު ފަސޭހައިން ލިބޭނެ ގޮތެއްވެސް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެ ބޭފުޅުންގެ ނަން، އިނާމަށް ހުށަހެޅުއްވުމުގައި، ދައުލަތުގެ މުއައްސަސާތަކަށްވެސް ވަރަށް ގިނަ ދަތިތައް އެބަ ކުރިމަތިވޭ. އަދި ބައެއް ބޭފުޅުން އަމިއްލަފުޅަށް އިނާމަށް ނަން ހުށަހެޅުއްވުމަށް ބޭނުންފުޅުނުވުމަކީވެސް، އަޅުގަނޑާ ހަމައަށް އަދި ޤައުމީ އިނާމު ކޮމިޓީއާ ހިސާބަށްވެސް ހުށަހެޅޭ މައްސަލައެއް. އެހެންވިޔަސް، އެފަދަ ބޭފުޅުންނަށްވެސް އަދި ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައި ވަކިވެވަޑައިގެންފައިވާ އެހެން ބޭފުޅުންނަށްވެސް، މި ޝަރަފު އަރުވަންޖެހޭ ކަމަށް އަޅުގަނޑު ދެކެން. އެކަން ފެށުމުގެ ގޮތުން، އަޅުގަނޑު މިހާރު ޤަޞްދުކުރަނީ، 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައި ވަކިވެވަޑައިގެންފައިވާ ބޭފުޅުންގެ ރެކޯޑުތައް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯދުމަށްފަހު، ޤައުމީ އިނާމާ ބެހޭ ކޮމިޓީއަށް ހުށަހަޅައިގެން، އެކަން ކުރިއަށް ގެންދަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހިދުމަތްތެރިން އެއް ތަނަކުން ބައްދަލުވެ، އުފާވެރިކަމާއެކު ވަގުތު ހޭދަކޮށްލައި އުޅެވޭފަދަ މާޙައުލެއް ޤާއިމުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެހެންވެ އިސް ރަށްވެހިންގެ އިޖުތިމާޢީ މަރުކަޒުތަކެއް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްދޭން ގަސްދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ގައުމައް ގައްދާރު ވާމީހުންނަ ވޯޓެއް ނުދޭނަން.
ހެހެ ދޮށީއުމުރުގެމީހުންގެ ވޯޓުކޮޅު ބޭނުންވީ ކީކޯދެންބުނާނީ މިހިރީ ސިޔާސީ މީހުންގެ ކަންތައްހުންނަގޮތް
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ނަމުގައި ޤައުމީ ފެންވަރުގެ ޝަރަފުވެރި އިނާމެއް ދިނީމަ ނިމުނީތޯ؟މެދުނުކެޑި ސަރުކާރަށް 25 އަހަރަށްވުރެން ގިނަ އަހަރު ސަރުކާރަށް ޚިދުމަތް ކުރައްވާފަ އަމިއްލަޔަށް ރިޓަޔަރ ވުމުން އެމީސް މީހުންނަށް ކީއްވެ އެލަވަންސެއް ހަމަ ނުޖެއްސިގެން އުޅެނީ.ސަރުކާރަށް 40 އަހަރު ޚިދުމަތް ކޮށްފަ ވަކިވިޔަސް 65 އަހަރު ނުވަން ޏާ އެކައްޗެއްވެސް ނުލިބޭ.އެކަމަކު މަޖިލިސް މެމްބަރުންނާ ފަނޑިޔާރުންނާ އަދި ސިފައިންނާ ފުލިހުންނަށްވެސް އެދޭ އިނާޔަތް ބަލާބަލަ.އެއީތޯ އިންސާފަކީ.މަޖިލިސް މެމްބަރު ކޮންކަމެއްތޯ އެކުރަނީ.މަސްމާރުކޭޓަކޭ އެއްގޮތް.އެކަމަކުވެސް ބަލާބަލެ ދޭ މުސާރަތަކާ އެލަވަންސްތައް.ކޮންމެވެސް މީހަކު މިކޮމަންޓް އިބޫ ސޯލިހު އަށް ފޮނުވަދީބަލަ،
4 އަހަރުފަހުން ދޮށީ އުމުރު މީހުން އުޅޭކަން އިނގިއްޖެ
ދޮށީއުމުރު މީހުން. ޢުމުރުގެ ބޮޑުބައެއް ސަކާރަށްހޭދަކޮށްލުމަށްފަހު ވަކިވުމުން ލިބޭ ޕެންޝަން ފައިސާ އަކީ ދުވަހަކު އެއްވެސް ބަދަލެއް އަންނަ އެއްޗެއްނޫން 100ރ ލިބުނަސް 65 އަހަރުވަންދެން އިތުރު އެއްޗެއް ނުލިބޭ ނުވިތާކަށް ރަމަލާންމަހުގެ އިނާޔަތްވެސް ވަޒީފާގަ އުޅޭ މީހުނަށް އެކަނި ލިބެނީ ރަމަލާން އިނާޔަތް ހައްގު ހުރިހާ ރައިއްޔަތުންނަށްވެސް
މިކަންކަމަށް ބަދަލެއް އަންނަތަނެއް ނުފެނޭ
ޖަލުގެ ތޭރިތައް އިންތިޒާރު އެބަކުރޭ އިބޫ ރެޑީވޭ ފައްޔާޒުއާ ދެމީހުން
އެހެންވެތޯ ޕާޓޭންނަށް މަޤާމުތައް
އޭރުން ކުޑަ ކާފަ ބޮޑު ކާފަ ފާހަގަ ޖެހޭނެ ނޭގުމުގަ މަކަރުހެދޭނެ ވޯޓްގަ ބޮލުން ކުޅެނީ ނުރަބޯ
އަދިކިރިޔާ އިސްރައްވެހިން ހަނދާންވީ. ގޮތްހުސްވަނީތަ.
އެއިރުންތާ ވޯޓެއް އިތުރުވާނީ.ލަދެއްވެސް ނުގަނޭ.
ދޮށީއުރމުރުގެ މީހުން ގައުމަށް ކުރި ހިދުމަތުގެ އަގު ވަޒަނެއްނުކުރޭ.ގާނޫނުއަސަސީން ދޭން ވައުދު ކޮށްފައިވާ ޕެންސަން ދެމުންނުދޭ .ވަކި މުއްދަތަކަށް ދަލްލަތުގެ ވަޒިފާގަ ހުރެ ރައްޔިތުންނަށް ހިދުމަތްކުރުމުން ޕެންސަން ދިނުން ގާނޫނުއަސަސީގަ ލާޒިމް ކުރޭ . ތިޔައީ ކީއްކުރާމޫނުބަލާ ލޯގަނޑެއް. ފެންސަންދެނީ އެމީހަކު ޕެންސަންދެއިރު ހުރި މަގާމުގެ މުސާރަ އިންދެވޭ އުޖޫރައެއް . އެމަގާމެއްގެ މުސާރަ ބޮޑުކޮށްފިނަމަ އެ އުޖޫރަވެސް ބޮޑުވެގެން އަންނަން ޖެހޭނެ. އުޖޫރަ މިދެނީ ވަޒީފާއިން ވަކިވާމީހާ ސަރަފުވެރިކަމާއެކު ދެމި ހުރުމަށް.މިހާރު މިގައުމުގަ ގިނައީ 1500 ރުފިޔާ އިންދަށުގެ ޕެންސަން ލިބިފަތިބި މީހުން . ތިމާގެ އަމިއްލަ ކުރި އެރުމަށް އިނާމުފަދަތަކެތި ދޭންވާނީ ދަވްލަތުންދޭންޖެހޭ ލާޒިމްވާކަންކަން ފުރިހަމަކުރުމަށްފަހު . އެހެން ނުވަނަމަ ތިޔަ އިނަމަކީ ބޭކާރު އެއްޗެއް. ތިޔަ އިނާމަކުން ވޯޓެއް ނުލިބޭނެ.