މާލެ އިން 30،000 ގޯތި ކަނޑާފައި ދިނަސް ރާއްޖޭގެ އެކިކަންކޮޅުތައް ތަރައްގީވެގެން ނޫނީ ތޮއްޖެހުމަށް ލުޔެއް ނާންނާނެ ކަމަށާއި މި ސަރުކާރުން މަސައްކަތް ކުރައްވަނީ ވަކި ރަށަކަށް ނުބަލައި ހުރިހާ ރަށެއް ތަރައްގީ ކުރަން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ޕްރައިމަރީގައި ރައީސް ސޯލިހް ކާމިޔާބު ކުރައްވާފައި ވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާ ވާދަ ކުރައްވައި ބޮޑު ތަފާތަކުންނެވެ. އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހަށް 24،566 ވޯޓު (%61.10) އަދި ނަޝީދަށް 15،641 ވޯޓު (%38.90) ވޯޓު ލިބިވަޑައިގެންނެވިއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް ސޯލިހަށް އެރުވުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި މާރިޔާ ވިދާޅުވީ ރައްޔިތުން ކަނޑައެޅި މެނިފެސްޓޯގައި އޮތީ ރާއްޖެ ޖަޒީރާ ގައުމެއް ގޮތުގައި ތަރައްގީ ކުރަން ކަމަށެވެ. ކުދި ރަށްތަކުގައި ވެސް ރައްޔިތުންނަށް އެމީހުން ބޭނުންވާ ހިނދެއްގައި އަސާސީ ހިދުމަތްތައް ލިބިގެން އެތަނުގައި ވެސް އުޅެވޭނެ ގޮތް ހަދައި ދިނުމަށް މަސައްކަތް ކުރާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ރައީސް ސޯލިހް، ބަޔަކާ އެކުގައި ސެލްފީއެއް ނަންގަވަނީ. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

"ތިބޭފުޅުން ވިދާޅުވީ މި ރާއްޖެ ޖަޒީރާ ގައުމެއް ގޮތުގައި ތަރައްގީ ކުރަން. ކުދި ރަށްތަކުގައި ވެސް ރައްޔިތުންނަށް އެމީހުން ބޭނުންވާ ހިނދެއްގައި އެންމެ އަސާސީ ހިދުމަތްތައް ލިބިގެން އެތަނުގައި އުޅެވޭނެ ގޮތް ގޮތް ހަދައި ދިނުމަށް. ހަމަ އެހެންމެ ބޮޑެތި ރަށްރަށަށްވެސް އެ ބޭނުންވާ ކަންކަން ލިބޭނެ ގޮތަށް ރާއްޖެ ތަރައްގީ ކުރަމުން. މާލޭގެ ތޮއްޖެހުމަށް ބޯހިޔާވެހިކަމަށް ލުޔެއް ގެނެސްދެއްވަން." މާރިޔާ ވިދާޅުވިއެވެ.

ބައެއް މިސާލުތައް ހާމަކުރައްވައި މާރިޔާ ވިދާޅުވީ މި ސަރުކާރުން ކުރަމުން އަންނަ ކަމަކީ ދަތުރުފަތުރުން ރާއްޖެ ގުޅާލުމާއި ކޮންމެ ހިސާބެއްގައި ވެސް ޓާޝަރީ ހޮސްޕިޓަލެއް އަޅައި މަދަރުސާތަކާއި މަލްޓި ޕާޕަސް ހޯލާއި ސާފު ބޯފެން ފޯރުކޮށްދިނުން ކަމަށް ވެސް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މީގެއިތުރުން ވަޒީފާގެ ފުރުސަތުތައް ރާއްޖޭގެ އެކިކަންކޮޅުތަކަށް ލިބޭނެ ގޮތަށް ވިސްނުންތެރިކަމާއެކު އެ ފުރުސަތުތައް ހުޅުވައި ދިނުމަށް ވެސް ބޮޑެތި ވިސްނުންތަކެއްގެ ތެރެއިން މަސައްކަތް ކުރާ ކަމަށް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި މިނިސްޓަރު މާރިޔާ ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

އެހެންވެ، ރައީސް ސޯލިހް ކުރިއަށް ގެންދަވާ ތަރައްގީގެ މަސައްކަތްތައް ފުރިހަމަ ކުރެއްވުމަށް އިތުރު ފުރުސަތެއް އަރުވަން ޖެހޭ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ މީގެ ދުވަސްކޮޅެއް ކުރިން ޕީޕީއެމްއިން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކަރުދާސްކޮޅެއް ދީފައި އެއީ އެ ޕާޓީއިން މި އަހަރުގެ ރިޔާސީ ކެންޑިޑޭޓު ކަމަށް ބުނި މަންޒަރު ފެނުނު ކަމަށެވެ. އެކަމަކު، އެމްޑީޕީއަކީ އެކަން ތަފާތުގޮތެއްގައި ކުރާ ބައެއް ކަމަށާއި ކުއްލި އަކަށް ހުރެފައި އެ ޕާޓީއިން ރިޔާސީ ކެނޑިޑޭޓެއް ނުނެރޭނެ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ މެމްބަރުން ކަންކަން ނިންމަނީ ވިސްނުންތެރިކަމާ އެކުގައި ކަމަށާއި ރައީސް ސޯލިހް މިދިޔަ ހަތަރު އަހަރުގައި ކުރެއްވި މަސައްކަތްފުޅާ މެދުގައި މެމްބަރުން ވިސްނާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ މިހާރު ސިފައިންނާއި ފުލުހުންނަކީ "ހެދެނީ ނެހެދެނީ" ކިހިނެއް ކަމެއް ނޭނގިގެން އުޅޭނެ ބައެއް ނޫން ކަމަށެވެ. ރައީސް ސޯލިހްގެ ދިފާއީ ސިޔާސަތަކީ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާ އެކީގައި ކަންކަން ކުރައްވައި ރަހްމަތްތެރިކަމާއެކު ހުރިހާ ގައުމަކާ ގުޅުން ބަދަހި ކުރެއްވުން ކަމަށް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. އަލީ

    ތިއުޅެނީ ވެރިކަމުގެ އަރާމާ ލައްޒަތައް!! އިތުރު ބޭނުމަކު ނޫން. ގައުމު ވިއްކާލާފަވެސް ކަލޭމެން ބޭނުންވާނީ ވެރިކަން..

    37
  2. ނުދޭނަން

    ކަލޭ މެންގެ ބޭނުމަކީ ރަށްރަށުގެ މީހުން އަޅުވެތި ކޮށް އަބަދުގެ އަބަދަށް އެމީހުން ނިކަމެތިކޮށް މާލޭ މިހުނަށް ބޮޑެތި ކުލި ދައްކާގޮތަށް ހެދުން. ކިތަންމެ ވަރަކަށް ރަށްރަށް ތަރައްގީ ކުރިޔަސް މާލެ ނައިސް ނުވާނެ.

  3. Anonymous

    ތަކެތީގެ އަގު ބޮޑު ކަމުން ވެސް އެހެން ގޮތެއް ބޭނުމީ.
    ހުވަފެން ބަލަބަލާ ފޫހިވެއްޖެ

    26
  4. ޖަބެ

    ނުލިބޭނެ ޖަލުގެ އެބަހުރި ލަގްޒަރީ ގޮޅިތައް ކަލޭމެން ލާންތައްޔާރުކޮށްފަ ސަލާމަތް ބޭނުމިއްޔާ މިހާރު ބަޗަންރެޑީވޭ ފަހަކުން ނުލިބޭނެ ވަގުތެއް

    24
    1
  5. އއ

    އެއްބުރުން ނަގާބަޔަކައް ފުރުސަތުކަހަލަ ދޭތެރެމެދު ބަހެއް ބޭނުން ކުރާކައް ނުޖެހޭނެ. !

  6. މަރިއްތަ

    ބަލަގަ ދަބަރު މާރިއާ. މީނާ ތަރައްގީ ކުރަނީ ރާއްޖެއެއް ނޫނޭ. އިންޑީއާގެ ކުންފުނިތަކަށް މަސައްކަތް ހަވާލުކޮށްގެން އިންޑިއާއޭ ތަރައްގީކުރަނީ. ރައްޔިތުން މިތިބެނީ ކަލޭމެންގެ ވެރިކަމުގައި ހަނާއަރާފައޭ. ތަކެތީގެ އަގު އުފުލި އިންތިހާއަށް ގޮސްފިއޭ. އަދިވެސް ތިބުނަނީ މީނާއަށް ދެވަނަ ދައުރެއްދޭށޭ. ހަމަހުވާކޮށްފަ ބުނަން މިފަހަރު އިރާދަކުރެއްވިއްޔާ މީނާ ޗޮކުން ދުއްވާލާނަން.

  7. އަލްބީން

    މިފަހަރު ރިޔާސީ އިންތިޚާބުަގައި ޔާމީން ޕާޓީއާއި ދީނީ ލީގުތައް ނިކުމެ ތިޔަ ލާދީނީ ބައިގަނޑު ބަލި ކުރާނެ.

  8. ދެރަ

    ރައްޔިތުންގެ ދިފާޢުގަ ތިބެން ޖެހޭ ބަޔަކު ރައްޔިތުންނަށް މަލާމަތް ކުރީމަ މީ ކޮށްބައެއްކަން ރައްޔިތުން ނަނަް އެބަ އިގެންޖެހޭ.

  9. Anonymous

    ނުވާނެ ތިޔަކަމެއް.

  10. ނިޒާރު

    ތިޔަބުނަނީ ދައުލަތް ދަވާލަން އިތުރު ފަސްއަހަރު ދޭވާހަކަ ކަމަށްވާނަމަ މިހާރުކެވިއްޖެ ދެންސޮރީ މާރިޔ އެމްޑިޕީ މީހެއްގެ މިއަޑު އައްސަވާނެ ކަމަށް އުއްމީދު ކުރަން!

  11. ސޯލޭ

    ލޮލް ލަގްޒަރީ ގޮޅިތަކަކައް ނޫން މިބައިގަނޑު ލާންވާނީ ބިޗޫ ގޮޅިތަކަކައް ހުންނާނެ ފޯރި އޭރުން

  12. ތަމެންދޯ

    މާރިޔާ އަކީ ޑިފެންސް މިނިސްޓަރު ކަމަށް ކުފޫ ހަމަވާ މީހެއް ނޫނޭ މިސަރުކާރުގެ މިނިސްޓަރުންނަކީ ދެން ދެއުއިޅި އެއް ނުވާ ބޮޑެތި ކަނޑުކޮހުންނޭ އެހެންވީމާ ކަނޑުކޮހުން ދައްކާނީ މުޅިން ވެސް ކަނޑުކޮސް ވާހަކަ ތަކޭ މާރިޔާ ގާތުން އެޕާރޗޭ އެއީ ކޯއްޗަކަށް ކިޔާ ނަމެއްތޭ އަހާލުމުން ބުނާނީ ތިޔާއީ ގަހުގައި އަޅާ އެއްޗަކަށް ކިޔާ ނަމެއް ހެންނޭ ހީވަނީ....

  13. ާދަލޭކް

    ހަމަ ތިގޮތަށް އެހެން ވެރިން އިތުރު ދައުރެއްގެ ވާހަކަ ދެއްކެވީމަ ކަމަނާމެން ވިދާޅުވީ ފަސް އަހަރުން ނުވިކަމެއް ދެން ފަސް އަހަރަކުން ވެސް ނުވާނެއޭ ކޮބަ އެބަސް ތިއޮތީ ކަމާނާމެނައްވެސް ސިފައިން ގެ މޮޓޯ ކޭޑުގަ ހާދަ އަރާމުގައޭ ތިއުޅުއްވަނީ .ދެން ހަމަ ޔަޤީނުންވެސް މަގޭ ބަސް ޤބޫލު ކުރި އެކަކުވެސް ނުދެއްވާނެ އިބޫ އަށް ވޯޓެއް. ސަލާމް

  14. ގާރީ

    އޭ މިހިރަ ހައިރާނާ. ކަލެއަށް ތި މަގާމުގަ ހުރެ ރައްޔަތަކށް ފުރައްސާރަ ނުކުރެވޭނެ. މި ނުބައި އަންހެނާ ހުރީ ހަމަހޭގަތޯ ވެސް ބަލަންޖެހޭ

  15. ޅިއަނު

    ކީއްވެބާ އިބޫ އެހާވަރައް ދޮގުހަދަނީ.

    • ނަމަ

      މާރިޔާ ރައިސް އަށް ފުރުސަތު ދީގެން ހުރެބަލަ

  16. ޢަބްދުއްލަޠީފު

    އިތުރު އެންމެ ގަޑިއިރުވެސް ނުލިބޭނެ. ތިއާލާތުންފެއްސޭ. ވޯޓކަރުދާހުގަ ބުޅަލެއް އޮތަސް ޞާލިހު ދެން އޮފީހަކަށް ނުވެއްދޭނެ. ޖަނަވާރުންނެއްނޫން ދިވެހިރައްޔިތުންނަކީ.

  17. އަބސީ

    އަލަންގިރި ގެ މަދާއިންލޯ

  18. ޛިމާހް

    ކަމަނާ ރަންގަޅުވާނީ ރީކޯއާއެކް ފިލްމުކުޅެން.

  19. އަހްމަދު

    ކާލޭ އެމީހާކާއެކު ހުންނަމީހަކަށް ވޯޓެއް ނުދެވޭނެ!

  20. އަބްދޫ

    މި ގައުމު ތޮއްޖެއްސުމުގެ ހަލަތަށް ގެންދިޔަ ބަޔަކީ މަރިޔަ އައި ނަސިދު އާއ ދެމިހުން . މާލޭ ގަ ލިބޭ ހރިހާ ހިދުމަތެއް ހުރިހާރަށަކުން ލިބެން ވާނެޔެ ކިޔާ ވާހަކަ ދައްކާ މީހުން ބޮލަށް ވަނީ 2 ފަހަރަށް އެމްޑީޕީ އަށް ވެރިކަން ލިބުނު އިރު މަލެއިން ލިބޭ ހުރިހާކަމެއް ރައްޖޭގެ ހުރިހާ ރަށަކުން ލިބޭނެގޮތަ ނުހެދުނީ ކީއްވެ ؟ ކުރިން އަތޮޅުތެރޭ ރައްޔިތުން ތިބީ އެމީހުންގެ ރަށުންކިޔަވައިދިގެން އެތަނުގަ ވަޒީފާހެދިގެން އުޅެވޭނެކަމުގަ އުންމިދުގަ އަދި ރަށުގަ ތިބެގެން ސިނާއީ މަސައްކަތް ކުރުމުގެ އުންމިދުގަ އެހުރިހާކަމެއް ފުނޑުކޮށްލީ އެމްޑީޕީ ވެރިކަމަށް އައިސް މައުމޫނުގެ 2020 ގެ ތަސައްވުރު ފެއިލް ކޮށްލުމުގެ ސަބަބުން . އެ ތަސައްވުރު ފެއިލް ނުކުރިނަމަ އެއްވަރަކަށް ތަރައގީވެފައިވާ އެއްވަރުގެ އަބަދީ އޮތް 8 ރަށް ރާއްޖޭގަ އޮތީސް . ސިއްހީހިދުމަތްހޯދަން މަތިތައުލީމު އައުމަށް ވަޒީފާ ހޮދުމަށް މާލެ ނައިސް އަނބިދަރިންނަށް އެއްތަނެއްގަ ތިބެވުނީސް. މިހުރިހާކަމެއް ހަލާކު ކޮށްލީ ވަގު ނަސީދު. މިހާރު ބޮލަށް ވެއްދީ ވަޒީފާގެ ވަގުތު ނުވަތަ ޑިއުޓީ ނިމުމުންއަނބިދަރިންގެ ގާތަށް ދެވޭގޮތް ހަދަނަމޭ ކިޔާފަ. މާރިޔާ މެނަށް ނޭގެ ކިޔޭ ނުކިޔޭ އެއްޗެއް. މަހަށް ހަމައަގު ހޯދާދިނުމެކޭ ވަޒީފާނިންމާފަ އަނބި މީހާގަތަށް ރޭކުރަން ދިއުމެކޭ ހަމަހަމ އެއީ ހުސް ޖޯކް . ރައްޔިތުން އަދިވެސް ހޭއަރާ ސަމާލުވާކަށް ނުޖެހޭތަ؟

  21. އާދަނު

    ރައީސްގެ މަސައްކަތަކީ ޤަވްމު ދަރަނިވެރިކޮށް އަޅުވެތިކުރުން. އެ ފުރުޞަތު ދެން ދޭކަށްނޫން މިތިބީ