ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރެކޭ އެއްގޮތަށް މިސަރުކާރުގައިވެސް ވަޒީފާގެ ބިރު ދެއްކުން އިޔާދަކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު، ހުސެއިން ފިރުޝާން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފިރުޝާން ވިދާޅުވީ 2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބާއި ދިމާކޮށް އޭރުގެ ސަރުކާރުން ވަޒީފާގެ ބިރު ދެއްކުމުން އެކަން ހުއްޓުވުމަށް އައި ސަރުކާރުންވެސް އެކަން އިޔާދަކޮށްފިކަމަށެވެ.

އެގޮތުން ދާދި ފަހުން ބޭއްވުނު އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ސަރުކާރާއި ދެކޮޅު ހެދި މީހުންނަށް ވަޒީފާގެ ބިރު ދައްކާ ޕްރައިމަރީގެ އިންތިހާބު ނިމުމާއެކު އެމީހުން ވަޒީފާއިން ވަކިކޮށްފައިވާކަން ފިރުޝާން ވަނީ ފާހަގަކޮށްފައެވެ.

"ދާދި ފަހުން އިންތިޚާބު ނިމުނުފަހުން ވަޒީފާއިން ވަކިކޮށްފި އަޅުގަނޑު ދާއިރާގެ ކުއްޖެއް ފިކުރެއްގެ ދިރުމަށް ތާއީދުކޮށްފައި ޕޯސްޓެއްޖެހީމަ" ފިރުޝާން ވިދާޅުވިއެވެ.

ސަރުކާރުން މިގޮތަށް އަމަލުކުރަމުންދާތީ ރައީސް ޔާމީންގެ ސަރުކާރުގައި، ރައްޔިތުންނަށް ބިރު ދެއްކި ގޮތަށް މިސަރުކާރުންވވެސް ދަނީ ރައްޔިތުންނަށް ބިރު ދައްކާ އެމީހުންގެ ހައްޤު ނިގުޅައިގަންނަމުން ކަމަށް ފިރުޝާން ވިދާޅުވިއެވެ.

ފިރުޝާން އިތުރަށް ވިދާޅުވީ ދަޢުލަތުގެ ކުންފުނިތަކުން ވަޒީފާގެ ބިރު ނުދައްކާނެ ކަމަށް ޕޯޑިއަމް ތަކުގައި ވިދާޅުވަމުން ދިޔަސް، ވަކި ފިކުރަކަށް ތާއީދު ނުކުރާނަމަ ޑީމޯޓު ކުރުން ފަދަ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ދެމުންދާކަމަށެވެ.

ވަޒީފާގެ ބިރު ނައްތާލާ ބޭނުން ފަރާތަކަށް ވޯޓު އެޅުމުގެ ހައްޤު ރައްޔިތުންނަށް ހޯދައިދިނުމަށް ގެނެވުނު އެމްޑީޕީ ސަރުކާރުން އެ ބިރު އިޔާދަކުރާތަން ފެންނަމުންދާ ކަމަށާއި ވަކި ފިކުރަކަށް، ވަކި ފަރާތަކަށް، ވަކި ސިޔާސީ ލީޑަރަކަށް ނުވަތަ ވަކި ގޮތަކަށް ސިޔާސީ މަސައްކަތް ކުރާނަމަ އެމީހާގެ ވަޒީފާ އޮންނަނީ ބިރުވެރިކަމަށް ހުށަހެޅިފައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޮޔަ

    ނުކުރާނަމޭ ބުނާ ހުރިހާކަމެއް މި މީހުން ކުރާނެ. މީވަރަށް މަކަރު ވެރި ބައެއް. ޖީ އެސް ޓީ ބޮޑު ކޮށް ރައްޔިތުން ފެލައިގެން އެމީހުންގެ ބައިގަނޑު ރައްޔިތުންގެ ލާރިގަނޑު ކާ ބައެއް.

  2. ބަރުގޮނު

    ވަޒީފާގެ ބިރު ދައްކަން ފެށްޓީ 2008 ގައި އެމް.ޑީ.ޕީ ސަރުކާރު ވެރިކަމަށް އައިސް ނަޝީދުގެ ރައީސް ކަމުގައި. އޭގެފަހުން އުފެދުނު ހުރިހާ ސަރުކާރަކުންވެސް ވަޒީފާގެ ބިރުދެއްކުން ގެންގުޅުނު.

  3. މާޟީ

    ލޮލައް މިރުސްފެން އެޅިފަތިބޭ މީހުނައް ތަންތަން ފެނުން އުނދަގޫވާނެ

  4. ދިވެހި މުސްކުޅިން

    ރާއްޖޭގައި ހިންގާ އެއްވެސް ވެރިކަމަކުން ވަޒީފާގެ ބިރެއް ނުދެއްކޭނެ ނުވެސް ދައްކާ، ބިރުން ވަޒީފާގަ އުޅޭ މީހުން ފިލަނީ އެމީހުން ފިނޑިކަމުން ނިކަން ކުރިއަށް ޖެހިލާފަ ކުރިމަތިވާ ކަންކަމާއި ނިކަން ކެރިގެން ކުރިމަތިލާބަލަ އޭރުން ތިކަން ތި ނިމުނީ، ބުނަން ކޮށްކޯ މީ ވަކި މީހެއްގެ ގައުމެއްނޫން މި ގައުމަށް އެންމެންވެސް ހަމަހަމަ ބިރެއް ގަންނާނެ ކަމެއްނެން އެމީހުން ދައްކާ ވާހަކަ އާއި ކުރާކަންމުން ތަޅައިގެންދާނީ އެމީހުންގެ "ބިއްލޫރި ފިކުރު" އިސްކޮށް ވެރިކަމާއި ތެޅޭ އެންމެންގެ ވެސް ހުންނާނީ "ބިއްލޫރި ފިކުރު" ފިރުޝާން ނިކަން ބިރުނުގަނެބަލަ ޅަވީމާ ބިރުންދޯ ތިއުޅެނީ