ކ. އާރަށް ކައިރީގައި އޮންނަ ފަޅެއްގައި ތަރައްގީ ކުރަމުން އަންނަ ފްލޯޓިން ސިޓީގެ ގެތައް ބަހައްޓައިފިއެވެ.

ދުނިޔެއަށް އާ ކޮންސެޕްޓަކަށް ތަރައްގީ ކުރާ މި ފްލޯޓިން ސިޓީގެ މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ބައިސަން މޯލްޑިވްސްއާއެވެ.

ފްލޯޓިން ސިޓީގެ ގެއެއް. -- ފޮޓޯ: ބައިސަން މޯލްޑިވްސް

ބައިސަން ކުންފުނިން މިއަދު އާންމުކުރި ފޮޓޯތަކެއްގައި ވަނީ އެކި ކުލަތަކުން ހަދާފައިވާ ދެ ގެއެއްގެ ފޮޓޯ އާންމުކޮށްފައެވެ. ގެ ކައިރީގައި ދޮންވެލި އަޅާފައިވާ އިރު ރުއް ވެސް އިންދާފައި ހުރެއެވެ.

އެ ގެތައް އެ ފަޅަށް ގެންގޮސްފައިވަނީ ޓަގަކާއި ދޯންޏެއްގެ އެހީގައެވެ. ބައިސަން އިން ބުނި ގޮތުގައި ފުރަތަމަ ގެތައް ވަނީ އެ ފަޅަށް ކާމިޔާބުކަމާ އެކުގައި ގެންގޮސް ބަހައްޓައިފައެވެ.

ފްލޯޓިން ސިޓީގެ ގެއެއް. -- ފޮޓޯ: ބައިސަން މޯލްޑިވްސް

ސަރުކާރާ ބައިސަން އާ މެދު އެއްބަސްވެފައިވާ ގޮތުން ފަޅުގައި 5،000 ގެ އެޅުމަށް ހަމަޖެހިފައިވެއެވެ. ރީތި ޑިޒައިންތަކަށް ތަރައްގީ ކުރާ ފްލޯޓިން ސިޓީއަށް މާލެއިން ފުރައިގެން ފަސް ވަރަކަށް މިނެޓުން ދެވޭނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލޯޓިން ސިޓީގައި ހަދާ ގެތައް ހަދަނީ ދެ ބުރިއަށެވެ. އަދި އެ ގެތަކުގެ މަތީގައި ޓެރަހެއް ވެސް ހެދުމަށް ހަމަޖެހިފައިވާ އިރު އެ ގެތަކުގައި ގިނަ ކުލަތަކެއް ހިމެނޭނެއެވެ.

ފްލޯޓިން ސިޓީގެ ގެއެއް. -- ފޮޓޯ: ބައިސަން މޯލްޑިވްސް

ފްލޯޓިން ސިޓީގައި ގެތަކުގެ އިތުރުން، ސަރުކާރުގެ އިދާރަތައް ވެސް ތަރައްގީ ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އެ ގެތައް އަޅާ ނިންމުމަށް ފަހު އެ ރަށަށް ޒިޔާރަތްކޮށް، ފްލޯޓިން ސިޓީއެއްގެ ތަޖުރިބާކޮށް އަދި އެ ތަން ބަލައިލަން ބޭނުންވާ އާންމުންނަށް އެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. އަހުމަދު

    މިސަރުކާރުން ދައްކާ ކޮންސެޕްޓް ފޮޓޯތައް ވަރައް ސަޅިވާނެ. ދެތިން ސާމްޕަލް ގެވެސް ތިހެން ގެނެސް ނޫސްތަކުގަ ފޮޓޯ ޖަހާލަފާނެ. އެކަމަކު 5000ގެ، ރަނގަޅު ފެންވަރުގައި އެޅުމަކީ އިބޫއަށް ކުރވޭނެވަރުގެ ކަމެއްހެން ހިޔެއް ނުވޭ

    67
    4
  2. ނާޒިމް ބެ

    ކިހާ ޔަގީންކަމެއް އެބައޮތް ތީގެ ކޮޓަރިއެއްގައި ނިދާފަ ތިއްބަ ތިޔަށް ދިޔަވެގެން އަޑިއަށް ނުދާނެކަމުގެ؟ ދިޔަނުވާގޮތަށް އެތެރެ ފޯމުން ފުރާފަތޯ ނޫނީ ކިހިނެތްތޯ ފޮލޯޓިން ބޭސް ޕްލެޓްފޯމް ހަދާފައިނީ؟

    51
    1
  3. ޖާބިރު

    ސުވާލާކީ މިދަނޑިވަޅުގައި ރާއްޖެއަށް އެންމެ މުހިންމީ ފުލޯޓިންގ ސިޓީއެއްތޯ؟

    71
    2
    • Anonymous

      ވަރަށް މުހިއްމު ސުވާލެއް

  4. ދަރަނި ދަންތުރަ

    ހުވަފެން ދެއްކުމުގައި ރީނދޫ ގުރޫޕު އަވަދިނެތި ، ދިވެހިން ގުބޯ ހައްދާ ، ތިއަށްވުރެ މާ ރަނގުވާނެ ސީލިންގ ވެއްޓިފައި ހުރި މިސްކިތަކުގެ ސީލިންގް ތަށް ރޯދައިގެ ކުރިން މަރާމާތު ކޮށްފި ބަލަ

    71
    2
  5. ހާމިދު ޝާހިދު

    އުމަރުނަސީރުގެ ސަބްމެރީން ބާއްވާފައި އޮންނަ ޕްލެޓްފޯމުވެސްތިވަރު ވާނީ! މާ ކޮބުކަމެކަމަށް އިސްތިހާރު ކުރާއިރު، ސެޕްޓެމްބަރ ގައި އިންތިހާބު ބާއްވާ! ރައްޔިތުންނަށް އަދި ތިދައްކާ ފޮޓޯތައް ވިސްނައިގަނެވޭވަރެއް ނުވޭ.

    36
  6. ބޭރި

    ތިޔަފުލޯޓިންގެތަކުގެ ސަބަބުން ކުޑަކުދިންނާއި މުސްކުޅިން މަރުވާރޭޓު އިތުރުވާނެ ތިޔަށްވުރެ މާރަނގަޅުވާނެ ރާއްޖޭގެ ކޮންމެ ރަށެއްގަ 25 ބުރީގެ ޓަވަރެއްއަޅާ އެޓަވަރުގަ ހޮސްޕިޓަލަކާއިއެކު ރަށްޔަތުންނަށް ދިރިއުޅެވޭނެގޮތެއް ހެދިއްޔާ ތިޔައީ ވޯޓަށް ދަށްކާ ދަޅައެއް ކިތަންމެވަރަކަށް ދަޅަދެއްކިޔަސް ބޭބެ ނުހޮވޭނެކަން 💯 ޕަސެންޓު ގެރަންޓީ އަރުވަން.

    38
  7. ކަމަން

    މުޅި ފަޅު މުޑުދާރުވެ ތަޤައްޔަރު ވުން ނޫން ކަމެއްނުވާނެ. ތިގެތަކައްވެސް ވަންނާނީ ބޭރުމީހުންގަޑުވިއްޔަ. ވަރައް ހަޑި ގެތަކެއް. އަދި ދިވެހިރާއްޖެއަކައް ތިނުވެސް ގުޅޭ. ވަރައްބޭކާރު ކަމެއް.

    44
  8. ހުސެންދަރި

    ދަޅަދައްކާ ސަރުކާރު

  9. ޑައެލޯގް

    ތިޔައީ ބައިސަންގެ މަޗާމެނަށް ލާރިގަނޑެއްދޭންވެގެން ކުރިކަމެކެވެ. ތިޔައީ މިގައުމަށް އެހާބޭނުންކަމެއްނޫނެވެ. ސަބަބަކީ ތިޔަށްވުރެ މުހިއްމުކަންކަން ހުރީމައެވެ. އެކަންކަންކޮށްފައި ފައިސާގިނަވެގެންއުޅޭނަމަ ތިޔަކަންކުރަން އެންމެރަގަޅެވެ.

  10. ނަޖާ

    ލާދީނީ އަޅުދާސްތަކުން ﷲ މި ގައުމު ރައްކާތެރިކޮށްދެއްޥާ ނުބައި ޢަދުއްވުންގެ ޝައިޠާނީރޭވުންތަކުން ﷲ މިގައުމާއި އިސްލާމްދީން ހިމާޔަތްކޮށްދެއްވާށި. ޢާމީން ާ

  11. ނަމަ

    ދެން ފެންނާނީ ފަޒާ ސިޓީ ކަންނޭގެ ބެލޫން އެއްގަ ހަރުކޮއްފަ ހަދާފަ ހުއްޓާ

  12. ނަންނުތާހިރު

    ބޮޑު މުދުދާރެއްހެން ހީވަނީ.... އެއްވެސް ކްރިއޭޓިވިޓީއެއް ނެތް ...ކަނޑުއަޑީގަވެސް ގެއަޅާންވީނު ޗަކޮއިމެން

  13. ނަންނުތާހިރު..

    ބޮޑު މުދުދާރެއްހެން ހީވަނީ.... އެއްވެސް ކްރިއޭޓިވިޓީއެއް ނެތް ...ކަނޑުއަޑީގަވެސް ގެއަޅާންވީނު ޗަކޮއިމެންމނބ

  14. މަކަލޭލީ

    ތިޔައީ ފީޒިބަލް ކަމެއް ނޫން. ތިކަން ވާނީ ބޮޑު ފްލޮޕަކަށް. މަބުނީތީ ބަލަން ތިބޭ..!

  15. ދިވެހި މުސްކުޅިން

    ކަނޑުގެ ރާޅު ބާނި ތަކުން ރައްކާތެރިކަން ލިބޭގޮތަށް ފަޅުގެ ވަށައިގެން ބޮޑު ފާރު ލާންވާނެ. އަދި ފެން ދައުރުވާގޮތަށް ހުންނަންވާނީ ، އަދި ނަޖިސް މޫދަށް އެޅުން މުޅިން މަނާވާނެ މުޅިން އެޅެންވާނީ ހިގާފައި ތިޔައީ ސަޅި ސިޓީ އެއް، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރަންވާނެ. މަގުމައްޗަށް ކުނި ކޮޅެއް އަޅައިފިނަމަ އެމީހަކު ޖަލަށްލާންވާނެ. މާރާމާރީ ހިންގުން މުޅިން މަނާވާންވާނެ.

    2
    1
  16. ހުސޭނުބޭ

    ކުރެހުމުގައި ދެއްކި އެއްޗަކާ ތިއާ މުޅިން ތަފާތު. ވެދާނެ ކުރެހުމުން ފެނުނީ ހުވަފެންކަމަށް. ހޭލެވުނީމާ ފެންނަނީ ބިރުވެރި ހުވަފެންކަމަށް.

  17. އަޙުމަދު

    މިއީ ދިވެހިނަށް ހިންގާ މަޝްރޫއު އެއްނޫން މިއީ ދޮން ފަރަންޖީން ނަށް ރައްވެހިކަން ދިނުމަށް ހިންގާ ފޮރުވިފައިވާ އެޖެންޑާއެއްގެ ބައެއް.

  18. ޖާބިރާ

    ޕިސް ޕިސް ވަރަށް އަންހައިޖިނިކް ކަމެއް މިނޫން ކަމެއް ހަމަ ކުރަން ނެތީބާ؟ ގުއިރޯނު ސަރުކާރު!

  19. އއ

    މިއުޅެނީ އެއްގަމުގަވެސް ދަބަރު ޖެހުން ކަހަލަ ކަންތައް އަވަސްކަމުން . ދެން އަނެއްބޭކާރު ޚަރަދުދަނޑު!!!

  20. މުނައްވަރު

    ކޮމެންޓްތައް ކިޔާލުމުން ގިނަ ދިވެހިންގެ ނާތަހުޒީބުކަމާއި ބޯދާވިސްނުން ފެނިގެންދޭ