އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ރިޔާސީ ޤަރާރު ބާތިލް ކުރަން ތިން މީހަކު ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ދައުލަތުން ބަންޑާރަނައިބުގެ އޮފީހުގެ ވަކީލުން ދޭނެ ޖަވާބެއް ނޭނގި، ބަސް ހުއްޓިއްޖެ އެވެ.
އެމައްސަލައިގައި ދައުވާ ކުރާ އަހްމަދު އިބްރާހިމް، އަހްމަދު އަޒާން، ޝިފްޒާން އަހްމަދު ރަޝީދުގެ ފަރާތުން ހުށަހެޅި އެއްކަމަކީ 1968 ވަނަ އަހަރު އަމަލު ކުރަން ފެށި ޤާނުނުގައި އޮންނަ މަނާ ވާހަކަ ބަޔާން ކުރާ މާއްދާ އަކީ ޤާނޫނު އަސާސީ އާއި ހިލާފު މާއްދާއެއް ކަމަށްވާތީ އެމާއްދާ ބާތިލް ކޮށްދިނުމަށެވެ. އެއީ މިހާރުގެ ގާނޫނު އަސާސީ އާއި ތައާރުޒުވާ ގާނޫނެއްކަން މައްސަލަ ހުށަހެޅި ފަރާތްތަކުގެ ވަކީލު އަހްމަދު ޝައްފާން މުހައްމަދު ވިދާޅުވިއެވެ.
ދައުލަތުން ވެސް އެކަމާއި ދެކޮޅު ހެދުމެއްނެތި ތަކުރާރުކޮށް ފާހަގަ ކުރަން މަސައްކަތް ކުރީ ޤާނޫނު އަސާސީގެ އިންތިގާބީ ބާބުގެ ދަށުން ތައާރުޒުވާ ގާނޫނުތައް އިސްލާހް ކުރަން ދިން މުއްދަތު އަދިވެސް ދަމަހައްޓައި، އެ ގާނޫނާއި މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުމުގެ ފުރުސަތު ދިނުމަށެވެ.
މައްސަލައިގައި އެދިފައިވާ ގޮތައް ގާނޫނު އަސާސީ އާއި ހިލާފު މާއްދާއެއްތޯ ނުވަތަ ނޫންތޯ ދައުލަތުން ބުނެދިނުމަށް މައްސަލަ ބައްލަވާ ފަނޑިޔާރުން ތަކުރާރުކޮށް އެދުމުން ވެސް އެއަށް ދައުލަތުން ޖަވާބެއް ނުދިނެވެ. ދައުލަތުން ކޮންމެ ފަހަރަކު ވެސް ފާހަގަ ކުރީ އިންތިގާބީ ބާބުގެ ދަށުން މަޖިލީހުން ގޮތެއް ނިންމުމުގެ ފުރުސަތު ދިނުމަށެވެ. ނަމަވެސް އިންތިގާލީ ބާބު ދެއަހަރު ދުވަސް ތެރޭގައި ނިމޭނެ ކަމަށާއި އަދި ތައާރުޒުވާ ގާނޫނުތަކާއި މެދު ގޮތެއް ނިންމަން އެބާބުގައި 90 ދުވަސް ދީފައިވާކަން ފަނޑިޔާރުން ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑުމެން ގަބޫލު ކުރަނީ މި މައްސަލައިގެ ތެރެއިން ހުސޫމެއް އުފައްދާފައިވާ ގާނޫނުގެ މާއްދާ އިސްލާހުކުރުމުގެ ފުރުސަތު ދައުލަތަށް ލިބިދެވޭނެ ގޮތެއްގެ މަތިން، މި މައްސަލައަށް ގޮތެއް ކަނޑައެޅިގެން ދާންޖެހޭނެ ކަމަށް،" ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
އެ މާއްދާ އިސްލާހުކުރުން ނުވަތަ އުވާލުމުގެ މަރުހަލާ އޮތް ހިސާބަކާ ގުޅޭގޮތުން ފަނޑިޔާރުން ތަކާރާރުކޮށް ސުވާލު ކުރުމުންވެސް ދައުލަތުން ބުނީ އެ ލިސްޓު މަޖިލީހަށް ފޮނުވުމަށް އޭޖީ އޮފީހުގެ ފަރާތުން ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށާއި، މަޖިލީހުގައި އެ ޕްރޮސެސް އޮތް ހިސާބެއް ސާފު ނޫން ކަމަށެވެ.
އެކަމާ ގުޅިގެން ފަނޑިޔާރު މުހައްމަދު ނިޔާޒް ވަނީ އެ ގާނޫނު އިސްލާހު ނުކުރެވި އެހާ ގިނަ ދުވަސްވީ ކީއްވެގެންތޯ ދައުލަތާ ސުވާލުކޮށްފަ އެވެ. ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިތާ 14 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ މާއްދާ އިސްލާހު ނުކުރެވުނީ ކީއްވެތޯ އޭނާ ސުވާލުކުރެއްވި އެވެ. "ކިހާ މުއްދަތެއްތޯ އެކަންކަންކަން ކުރަން އޮންނަނީ. ހިތަށް އެރިހާ ދުވަހަކުން (އިސްލާހު) ކުރާ ގޮތަކަށްތޯ އޮންނަނީ. ކިހާ މުއްދަތެއްތޯ. މިހާރު 2008 ގައި އަމަލުކުރަންފެށި ގާނޫނުއަސާސީއަށް،" ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.
މަޖިލީހުން ނިންމާފައިވާ ގޮތް ސާފުކުރަން އިތުރު ފުރުސަތު ދިނުމަށްވެސް ދައުލަތުން އެދުނެވެ. "އެދެނީ ލިސްޓު (އިސްލާހުކުރަން ޖެހޭ ގާނޫނުތަކުގެ ލިސްޓު) މަޖިލީހާއި ހިއްސާކުރުމުން، މަޖިލީހުން އެ މާއްދާއާމެދު ނިންމާފައި އޮތް ނިންމުން ސާފުކުރަން ފުރުސަތު ދިނުން،" ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
ވަކީލު އެހެން ވިދާޅުވުމުން ފަނޑިޔާރު ހުޒައިފާ ވަނީ ދައުލަތުން ކޯޓަށް ހާޒިރުވީ ރަނގަޅަށް ތައްޔާރުވެގެންތޯ ސުވާލުކުރައްވާފަ އެވެ. މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މިދިޔަ މަހުގެ 24 ގައި ކަން ފާހަގަ ކުރައްވާ ފަނޑިޔާރު ވިދާޅުވީ އެދުވަހު ވެސް ދައުލަތައް ޖަވާބުދާރީވުމުގެ ފުރުސަތު ދެވުނު ކަމަށެވެ. އެހެންކަމުން ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުން ދައުލަތުން ކޯޓަށް ހާޒިރުވީ "ރަނގަޅަށް ފިކުރު ކުރައްވައިގެންތޯ؟" ފަނޑިޔާރު ހުޒައިފާ ސުވާލުކުރެއްވި އެވެ.
ފަނޑިޔާރު މުހައްމަދު ފައިސަލް ވެސް ވަނީ ދައުލަތުން އަމަލު ކުރަމުން އަންނަ ގޮތުން ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ މިދައްކަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހު މިތަނަށް ހުށަހެޅުނު މައްސަލައެއްގެ ވާހަކަ ކަމަށެވެ. "އޭގެ ފަހުން އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރުގައިވެސް ތިބޭފުޅުންނަށް މި މާއްދާގެ ދަށުން ބަލަންޖެހޭކަން އެނގިވަޑައިގެންފައެއް ނެތް. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޝަރީއަތުންވެސް ސުވާލި ކުރި މިކަމާ ބެހޭގޮތުން. ކުރެއްވީމަ އެއަށް ތައްޔާރުވެޑައިނުގެން ތި ވިދާޅުވަނީ ޕްރޮސެސްއޭ ޕްރޮސެސްއޭ. އެހެން ވިދާޅުވެފަ އަދިވެސް ދައުލަތަކަށް އެނގިވަޑައެއް ނުގަންނަވާ ޕްރޮސެސް އޮތީ ކިހާ ހިސާބެއްގައި ކަމެއް، އަނެއްކާވެސް ތި އެދިވަޑައިގަންނަވަނީ ފުރުސަތަކަށް،" ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވި އެވެ.
އިއްޔެގެ އަޑުއެހުން ނިންމާލަމުން ދެން މިމައްސަލައިގެ އަޑުއެހުމެއް އޮންނާނެ ދުވަހެއް އިއުލާނެއް ނުކުރެއެވެ.
ކޮންމެ ކަހަލަ ޤާނޫނެއް ހަދައިގެން އުޅުނަސް އިންޑިއާ އައުޓް ކިޔާނަން، މީ ހަމަ އިންޑިއާގެ އަވަށަކަށްވެ ނިމިއްޖެ،، މުޅި ޤައުމު ފުނޑާލައިފި،،
ސުވާލަކީ އިންޑިޔާ އައުޓު ތިޔަ ކިޔަނީ ސިޔާސީ ބޭނުމެއްގައިތޯ
ސުވާލަކީ ކަލޭ އުޅެން ބޭނުމީ އިންޑިޔާ ދަޝުގަހޭ؟ އެމްޑީޕީ ގިނަ މީހުން ބޭނުން ވަނީ އަޅުވެތިވާން
ތިމައްސަލަ ، މައްސަލަހުށައެޅިފަރާތުގެކޮޅަށް ނިމޭނޭކަމަށް ފެނެއެވެ. ދެން އިންޑިޔާ އައުޓުގައި ހަވާދު ހިފާލާ ފޯރި ހުންނާނެއެވެ.
ބިރުހުރި.... ތިހެން އުޅެނިކޮށް ގެރި މޯދީ އައިސް ރިފައްޓޭ ކަންފަތްމަތީ ތައްޕަޅެއް އަޅާފާނެ.
އިންޑިއާއައުޓް ކިޔަނީ ސިޔާސީ ވިސްނުމެއްގައެއްނޫން ޤައުމީ ވިސްނުމުގައި މިޤައުމު އަޅުވެތިވާން ބޭނުންނުވާތީ.
މި މައްސަލަ ޔޫ.އެން ގެ ހިއުމަން ރައިޓްސް ކައުންސިލަށް ، ހުށަހަޅަން ފެނޭ.
އިބޫ އަމިއްލަ އަމިއްލަ އަށް ޤަރާރެއް ނުހެދޭނެ. އިބޫ އަމިއްލަ އަމިއްލަ އަށް ޤަރާރު ހެދޭނީ އޭނާގެ ދަރިން ކަމުގައިވާ ޔަމާން އާއި ސާރާ ގެ ކަންކަމުގަ. މިއީ ޤައުމީ ކަމެއް. މި މައްސަލަ ޖެހިގެން މިއުޅެނީ އިންޑިއާ އާއި އެއްކޮށް ސިއްރު އެގްރީމެންޓް ކުރީމާ. ރާއްޖެއަށް ލިބުނު ގެއްލުމުގެ ބަދަލު އިންޑިއާއިން ރާއްޖެ އަށް ދޭންޖެހޭ!
މަސްތުގެ ހާލަތުގައި ތިބޭ ބައިގަނޑަކަށް ދައުލަތް ހިންގަން ހަވާލުކުރީމާ ބޭލޭނީ ސޯޓެވެ
އިންޑިއަންސް އެންޑް ޑޯގްސް އައުޓް..
ބަލަދިވެހި ރައްޔިތުން މިގޮވަނީ މިތާތިބައިންޑިޔާ ސަފައިންބާލަަން، މިތާ އެއްވެސްގައުމެއްގެ މިލިޓްރީ އޮންނާކަށް ރައްޔިތުންނޭދެ، މީމިނިވަންގައުމެއް މިތާމިނިވަންކަންގެއްލުވާލަން ސިޔާސީ ޕަޕެޓުންނަކަށް ފުރުސަތުދީގެންނުވަނެ، މީހަމައެކަނި ސިޔަސީ ވަގުންގެ ތަނެއްނޫން، މީއަހަރަމެންގެވެސްގައުމު!
އިންޑިއާއިން އެބަޖެހޭ ދައުލަތުގެ ވަކީލުންނަށް ތަމްރީނު ޕްރޮގްރާމްތަކެއް ހިންގަން.
ދައުލަތުން ބަލަނީ ވެރިކަން ބަދަލުވެ ރ.ޔާމީން ވެރިކަމަށް އައިސް މި ނުބާވެރިންތައް ސައިޒް އަރުވާލަފާނެކަމަށް ރ.ޔާމީން ޖަލަށްލެވޭނެ ގޮތެއް އޮތްތޯ
މިހާރު ހުރި އެޓަރނީޖެނެރަލް އެ މަގާމަށް ފުރިހަމަވޭބާ ؟ސަހްސިއްޔަތެއް ނެތްތަގަ ތައުލީމީ ގާބިލް ކަމެއް ވެސް ހުރިހެން ހީނުވޭ.