ހަށިވިއްކަމުން ދިޔަ ދެއަންހެނަކާއި ދެފިރިހެނުން މާލެ އިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މާލޭގައި ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަށިވިއްކާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ރޯޅި ގެސްޓްހައުސް ބަލައި ފާސްކޮށް ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެއީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި 43 އަހަރުގެ ބިދޭސީގެ ފިރިހެނަކާއި 31 އަހަރުގެ ބިދޭސީ އަންހެނެއްގެ އިތުރުން 36 އަހަރުގެ ބިދޭސީ އަންހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާ އާއި ބިދޭސީ އަންހެނަކު ހައްޔަރު ކޮށްފައި ވަނީ ޖިންސީ ގުޅުން ހިންގަމުން ދަނިކޮށް ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހުން ތަހްގީގު ކުރަމުންދާ ކަމަށެވެ.
ހަށިވިއްކަމުން ދަނިކޮށް ގެސްޓްހައުސް އަކުން ބަޔަކު ހައްޔަރު މިކުރީ މާލޭގައި މަސާޖް ކުރާ ތަންތަނުގެ ނަމުގައި ހިންގާ ސްޕާތަކުގައި ވެސް ހަށިވިއްކުން އިންތިހާއަށް އާއްމުވެފައިވާ ކަމުގެ ކަންބޮޑުވުން އާއްމުން ފާޅުކުރަމުން އަންނަނިކޮށެވެ.
މަސާޖް ޕާލާތަކުގައި ހަށިވިއްކުން އިންތިހާއަށް އާއްމުވެފައި ވަނިކޮށް އިއްޔެ ވަނޯ ސްޕާ ހިންގާ ގަވާއިދު ހަރުކަށިކޮށް، ސްޕާތައް އިޝްތިހާރު ކުރާއިރު، މީހުން ދެއްކުން މަނާ، އިކޮނޮމިކް މިނިސްޓްރީން ގަވާއިދެއް ގެޒެޓްކޮށްފައެވެ.
ގެސްޓު ހައުސްގެ ނަން ގެނެސްދީފަ، އެކަމުގަ އުޅުން މީހުންގެ ގައުމުތައް ނުބުނީ އެއީ އިންޑިޔާ މީހުން ވީމަތޭ؟؟؟؟! ވަރައް މޮޅު ފުލުހުން...
ބިރުގެ ކަންފުޅެއްނެތި ފާޙިޝް ނުބައި މިފަދަ ޢަމަލުތައް ހިންގަހިންގާ ތިއްބައި މާތްﷲ ގެ ކޯފާއާއި އަހަރެމްނ ކުރިމަތިލާން ޖެހިދާނެކަން ޤަބޫލުކުރަންޖެހެއެވެ. އަދި މިފަދަ ޢަމަލުތަކަށް ހަރުކަށި އަދަބުދީ ވެރިންގެ ޒިންމާ އުފުލަން ޖެހެއެވެ. އެހެނީ ބަޔަކުމީހުން ފާފަތަކާއި މުންކަރާތްތަކަށް އަރައިގަންނަމުންދާއިރު އެކަންކަން ހުއްޓުވާނެމީހަކު ނުވަތަ ބަޔަކު ނެތްކަމަށްވާނަމަ އެތަނެއް މުޅިން ބަރުބާދުވެގެން ދާނެއެވެ. ދީނީ ކންކަމުގައި ބަޔަކު ނުރުހުން ވެދާނެތީ ފިޔަވަޅު ނޭޅި ގޮސްގެންނުވާނެއެވެ. ވަރަށް ގިނަ ނުބައި ކަންކަން މިޖުތަމަޢުގައި އެއްވެސް ކަމަކަށް ނުދެކި ޢާއްމުވަމުން އެބަދެއެވެ. ރިސޯޓުތަކުގައި އުޅޭ ބައެއް ހިލޭ އަންހެނުންނާއި ފިރިހެނުން ރަށްރަށަށްގޮސް އެހަރައުޅޭ ގައިގޯޅި ގުޅުންތަކުންނާއި މުސްލިމުންގެ ގޮތުގައި ތިބެ ނަމާދުނުކޮށް ރޯދަ ނުހިފައި އުޅޭ އުޅުމުން އަހެރެމެން ބިރުގަނެއެވެ. ބަޔަކަށް ކަމުދިޔަސް މިކުޑަކުޑަ 100% މުސްލިމު ޤައމުގެ ސަލާމަތް ބިނާވގެންވަނީ އަހަރެމެންގެ އީމާނާައި ޢަޤީދާގެ މައްޗަށެވެ. ކާރިސާތަކުން ސަލާމަތްވާން ދުޢާ ކުރަން މިޖެހެނީ ހަމަ އެކަލާންގެ ޙަޟްރަތަށެވެ. އެކަލާން ރުހިވޮޑިނުގަންނަވާ ގޮތަށް އަހަރެމް އުޅެމުން އެކަލާން ހަޟްރަތުގައި ދެންނެވުމަކީ ބޭކާރުކަމެކެވެ.
އިޔާޒުމެން ރުއްސަން ކޮށްލާ ވަގުތީ ކަމެއްހެން ހާދަ ހީވެޔޭ. މިއޮތްހާ ދުވަހު ތިތަންތަނުގަ ތިގަނޑު ގަންނައިރު އަޅާވެސް ނުލާ ތިބީ ކީއްވެބާ؟
ގޮތް ދައްކާލަން ކުރި ކަމެއް މިއީ.
ތިގޮތައް ކޮންމެރެޔަކު ގެސްޓް ހައުސްތަކައް ވަދެ ހަށިވިއްކާ މީހުން ހައްޔަރު ކުރަންޏާ ލަދުންވެސް ދެފައި ގާތްކޮއްލަން ނުކެރޭވަރައް މީހުން ހައްޔަރު ކުރެވޭނެ ހާއްސަކޮއް ހުކުރުދުވަހު ގެސްޓް ހައުސްތައް ހުންނާނީ ޭޭ އޯވަ ލޯޑިންގަ އެވެސް މިއުޅަެ ބޮންދުންނާ ތައިލެންޑް ޕިލިޕލިންސް މީހުނާހެދި
ރިޔާސީ އިންތިހާބުގެ ކެންޕޭން ފެށިއްޖެ ސޮރީ ވަގުތު ފާއިތުވެއްޖެ ބިންހެލުގިނަވެއްޖެ ދެންވެސް ގޮތްދޫކޮށްފަ މާފައެދިފަ ތައުބާވާކަށް ނުވޭތޯ
ހަށިވިއްކަން ހުއްދަދީފަ ކެމްޕެއިން ޖެހުނީމަ މީހުންހައްޔަރުކޮށް ހަށިއްވިއްކަތީ މަސާޖުޕާލާތަކުގެ ގަވައިދު ހަރުކަށިކުރިވާހަކަ ބުނެފަ ރައްޔިތުން ގުބޯހައްދަން އުޅުނަކަސަ ބަލައެއްނުގަނަވޭނެ، މަސާޖުޕާލާތައް ބަންދުނުކޮށް ދުވަލަކު އެތައްތަނަކަށް ހުދަދެމުންތިދަނީ، ސަރުކާރުން ގަސްތުގަ ހަށިވިއްކުވަން ފުރުސަތުދެމުންދަނީ، ހުރިހާރައްޔިތުނަނަކީ ގަމާރުންނެއްނޫން!!!
ޔަހުޔާ ކާޅު ހިފާހެން ކުރާކަމެއްބާމީ އަނެއްކާ
އެންމެހާ އަޅުތަކުން ކައިވެނިކޮށްގެން ހެޔޮގޮތުގައި ދިރިއުޅުން ބައްޓަން ކޮށްގެން އުޅުމަށް އިލްތިމާސް ކުރަން
ޖަހާލާތު އިމްރާން ބުނާހެން މިހާރު ގައުމުގެ ފޭރާން ރަނގަޅުވަމުން އަންނަ ތަން އެބަފެނޭ.
އަސްލުވެސް ރެޑްއެޕަލްކޮށް ހިފީ؟
އިޚްލާޞްތެރި ކަމެއްހުރި ނަމަ މިއަދަކު ނޫން ތިކަން ކުރާނީ. ރައްޔިތުން ހަޅޭއްފަޅޭއްޖެހީމަ ގޮތްތައް ކާލަން.
މަސާޖް ޕާލާތަކުގައި ހަށިވިއްކުން އިންތިހާއަށް އާއްމުވެފައި ވަނިކޮށް އިއްޔެ ވަނޯ ސްޕާ ހިންގާ ގަވާއިދު ހަރުކަށިކޮށް
ގޮތަހުސްވީމާ ކެންޕެއިން ތަފާތު ލެވަލްއަކަށް ޖައްސަދެނީ
ވޯޓު ހޯދުމަށް މާސޯލިހު ބަޔަކަށް ވާނެކަމެއްނެއް ، އަދާލަތު ޕާޓީގެ ރުހުމާއެކު މަސާޖުޕާލާތަށް މާލޭގައި އިތުރު ވެގެން ދިޔައީ ސޭހު އިމްރާން އިސްލާމިކު މިނިސްޓަރު ޒާހިރު އަކީ ފާހިސް އަމަލުތައް ކުރުމަށް ހިއްވަރުދޭ ބައެއް
ކައިވެނި ކޮއްގެން އުޅޭ މީހުންގެ ފިރިންވެސް ވަގަށް މިކަންކުރަނީ. އަނބިމީހާ ކައިރިން ފޫހިވެގެންވެސް ބައެއް ފިރިހެނުން ޒިނޭކުރޭ. އަނބިމީހާ އެއްދާންކުރާނަމަ ޝުކުރުކޮއްލައިން ހުންނަންވީ ޗީޓުކުރުމަކީ ރަޖަމްކުރަންޖެހޭ ވަރު ފާފައެއް.